ނައިޖީރިއާގައި އާދަޔާޚިލާފު ބިރުވެރި ހާދިސާއެއްގެ ތަހުގީގު ކުރިއަށްދަނީ!

ނައިޖީރިއާގެ ހަނގުރާމަވެރި އަދި ކުށްކުރާ ގްރޫޕްތަކުން ހިންގި ވަކިވަކި ހަމަލާތަކެއްގައި 80 އަށްވުރެ ގިނަ މީހުން ރަހީނުކޮށްފިއެވެ. އަދި އެ ގައުމުގެ ސަރުކާރުގެ ސެކިއުރިޓީ ބާރުތަކުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ރަހީނުކުރި މީހުންގެ ކަމަށް ބެލެވޭ އިންސާނުންގެ ކައްޓާއި 28 ބޯކަށި ވަނީ ހޯދާފައެވެ. ރިޕޯޓްތައް ބުނާގޮތުގައި، ނައިޖީރިއާގެ އުތުރުގެ ނައިޖާ އަދި ޒަމްފާރާ ސްޓޭޓުން ރަހީނުކޮށްފައިވަނީ ގިނައިން ދަނޑުވެރިންނާއި އަންހެނުންނެވެ. އެގޮތުން ނައިޖާ ސްޓޭޓްގެ މަރީގާ ސަރަހައްދުން ދަނޑުވެރިކަން ކުރަން ތިބި 47 މީހަކު ވަގަށް […]

ނޭޕާލުގެ ރައްޔިތުންނަށް ހިތާމައަކަށްފަހު ހިތާމައެއް!

ނޭޕާލުގެ އުތުރުގެ ސަރަހައްދުތަކަށް ކުރިމަތިވި ފެންބޮޑުވުމާއި ފަރުބަދަތައް ކަނޑައިގެން ވެއްޓުމުގެ ކާރިސާތަކަށްފަހު، އެ ގައުމުގައި ފަތުރުވެރިކަމުގެ އެންމެ ”ޕީކް“ ސީޒަން ކަމަށްވާ ސެޕްޓެމްބަރު މަހު، އެ ގައުމަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ދަށަށް ގޮސް، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އާންމުންގެ ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެއެވެ. ފެންބޮޑުވުމުގެ ކާރިސާތަކުގައި 1,450 އަށްވުރެ ގިނަ މީހުން މަރުވެ، މުހިންމު މަގުތަކާއި ފާލަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މީގެ ނޭދެވޭ އަސަރު ވަނީ ފެންބޮޑުނުވާ ސަރަހައްދުތަކުގެ ފަތުރުވެރިކަމަށްވެސް ކޮށްފައެވެ. ނޭޕާލުގެ ޖީޑީޕީގެ […]

ކޮންގޯގައި އެބޯލާ ބަލީގެ ހާލަތު ކޮންޓުރޯލުން ނެއްޓިއްޖެ!

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ނުވަތަ އާންމު ނަމުން ނަމަ ޑީއާރު ކޮންގޯ ގެ ތާރީހުގައިވެސް ކުރިމަތިވި އެބޯލާ ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި ރާޅުގައި، އެ ބަލި ޖެހުނު މީހުންގެ އަދަދު 8،000 އިން މައްޗަށް އަރައި، މަރުވި މީހުންގެ އަދަދު 3،901 އަށް އަރައިފިއެވެ.އެ ގައުމުގެ ޕަބްލިކް ހެލްތު އިންސްޓިޓިއުޓުން އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ބަލިޖެހުނު މީހުންގެ ތެރެއިން މަރުވި މީހުންގެ ނިސްބަތް އުޅެނީ 48.4 އިންސައްތައިގައެވެ. މި ހިނގާ 2026 ވަނަ […]

އީރާނަށް ލުއިތަކެއް ނުދޭނެކަމަށް ޓްރަމްޕު ވިދާޅުވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް، އޭނާގެ ސަރުކާރުން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށާއި ފްރީޒްކޮށްފައިވާ ފައިސާތައް ދޫކޮށްލުމަށް ހުށަހެޅިކަމަށް ފެތުރެމުންދާ ރިޕޯޓްތައް ދޮގުކުރައްވައިފިއެވެ. މިއީ ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ކުރެވޭ މަސައްކަތްތަކާއި، ހިނގަމުންދާ ނުތަނަވަސްކަމާ ގުޅިގެން ދެކެވޭ ވާހަކަތަކެކެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަންޕް ވަނީ މި ރިޕޯޓަކީ ކަނޑައެޅިގެން ދޮގެއްގެ ގޮތުގައި ސިފަކުރައްވައި، މަޝްވަރާތަކުގައި ކުރިއެރުން ހޯދުމުގެ ބަދަލެއްގެ ގޮތުން ވޮޝިންގްޓަނުން ތެހެރާނަށް ދޫތަކެއް ދޭން ހުށަހެޅިކަމަށް ބުނާ ވާހަކަތައް […]

އިންޑިއާގައި ބޭންކުތަކުން ކުރަން އުޅުނު ހަޅުތާލު ފަސްކޮށްފި

ބޭންކު ޔޫނިއަންތަކާއި އިންޑިއަން ބޭންކްސް އެސޯސިއޭޝަނާއި ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު، އިންޑިއާގައި މުޅި ގައުމަށް ނިސްބަތްވާ ގޮތަށް ބޭންކުތަކުން ކުރަން ރޭވި ތިން ދުވަހުގެ ހަޅުތާލު ފަސްކޮށްފިއެވެ. ސެޕްޓެމްބަރު 28 ވާ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައި އޮތް މި ހަޅުތާލުގެ ސަބަބުން، ސެޕްޓެމްބަރު 30 ގެ ނިޔަލަށް މުޅި އިންޑިއާގައި ބޭންކިންގގެ ޚިދުމަތްތަކަށް ބުރޫއަރާނެ ކަމަށް ބެލެވުނެވެ. ޔުނައިޓެޑް ފޯރަމް އޮފް ބޭންކް ޔޫނިއަންސް އިން ގޮވާލި މި ހަޅުތާލު ދިމާވާން އޮތީ ބޭންކުތަކުގެ ހަ […]

ނޭޕާލުގެ ފަރުބަދައެއްގައި ދެ މީހުން މަރުވެ، 10 މީހުން ގެއްލިއްޖެ

ނޭޕާލްގެ ހިމްލުންގް ހިމާލް ފަރުބަދައިގެ ބޭސް ކޭމްޕަށް އާދީއްތަ ދުވަހު އައި ސުނޯ ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި ދެ މީހަކު މަރުވެ، އިތުރު 10 މީހަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ. އުސްމިނުގައި 7،126 މީޓަރު ހުންނަ ހިމްލުންގް ހިމާލްގެ ބޭސް ކޭމްޕަށް މި ހާދިސާ ހިނގާފައިވަނީ މަނަންގް ޑިސްޓްރިކްޓްގެ ނާރް ފޫ ސަރަހައްދުގައެވެ. މި ހާދިސާގައި ފަރުބަދައަށް އަރާ މީހުންނާއި އެހީތެރިން ތިބި ޓެންޓު ވަނީ ސުނޯގެ ދަށުވެފައެވެ. ފުލުހުން ބުނި ގޮތުގައި […]

އީރާނުން އެމެރިކާއަށް އިތުބާރު ނުކުރާނެކަމަށް ބުނެފި

އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ވިދާޅުވެފައިވަނީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކަށް ވޮޝިންޓަންގެ ޖަވާބަކަށް އީރާނުން އިންތިޒާރު ކުރަމުންދާއިރު، އެމެރިކާއާއެކު ކުރާ މަޝްވަރާތަކަށް ތެހެރާނުން ދެން އިތުބާރު ނުކުރާ ކަމަށެވެ. ޕެޒެޝްކިއާން ވިދާޅުވީ، މީގެ ކުރިން ކުރެވުނު މަޝްވަރާތަކަށް ފަހު ވެސް ޙަމަލާތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް ކުރިމަތިވެފައިވާ ކަމަށާއި، އެހެންކަމުން އައު އެއްބަސްވުމަކަށް ބިންގަލެއް އެޅުމަށް އީރާނަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. މިވަގުތު މެދުވެރިއެއްގެ ދައުރު އަދާކޮށް، ތެހެރާނުގެ މެސެޖުތައް […]

އީރާނުން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފި

ވޮޝިންޓަނުން ތެހެރާނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ، މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެ ގައުމުގެ މަސްލަހަތުތަކަށް ހަމަލާދޭނެ ކަމަށް ބުނެ، އިތުރު ހަމަލާތަކެއް ނުދިނުމަށް އީރާނުން އެމެރިކާއަށް އިންޒާރު ދީފިއެވެ. އީރާނުގެ ސެމީ-އޮފިޝަލް މެހެރް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ މި އިންޒާރު އައިސްފައިވަނީ، ދެމުންދާ ހަމަލާތަކާއި ހޮރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި، ސްޓްރެޓީޖިކް ގޮތުން މުހިންމު މި ކަނޑުއޮޅި […]

ބަރުދަން ލުއިކުރާ ބޭސް ބޭނުންކުރުމުން ލޮލުގެ ފެނުން ގެއްލިއްޖެ

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ބޭހެއް ކަމަށްވާ އޮޒެމްޕިކް ބޭނުންކުރި މީހެއްގެ ލޮލުގެ ފެނުން ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށް އޭނާ ރިޕޯޓުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެމެރިކާގައެވެ. އެހެނަސް ބަރުދަން ލުއިކުރާ ބޭސްތައް ބޭނުން ކުރާ މިންވަރު މިހާރު ރާއްޖޭގައިވެސް ދަނީ އިތުރުވަމުންނެވެ. އޭނާގެ ފެނުން ގެއްލިފައިވަނީ، ލޮލުގެ ފެނުން އަވަސް ދުވެއްޔެއްގައި ގެއްލުވާލާފަދަ ބައްޔެއް އޭނާގެ ގައިގައި ހުރިކަން ދެނެގަނެވުނު ފަހުންނެވެ. މިކަން މި ދިމާވީ، ޖީ.އެލް.ޕީ-1 ގެ ބޭސްތަކާއި ލޮލަށް ދިމާވާ ސީރިއަސް މައްސަލަތަކާ […]

ހަނގުރާމަ ހުއްޓާލަން އީރާނުން ހުށަހެޅުމުން ޓްރަމްޕް އިންކާރުކޮށްފި

އެންޑީޓީވީން ހަވާލާދީ ދަ ވޯލް ސްޓްރީޓް ޖާނަލްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށާއި ސްޓްރެޓީޖިކަލީ މުހިންމު ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން ހުށަހެޅި ހަތް ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެކޮޅު ހައްދަވާފައެވެ. އީރާނުން ހުށަހަޅާފައިވަނީ ވޮޝިންޓަނުން ވަކި ޝަރުތުތަކަކަށް އެއްބަސްވެއްޖެނަމަ، ހަތް ދުވަހުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލައި، އާންމު ކަނޑުދަތުރުފަތުރުގެ ނިޒާމު އިއާދަކުރުމަށެވެ. މި ހުށަހެޅުމުގައި އެމެރިކާގެ ކަނޑުގެ އަސްކަރީ […]