ރިވެތި އަޚުލާގު

Loading

Facebook
Twitter
WhatsApp

ރިވެތި އަޚްލާގެއްގެ ވެރިއެއްނަމަ އެހެން މީހުންގެ ވާހަކަތައް އަޑުއަހާ ތެދުބަހުން ވާހަކަ ދައްކާނެއެވެ. އަމާނާތްތެރިއަކަށް ވާނެއެވެ. ކަމެއް ގޯސްކޮށް ކުރެވިއްޖެނަމަ އެކަމުން ޢިބުރަތް ޙާސިލުކޮށް ރަނގަޅު ކުރަން އެނގޭނެއެވެ. އިންސާފަށް ލޯބިކުރާނެއެވެ. މީހުންނަށް ހެޔޮއެދި ހެޔޮކޮށް ހިތާނެއެވެ. އަނިޔާވެރިއެއް ނުވާނެއެވެ. ދައްކާ ވާހަކައާއި އެއްގޮތަށް ޢަމަލުކުރާނެއެވެ.

ރިވެތި އަޚުލާގަކީ ކޮބައިތޯ ބަލާއިރު އެއީ ތިމާގެ އެތެރެފުށާއި ބޭރުފުށް ސާފުކުރުމުގެ ނަތީޖާއޭ ދެންނެވިދާނެއެވެ. ތިމާ ގަބޫލުކުރާ ގޮތާއި ޢަމަލުކުރާގޮތް ރަނގަޅުވާން ޖެހޭނެއެވެ. ވަރަށް ފުޅާ ދާއިރާއެކެވެ. ހަގީގަތުގައިވެސް ރިވެތި އަޚުލާގަކީ ތިމާގެ ޙަޔާތުގެ ހުރިހާ ދާއިރާއަކަށް ފެތުރެންޖެހޭ އެެއްޗެކެވެ. ރަނގަޅު އަޚުލާގެއްގެ ވެރިއަކަށް ވުމަށް ވަރަށްގިނަ ސިފަތަކެއް ލާޒިމްކުރެއެވެ.

ފުރަތަމަ ސިފައަކީ ދޮގުނުހެދުމެވެ. ކަންތައްތައް ވަންހަނާ ނުކުރުމެވެ. ވީހާވެސް ސާދާ ވެވޭތޯ ބެލުމެވެ. ތިބާ ވިސްނާގޮތާއި ތިބާ ޢަމަލުކުރާގޮތް ހައްދަވާ ބޮޑުކޮށް ދިރިދެމި ލަހަށްޓަވާ އިލާޙަށް ވަންހަނާވެގެން ނުވާކަން ދަތުމެވެ. ދެވަނަ ސިފައަކީ ގަބޫލުކުރާ ރަނގަޅު ގޮތަށް ޢަމަލުކުރުމެވެ. ތިންވަނަ ސިފައަކީ ރަނގަޅުމަގުން ކައްސާނުލައި ޙަޔާތުގެ ދަތުރު ކުރުމުގައި ފުރިހަމަ އަމާޒާއިއެކު ކުރިއަށް ދިއުމެވެ. ހަތަރުވަނައަށް ތިމާގެ ވިސްނުން ހެޔޮގޮތުގައި ތަމްރީން ކުރުމެވެ. ފަސްވަނަ ސިފައަކީ ތިމާއަށް ލިބިދާނޭ ވަގުތީ ފައިދާއަށްޓަކައިވެސް ތިމާ ގަބޫލުކުރާ ރިވެތި އަޚުލާގުގެ އެއްވެސް މިންގަނޑެއް ދޫކޮށްނުލުމެވެ. ހަވަނަ ސިފައަކީ ރަނގަޅު ކަނަތައްތައް އޭގެ ޒާތުގައި ރަނގަޅު ކަންތައްތައް ކަމުގައި ގަބޫލުކުރުމެވެ. އަނެއް މުހިއްމު ސިފައަކީ ކެތްތެރި ވުމެވެ. ރިވެތި އަޚުލާގުގެ ވެރިއަކަށް ވެވޭނީ މިދެންނެވި ގޮތްތައް ގަބޫލުކޮށް އަދި ސިފަތަކަށް ޢަމަލު ކޮށްގެނެވެ.

ރިވެތި އަޚުލަގެއްގެ ވެރިއެއްގެ ކިބައިގާ މިދަންނަވާ ސިފަތައް ހުންނާނެއެވެ. އެމީހަކީ އަބުރުވެރި މީހަކަށް ވާނެއެވެ. ގަދަބާރުން ބޭނުންހާކަމެއް ޙާސިލުކުރަން ނޫޅޭނެއެވެ. އެހެންމީހުންގެ ވާހަކަތައް އަޑުއަހާ ތެދުބަހުން ވާހަކަދައްކައި އެހެންމީހުންގެ ސިއްރުތައް ހިފަހަށްޓާ މީހަކަށް ވާނެއެވެ. އަދި އަމާނާތްތެރިއަކަށް ވާނެއެވެ. ކަމެއް ގޯސްކޮށް ކުރެވިއްޖެނަމަ އެކަމުން ޢިބުރަތް ޙާސިލުކޮށް ރަނގަޅުކުރަން އެނގޭ މީހަކަށް ވާނެއެވެ. އިންސާފަށް ލޯބިކުރުމާއިއެކު މީސްތަކުންނަށް އަބަދުވެސް ހެޔޮއެދޭނެއެވެ. ކަންކަމާއިމެދު ނަފުރަތުވެ ބަދަލުހިފުމުގެ ރޫޙެއް ނުހުންނާނެއެވެ. މީހުނަށް ބަދުދުޢާ ނުކުރާނެއެވެ. އެއްގޮތަކަށްވެސް އެއްވެސް ރޮނގަކުން އަނިޔާވެރިއެއް ނުވާނެއެވެ. ދައްކާ ވާހަކަތަކާއި ވެވޭ ވަޢުދުތަކާއި އެއްގޮތަށް ޢަމަލުތައް ބަހަށްޓާނެއެވެ.

ރިވެތި އަޚުލާގުގެ ވެރިންނަށް ވުމަން ހުރި ކަންތައްތަކުގެ ތެރޭގައި ތިމާއަށް ހިތްހަމަޖެހުން ލިބުމާއި މީހުން ގަދަރުކުރުމާއި ގިނަ ހެޔޮލަފާ ރަށްޓެހިން ތިބުމާއި އިތުބާރު ލިބުން ހިމެނޭނެއެވެ. ދިވެހީންގެ ހެޔޮ އަގީދާއާއި ސަގާފަތުގައިވެސް ރިވެތި އަޚުލާގުގެ ވެއަކަށް ވުމަށް ބާރު އަޅައެވެ. އަޚުލާގަކީ ކުޑައިރުއްސުރެ ދަސްކޮށް ތިމާ ގައިގާ އަށަގެނުވިފައިވާ އެއްޗަކަށްވުން ލާޒިމު ކުރެއެވެ. ނަފުސުގައި އަށަގަންނުވަންޖެހޭ ފުރަތަމަ މުހިއްމު ސިފައެކެވެ. އިޚުލާސްތެރި ހިތަކާއިއެކު ގަދަ މަސައްކަތުން މެނިވީ ޙާސިލުނުކުރެވޭނެ ކަމެކެވެ.

ހައްދަވާ ބޮޑުކުރެއްވި އިލާހް! އަހަރެމެންނަކީ ރިވެތި އަޚުލާގުވެރި ހެޔޮބަސް ބުނާ ހޮޔޮމަގަށް ޢަމަލުތައް ބަހަށްޓާ ބަޔަކު ކަމުގައި ލަހައްޓަވާށިއެވެ.

 

Loading

One Response

  1. ތީދެން ޑިމޮކްރަސީ އާއި ހާދަ ބީރަށްޓެހި ގޮތެކެވެ. އެހެނީ ސިޔާސަތަކީ ދޮގާ މަކަރާއި ދޯކާ ދިނުންނޫންތޯއެވެ. މިރާއްޖޭގައި ޑިމޮކްރަސީގެ އެބަލި މިވަނީ ފެތުރިފައެވެ. ބިސްމިނުގެ ބަރަކާތުން ފެއްޓުމާއި، ދޮގާ މަކަރާއި ޙީލަތުން ރައްޔަތުންނަށް އޮޅުވާލުމަށް ބަސްބުނުމާއި އެ ދޮގު ބަހާ އެއްގޮތަށްވުރެވެސް ގޯސްކޮށް ޢަމަލުކުރުމާއި އަދި އެއަށްވުރެ ބޮޑު މަކަރާ ޙީލަތެއް ހަދާލުމަށް ރޭވުމާއި އަދި އޭގެފަހުން ޖަލްސާ ނިންމާލާއިރު އެ ޖަލްސާގައި ބަރަކާތްލެއްވުމަސް އެދި ދުޢާ އެއް ވެސް ކޮށްލާއިފަ ވަލްޙަމްދުލިﷲ އޭ ބުނެ ނިންމާލުން. ސަހަރޯއޭ ހިތައް އަރާ ހިސާބަށް މިވަނީ ދޮގާ މަކަރާއި ޙީލަތާއި ޚިޔާނާތް މިގައުމަށް ޢާންމުކޮށްފައެވެ. އެވެސް ހަބޭހަށް މިޖެހީ ޑިމޮކްރަސީގެ ބޮސްތަކުގެ ސައްލާތަކުން ނެވެ. ވަރަށް ނުރައްކާ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް