ބިސްމިން އަޑުހަރުކޮށް ނުކިޔާކަން ރައީސް މައުމޫނަށް އެނގި ކަންބޮޑުވުން ފާޅުކުރައްވައިފި!

Loading

Facebook
Twitter
WhatsApp

ބިސްމި އަކީ ސޫރަތުލް ފާތިޙާގެ އާޔަތެއްކަމާއި އެހެންވީމާ ކީއްވެތޯ ބިސްމިން ސިއްރުންކިޔަނީ ރައީސް މައުމޫނު ކުއްލިއަކަށް ސުވާލު އުފަށްދަވައިފިއެވެ. ”އިމާމު ނަވަވީ ވިދާޅުވެފައިވަނީ ސަޙާބީންނާއި ތާބިޢީންނާއި އޭގެފަހުން ގިނަފިގުު ޢިލްމުވެރީންނާއި ގާރީންގެ ބަސްފުޅަކީ ނަމާދުގައި ބިސްމި އަޑުހަރުކޮށް ކިޔުންކަމުގައި. އެހެންކަމުގައިވާއިރު ރާއްޖޭގެ މިސްކިތްތަކުގައި އަޑުހަރުކޮށް ބިސްމި ނުކިޔަނީ ކީއްވެބާ؟“ މައުމޫނުގެ ޓުވިޓްގަ ސުވާލު ކުރައްވައިފަވެއެވެ.

ދެންފަހެ ގިނަބައެއްގެ ސުވާލަކީ މައުމޫނު ހޭފުޅުލެއްވީތޯއެވެ. އެހެނީ ރާއްޖޭގައި މިފަދައިން ނަމާދު ކުރާތާ މިހާރު 12 ވަރަކަށް އަހަރަށްވުރެވެސް އިތުރުވެދާނެކަމަށެވެ. އަދި އެމަނިކުފާނުވެސް މިވީ ބާރަ ވަރަކަށް އަހަރުގެ ތެރޭގައި މާލޭގެ މިސްކިތްތަކަށްވެސް އަރުއްވާފައި ހުންނަވާނެކަމަށާއި ޙައްޖަށާއި ޢުމުރާއަށްވެސް އެތަކެއްފަހަރު ވަޑައިގެންފައިވާއިރު މަސްޖިދުލް ޙަރަމް އާއި މަސްޖިދުއް ނަބަވީނގައިވެސް ސޫރަތްތަށް ފެއްޓުމުގެ ކުރިން ބިސްމި އަޑުހަރުކޮށް ނުކިޔާކަން އެނގިވަޑައިނުގެން ހުންނެވީތޯވެސް ސުވާލުކުރެއެވެ.

ސަވާބުން ފުރިގެންވާ ރޯދަމަހުގައި މިކަމުގެ ބަހުސަކަށްދާން ބޭނުންނޫންކަމުގައި ގިނަ ޝޭޚުންވިދާޅުވެއެވެ. އެހެނީ މިފަދަ ކަންކަމުންވެސް ފިތުނައުފެދުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އަދި މި ދެ ގޮތަށްވެސް ރާއްޖޭގެ މިސްކިތްތަކުގައި މިކަން ކުރަމުންދާއިރު ކުއްލިއަކަށް މިކަމުގެ ބަހުސަކަށް މީޑިއާގައި ޖެއްސުމަކީ ރަނގަޅުގޮތް ނޫންކަމަށް، ނަންޖަހަން ބޭނުންނުވާ ޝޭޚްއަކު ވިދާޅުވެދެއްވިއެވެ. ދެގޮތްވެސް ރަނގަޅެވެ. ކޮންމެހެންވެސް ނަމާދު ކުރެވޭތޯ ބެލުމަށާއި ޖަމާޢަތަށް ރަށްކާތެރިވެ ޚުޝޫރަތްތެރިކަމާއި އެކު ނަމާދު ކުރެއްވުމަށް އެ ޝޭޚު ނަސޭޙަތްތެރިވެ ވަޑައިގަތެވެ.

އާނަސް (ރ.އ) ފާނުންގެ ފަރާތްޕުޅުން އައިސްފައި ވެއެވެ. އަބޫބަކުރް ޚަލީފާ އާއި ޢުމަރު ޚަލީފާ ދެބޭފުޅުންވެސް ނަމާދުގައި އަޑުހަރުކޮށް ފަށްޓަވާފައިވަނީ އަލްޙަމްދު ލިއްލާޙި ރައްބިލް ޢާލަމީން، މިގޮތަށް ކަމުގައެވެ. އިމާމު އަޙުމަދުގެ ރިވާޔަތުގައި ވަނީ: އެބޭފުޅުން ރަސޫލް ސައްލައްލާހް ޢަލައިހިވަސައްލަމް އާއި ޚަލީފާ އަބޫބަކުރު އަދި ޚަލީފާ ޢުމަރު ބިސްމި ބާރަށް ވިދާޅުނުވާކަމަށެވެ.

މައްސަލާގެ ރާޖިޙް ގޮތްކަމުގައި ބުނެވެނީ: ސޫރަތުލް ފާތިޙާ ފެށުމުގެ ކުރިން ބިސްމި ސިއްރުން ކިޔުން އެއީ ކީރިތި ރަސޫލާ އެންމެގިނައިން ކުރެއްވި ގޮތް ކަމުގައެވެ. ބައެއް ފަހަރަށް (މަދު ފަހަރެއްގައި) ބާރަށް ކިޔުއްވި ސަބަބަކީ އެއީވެސް ހުއްދަ ގޮތެއްކަން އުންމަތަށް ބަޔާންކޮށް ދެއްވުމަށެވެ.

ހައްދަވާ ބޮޑުކޮށް ގެންގުޅުއްވާ އިލާހު، އަޅަމެނަށް މި ރޯދަމަހުގެ ހެޔޮ ސަވާބާއި ދަރުމަ ލަހަށްތަވާށިއެވެ. އާމީން.

 

Loading

4 Responses

  1. ވަރަށް ބަރާބަރު މެސެޖެއް. ބަރާބަރަށް ޖަމާޢަތުގައި ނަމާދު ކުރެވޭތޯ ބަލަންވީ. އެއް ޝެއިޚު ނުވަތ އެއް ޢީލްމުވެރިއަކު އަނެއް ޢިލްމުވެރިއަކަށްވުރެ މޮޅު ހެދެން މީހުންނަށް ޝައްކުއުފެދޭގޮތަށް ވާހަކަތައް ދެއްކުމުން ދުރުހެލިވާންވީއެވެ. ހެޔޮބަހެއް ބުނެލެވެން އޮތިއްޔާ އެކަމެއް އެންމެރަނގަޅު ނޫންގޮތަށް ކުރާކަމަށް ފެންނަނަމަ އެމީހެއްކައިރީ ނަސޭޙަތްތެރިވެ ލައްވަންވީއެވެ. ޢިލްމުވެރިންނަށް ރައްޔަތުންކުރާ ގަދަރާއި ޢިއްޒަތް އޭގެ އެންމެފުރިހަމަ ކޮށް ލިބޭނީ އޭރުންކަމުގައި ދެކެމެވެ.
    ޓުވިޓަރ. ފޭސްބުކުގައި މަ މޮޅުހެދިގެން އުޅުން ދޫކޮށްލަން އެބަޖެހެއެވެ. ވައްﷲ އައުލަމް!

  2. މައުމޫނަކީ މީހުން ވަރަށް ޤަދަރުކުރި ބޭފުޅެކެވެ. ނަމަވެސް ފަހަކަށާް އައިސް ދައްކަވާ ވާހަކަފުޅުން އެމަނިކުފާނާއިމެދު ބޮޑެތިސުވާލު ތަކެއް އުފެދެއެވެ. ދާދިފަހުން ލަވަޔާއި، މިއުޒިކާއި ނެށުންވެސް ހުއްދަކަމަށް ވިދާޅު ވެއްޖެއެވެ.

  3. މައުމޫނަކީ މީހުން ވަރަށް ޤަދަރުކުރި ބޭފުޅެކެވެ. ނަމަވެސް ފަހަކަށާް އައިސް ދައްކަވާ ވާހަކަފުޅުން އެމަނިކުފާނާއިމެދު ބޮޑެތިސުވާލު ތަކެއް އުފެދެއެވެ. ދާދިފަހުން ލަވަޔާއި، މިއުޒިކާއި ނެށުންވެސް ހުއްދަކަމަށް ވިދާޅު ވެއްޖެއެވެ.

  4. މައުމޫނު ވިދާޅުވީ ބިސްމި ކިޔަންޖެހޭ ކަމަށް ….ހެކިވެސް ބުނެދިން.
    އަދި މިޚަބަރު ލިޔުނު ނޫސްވެރިޔާ އަށް ދަންނަވަން ”ބިސްމިން“ ނުލިޔާނެ .

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް