އައްޑޫ އެމްޑީޕީ އަތުން ބީވެއްޖެ 

Loading

Facebook
Twitter
WhatsApp


ރައީސް ޔާމީނުގެ އައްޑޫދަތުރުފުޅުގެ ތާއިދު ފެނުމުން މިހާރު އައްޑޫ ސިޓީ އެމްޑީޕީގެ އަތުން ބީވެގެން ގޮސްފައިވާކަން އެ ޕާޓީ އަށް ވަރަށް ރަނގަޅަށް އެނގިގެން ގޮއްސި ކަމަށް އިދިކޮޅު ޕީޕީއެމް އިން ބުނެފިއެވެ.

މާލެ ފިޔަވާ އެމްޑީޕީ އަށް އެންމެ ތާއީދު ބޮޑު ތާއިދު އޮތް ތަނަކީ އައްޑޫ ސިޓީ ކަމަށްވާއިރު އިދިކޮޅު ލީޑަރ ކުރީގެ ރައީސް ޔާމީން މިއަދު މެންދުރު އައްޑޫ އަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް އައްޑޫގެ ރައްޔަތުން ދަންނަވާފައެވެ. ޔާމީން އައްޑޫ އަށް ކުރައްވާ މި ދަތުރުފުޅަކީ ހަތަރު ދުވަހުގެ ދަތުރުފުޅެއް ކަމަށް އެޕާޓީން ބުނެއެވެ. 

މިއަދު ހަވީރު ފޭދޫގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅާ ދިމާކޮށް ހުރިހާ ސްކޫލަކަށް އޮތީ ގޮނޑިއެއްހާ މިންވަރު ވެސް ނުދިނުމަށް އަންގާފައި ކަމަށާއި އެއްވެސް ގޮތަކަށް ދަތުރުފަތުރު ކުރުމަށް ފަސޭހަވިޔަ ނުދިނުމަށްޓަކާ ބަހެއްނަމަވެސް ނުދިނުމަށް ސަރުކާރުގެ ބައިވެރީން އަންގާފައިވާ ކަމަށެވެ.

ނަމަވެސް މި ހުރިހާ ހިފެހެއްޓުމާ އެކީ ވެސް އައްޑޫން އެމަނިކުފާނަށް މަރުޙަބާ ކިޔުމަށް މީހުން ނިކުތް އަދަދު އެމްޑީޕީ އަށް ފެންނާނެ ކަމަށާއި އެއާއެކު އައްޑު އަތޮޅު އެމްޑީޕީގެ އަތުން ބީވެގެން ގޮސްފައިވާކަން މިހާރު އެ ޕާޓީ އަށް އެނގިގެން ގޮސްފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

”އެ ބޭފުޅުންނަށް މި އަދަތުތައް ފެނިއްޖެ. އަދި އެ ބޭފުޅުންނަށް ފެނޭ އެ ބޭފުޅުންގެ ރައީސް ވަޑައިގަތީމަ މެހެމާންދާރީ ކިޔާގޮތް ވެސް. މި ހުރިހާ ހިފެހެއްޓުމަކާ އެކުވެސް އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުން އަޅުގަނޑާއި، އަޅުގަނޑުގެ ޓީމަށް ތި ކިއުއްވި ހޫނު މަރުޙަބާ އިން އެބޭފުޅުންނަށް (އެމްޑީޕީ) ބޮޑުތަނުން އެނގިވަޑައި ގަންނަވާނެ ކަންނޭނގޭ އައްޑު ސިޓީ އެ ބޭފުޅުންގެ އަތުން ބީވެގެން ހިނގައްޖެކަން.“ ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އަތޮޅުތަކަށްް ފަށްޓަވާފައިވާ ކެމްޕެއިން ދަތުރުތަކުގައި ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ޒިޔާރަތް ކުރަށްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

Loading

2 Responses

  1. ތިއައީއެ ރައީސޭ ގައުމު ފަޚުރުވެރިވާ. ވެރިކަމެއް ކުރެވޭނީ ވެރިކަމެއް ކުރުމުގެ ތަޖުރިބާ ހުރި ގަޓް ރައީސް އަކަށެވެ. ތުއްދޮންބެއެއް ހަސަނެއް ހުސޭނެއް ބެލުމެއް ނެތި ގައުމު ހިންގުމެވެ. ނަޝީދު އެގޮވި ޔާމީނުގެ ވައްކަމުގެ ވާހަކަ އެއީ ވެރިކަން ބޭނުންވެގެން ގޮވި ބަނދިވަރެއްކަން މިހާރު ފާޅުވެ އެގިއްޖެތާއެވެ. ވެރިކަން ލިބުމުން ނަޝީދުއާއި އޭނާގެ ޕާޓީގެ ވެރީންނާއި ބާޣީ ކޯލިޝަންގެ އެންމެން ބަދަލުނަގައި ވެންޓިލޭޓަރު ވަހުންނާއި ދެން ހަމަ އަތުޖެހުނުގޮތަކަށް ދައުލަތުގެ ޚަޒާނާއިން ވައްކަން ކުރާވާހަކަ އެގޮވަނީ އަހަރެމެނެއްނޫނެވެ. އެޕާޓީގެ މީހުން އެވާހަކަ ގޮވާއެނަގަނީއެވެ. ވީމާ މިހާރު ވައްކަމާއި ފޭރުމާއި މީހުން މެރުން ހުށްޓުވުމާއި އެއްޖިންސުން ގުޅުން ހިންގުމާއި ހުރިހާ ހެއްދެވި ނުބައި ޢަމަލެއްގެ ވާހަކަ ދެެއްކުން އެމްޑީޕީ ބާޣީ ކޯލިޝަނަށް އެވަނީ ހަޔާތަކަށް ވެފައެވެ. ވީމާ ހަމަ ޙައްލަކީ ރައީސް ޔާމީނުކަމާއިމެދު ދެބަސްވެވޭކަށް ނެތީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް