ފެންނެގޭނީ ވެހޭއިރުއެވެ!

Loading

Facebook
Twitter
WhatsApp

ބަރަކާތްތެރި ރޯދަމަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފުމުގެ ހެޔޮ ތައުފީގު އެއްކައުވަންތަ އިލާހް އަޅަމެންގެ އެންމެނަށް ދެއްވާށިއެވެ. އާމީން.

އެއްކައުވަންތަ އިލާޙުގެ މަދަދާއި ތައުފީގު ނުލިބި އެއްވެސް ކަމެއްގައި ކާމިޔާބީއެއް ނުލިބޭނެއެވެ. އެހެން ކަމުން އަޅަމެންނަށް ވަނީ އެކަލާންގެ މަދަދާއި ތައުފީގަށްއެދި އިލާހީ ޙަޒްރަތަށް ދެންނެވުމަށް ޢާފިލު ނުވުމެވެ.

ބަރަކާތްތެރި ރޯދަމަހުގެ ދުވަސްތަކާއި ރޭތައް ފާއިތުވަމުންދަނީއެވެ. ބުއްދިވެރީން ރެއާއި ދުވާލު މަސައްކަތް ކުރަމުން އެދަނީ، ކީރިތި ﷲ އަށް މިމަހުގައި ދަރުމަ ކުރައްވާފައިވާ ގިނަގުނަ ސަވާބު ޙާސިލުކުރުމަށެވެ. ރޯދަމަހުގެ ފަހުދިހައަކީ މިމަހުގެ އެންމެ ބަރަކާތްތެރި ދުވަސްތަކާއި ރޭތަކެވެ. އެ ރޭތަކަށް ސަމާލުވެ އެ ބަރަކާތްތެރި ދުވަސްތައް އޭގެ އެންމެ ހެޔޮގޮތުގައި ފުރިހަމައަށް ލިބިގަންނަން ޖެހޭނެއެވެ.

ސަލާމާއި ސަލަވާތް ލެއްވި ލޮބުވެތި ރަސޫލާ އަކީ އަޅުގަނޑުމެނަށް އެންމެނަށްވާ އެންމެ ހެޔޮ ނަމޫނާއެވެ. ސަލާމާއި ސަލަވާތް ލެއްވި މިއުންމަތުގެ ރަސޫލާ ރަމަޒާންމަހު ފަހު ދިހަޔަށް އެޅުމުން ވަކީންބޮޑަށް އަޅުކަމާއިގެން ގަދަ އަޅުއްވާ އުޅުއްވައެވެ. ރޭ އަޅުކަމުގައި ހޭފުޅު ލައްވައި އުޅުއްވިމާއެކު އެކެލޭގެފާނުގެ އަހުލުވިން ހޭލައްވަތެވެ.

ކީރިތި ﷲ އެކަމަނާއަށް ރުއްސުންލެއްވި ޙަޒްރަތު އާއިޝަތުގެފާނު އަތިއަހުން ރިވާ ވެގެން އައިސްފައިވެއެވެ. ސަލާމާއި ސަލަވާތް ލެއްވި ރަސޫލުﷲގެފާނު ރަމްޒާންމަހުގެ ފަހުދިހައިގައި އަޅުކަން ކުރައްވާ އުޅުއްވާގޮތް ސިފަކޮށްދެއްވަމުން އެކަމަނާ ވިދާޅުވިއެވެ. ”ރަމްޒާން މަހުގެ ފަހުދިހައަށް އެޅިއްޖެއްޔާ އިތުރު އެކަލޭގެފާނު ރޭގަނޑު ހޭފުޅުލައްވައި (އަޅުކަމުގައި) އުޅުއްވައެވެ. އަދި އެކަލޭގެފާނުގެ އަހުލުވެރިން ހޭލައްވައެވެ. އަދި އަޅުކަން ކުރެއްވުމަށް ފުރިހަމައަށް ތައްޔާރުވެ ވަޑައިގަންނަވައެވެ.“

ސަލާމްއާއި ސަލަވާތް ލެއްވި ރަސޫލުﷲގެފާނު ރަމަޒާންމަސް ނޫނަސް ރޭގަނޑުގެ ބައެއް، އަޅުކަމުގައި ހޭދަކުރަށްވައެވެ. ނަމަވެސް ރަމަޒާންމަސް އައުމުން ވަކިންބޮޑަށް އަޅުކަމައިގެން އެޅުއްވައެވެ. ފަހުދިހައަށް އެޅުމުން ދުނިޔެވީ މަސައްކަތްތަކުން ވަކިވެވަޑައިގެން އިޢުތިކާފު ކުރައްވައެވެ. އަދި އަނބިއަނބި ކަނބަލުންނާއި އެކަހަށިވެ ވަޑައިގަންނަވައެވެ. އަދި އަނބިއަނބި ކަނބަލުންނަށް އަޅުކަން ކުރެއްވުމަށް ހޭލައްވުވައި ނަންގަވަތެވެ. ރިވާގެގެން އައިސްފައިވެއެވެ. ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަ ފާތުމަތުގެފާނާއި، ޢަލީގެފާނާއި ދެކަނބަލުން ހޭލައްވައި ނަންގަވައި ޙަދީސް ކުރައްވައެވެ. “ ތިޔައިގެ ދެކަނބަލުން ތެދުވަންނަވައިގެން ނަމާދެއް ނުކުރައްވާނުތޯއެވެ؟“

އަޅުގަނޑުމެންގެ މައްޗައް ވާޖިބުވެގެންވަނީ އަޅުކަންކުރުމުގައި ހީވާގިވެ ދެމިތިބުމާއިއެކު އަޅުގަނޑުމެންގެ އަނބީންނާއި ދަރީން ހޭލައްވައި ހިތްވަރުދިނުމެވެ. ކީރިތި ﷲ އަޅުގަނޑުމެނަށް އަމުރުކުރައްވަނީ އަޅުގަނޑުމެން ނަފުސުތަކާއި އޅުގަނޑުމެންގެ އަހުލުވެރީން ނަރަކައިން ސަލާމަތް ކުރުމަށެވެ. ކަން މިހެން ހުރިއިރު އަޅުގަނޑުމެން އަޅުކަން ކޮށްލުމަކުން ނުފުދެއެވެ. އަޅުގަނޑުމެންގެ އަނބިދަރީން ލައްވާވެސް އަޅުކަން ކުރުވަންޖެހެއެވެ. ކީރިތިﷲ އެކަލޭގެފާނަށް ރުއްސުންލެއްވި ސައްޔިދިނާ ޢުމަރުފާނާއި މެދުގައި ވާރިދުވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ރޭގަނޑުގައި ކީރިތިﷲ އެކެލޭގެފާނަށް ތައުފީގު ދެއްވެވި ވަރަކަށް އަޅުކަން ކުރައްވައި އުޅުއްވައެވެ. އެކަލޭގެފާނުންގެ އަހުލުވެރީން ނަމާދަށް ހޭލައްވައެވެ.

މިހެންކަމުން އަޅުގަނޑުމެން އެންމެންވެސް ވެހޭއިރު ފެންނަގަން އަވަސްވެގަންނަން ޖެހެއެވެ. މިއީ އެ މާތް މަސްވަރެވެ. އަޅުކަންކުރުމާއި ހެޔޮޢަމަލުކުރުމަށް ލިބިފައިވާ ރަނުގެ ފުރުސަތެއްކަމުގައި ދެކެމާތޯއެވެ.

މާތްﷲ އަހަރެމެން އެންމެންގެ ފާފަ ފުއްސަވާ ރަޙުމަތް ލައްވާށިއެވެ. އާމީން!

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް