ރިވެތި އަޚުލާގު

ރިވެތި އަޚްލާގެއްގެ ވެރިއެއްނަމަ އެހެން މީހުންގެ ވާހަކަތައް އަޑުއަހާ ތެދުބަހުން ވާހަކަ ދައްކާނެއެވެ. އަމާނާތްތެރިއަކަށް ވާނެއެވެ. ކަމެއް ގޯސްކޮށް ކުރެވިއްޖެނަމަ އެކަމުން ޢިބުރަތް ޙާސިލުކޮށް ރަނގަޅު ކުރަން އެނގޭނެއެވެ. އިންސާފަށް ލޯބިކުރާނެއެވެ. މީހުންނަށް ހެޔޮއެދި ހެޔޮކޮށް ހިތާނެއެވެ. އަނިޔާވެރިއެއް ނުވާނެއެވެ. ދައްކާ ވާހަކައާއި އެއްގޮތަށް ޢަމަލުކުރާނެއެވެ. ރިވެތި އަޚުލާގަކީ ކޮބައިތޯ ބަލާއިރު އެއީ ތިމާގެ އެތެރެފުށާއި ބޭރުފުށް ސާފުކުރުމުގެ ނަތީޖާއޭ ދެންނެވިދާނެއެވެ. ތިމާ ގަބޫލުކުރާ ގޮތާއި ޢަމަލުކުރާގޮތް ރަނގަޅުވާން ޖެހޭނެއެވެ. ވަރަށް ފުޅާ ދާއިރާއެކެވެ. ހަގީގަތުގައިވެސް ރިވެތި […]
ނަމާދުގައި ތިބާ ވަނީ ކޮން ދަރަޖަ އެއްގައި ހެއްޔެވެ؟

އިބުނު ޤައްޔިމް رحمه الله ވިދާޅުވި އެވެ. މީހުން ނަމާދުގައި ތަފާތު ދަރަޖަތަކަށް ބެހިގެން ވެއެވެ. ފުރަތަމައީ : ނަމާދުގައި އޭނާގެ ނަފްސަށް އަނިޔާވެރިވެ ފަރުވާ ކުޑަކޮށްފައިވާ މީހާއެވެ. އެއީ އެނަމާދަށް ކުރެވޭ ވުޟޫގައި ވެސް ފަރުވާކުޑަކޮށް އަދި ނަމާދުގެ ވަޤުތުންވެސް ފަސްކުރާ މީހާއެވެ. އަދި ނަމާދުގެ ޙަރަކާތްތަކާއި އިންތަކާއި ރުކުންތަކުގައި ވެސް ފަރުވާކުޑަކުރާ މީހާއެވެ. މިއީ މުޢާޤަބް (معاقب) މީހެކެވެ. ( ނަމާދަށް ފަރުވާ ކުޑަކުރުމުން އުޤޫބާތް ދެވޭނެ މީހެކެވެ. ) ދެވަނައީ : އެ […]