ނަފްސާނީ ޞިއްޙަތަށް ހޭލުންތެރި ކުރުމުގެ ކެމްޕޭން ފެށިއްޖެ

Loading

Facebook
Twitter
WhatsApp


މިއަދު ހަވީރު ދަރުބާރުގޭގައި އެކަމަށް ބޭއްވި ރަސްމިއްޔާތު އިފްތިތާޙް ކޮށްދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް އެވެ.

މި ކޭމްޕޭން ހިންގުމުގެ ބޭނުމަކީ ފަރުދުންނާއި މުޖްތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށާއި ނަފްސާނީ ބަލިތައް ތަހައްމަލް ކުރާ ފަރާތްތަކާ މެދު ދެކޭ ނޭދެވޭ ގޮތްތަކާއި ވިސްނުންތައް ބަދަލުކޮށް ތަފާތުކުރުން ނައްތާލުމަށް މަސައްކަތް ކުރުން ކަމަށް ހެލްތް މިނިސްޓްރީން ބުނެފާވެއެވެ.

މިފަދަ ކެމްޕޭނަކުން ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ފަރުދުންގެ ޤާބިލްކަން އިތުރުކޮށް ކުރިމަތިވާ އުނދަގޫ އިޙުސާސްތައް ތަޙައްމަލުކުރަން ދެނެގަނެ އެކަންކަމުން އަރައިގަތުމުގެ ޤާބިލްކަން އުފެއްދުމާއި، އަމިއްލަ ނަފްސަށް އަޅާލުމަށް ކުރަންޖެހޭ ކަންކަން އެނގުންބޭނުމެވެ. އަދި އެކަން ކުރެވޭނެ ޤާބިލްކަން ފަރުދުންގެ މެދުގައި އުފެއްދުމާއި ނަފްސާނީ ކަންކަމަށް ހޭލުންތެރި، ބާރުވެރި އަދި އަޅާލާ މުޖުތަމަޢުއެއް ބިނާކުރުމާއެކު، ވިސްނުމުގެ ތަފާތު ހުރިނަމަވެސް އެކަކު އަނެކަކު ބަލައިގަނެ، އަޅާލާ ޒިންމާދާރު މުޖްތަމަޢެއް އުފެއްދުން ހިމެނެއެވެ.

ނަފްސާނީ ޞިއްޙަތަށް ހޭލުންތެރި ކުރުމުގެ މިކެމްޕޭނަކީ ޔުނިސެފުގެ އެހީތެރިކަމާއިއެކު ކުރިއަށް އޮތް އެއް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ޕްލޭން ކޮށްފައިވާ ކެމްޕޭނެކެވެ.

މިއީ ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމްޢިއްޔާ ޖަމާއަތް ތަކުގެ ބައިވެރިވުމާއި އެކު ކުރިއަށް ގެންދެވޭނެ ކެމްޕޭނެއް ކަމަށްވެސްމިނިސްޓްރީންއިން ބުނެފާވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް