އީރާނުން އަނެއްކާވެސް އެމެރިކާ ބިރުގަންނަވާލައިފި!

އެމެރިކާ އާއި އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކަށް ފަހު، އީރާނުން އެ ގައުމުގެ އަސްކަރީ އިންފްރާސްޓްރަކްޗާގެ ބައެއް ބައިތައް ހަލުވިކަމާއެކު އާރާސްތުކޮށް، ޑްރޯން އުފެއްދުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް ސީ.އެން.އެން އާ ހަވާލާދީ އެން.ޑީ.ޓީ.ވީ އިން ރިޕޯޓްކޮށްފިއެވެ. އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން ގަބޫލުކުރާ ގޮތުގައި، ކުރިން އަންދާޒާކުރި ވަރަށް ވުރެ މާ އަވަހަށް އީރާނުން އަންނަނީ ހާލަތު ބަދަލުކުރަމުންނެވެ. މީގެ ސަބަބުން މެދުއިރުމަތީގައި އަލުން ނުތަނަވަސްކަން އުފެދިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ރިޕޯޓްތައް ބުނާ […]

ކީރްތީ

50 އަހަރު ކުރި، 2 ޖޫން 1964 މެންދަމުގެ ހަމަހިމޭން ވަގުތެވެ. ވަށައިގެންވާ މާހައުލަށް ވެރިފައިވަނީ ހަމަހިމޭންކަމެވެ. އެހެންނަމަވެސް ދަލޭކަގެ ހިތުގައިވި ހަމަހިމޭންކަން ގެއްލިދިޔަތާ ފުދޭވަރަކަށް ވަގުތު ވެއްޖެއެވެ. ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ނަޒަރު ހިންގަމުން، ދަލޭކަ ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔައެވެ. ސިކުނޑީގައި ހަރުލާފައިވަނީ އެންމެ ޚިޔާލެކެވެ. ހިތުގައި އުފެދިފައިވަނީ އެންމެ ސުވާލެކެވެ. ”ދަރިފުޅާ! މިހާރު ގަޑިން އެހެރަ މެންދަމުން އަލިވެ 2 ޖަހަނީ! އަދިވެސް ނިދަން އޮށޯންނާކަށް ނުވޭތަ.“ މެދުގޭގައި އެލުވާފައި ހުރި […]

ހަށިގަނޑުގެ ދިފާއީ ނިޒާމު އަމިއްލަ ހަށިގަނޑަށް ހަމަލާދީފާނެ

ގިނަ މީހުންނަކީ ހުޅުހުޅުގައި ރިއްސުމަށް މާބޮޑު ސަމާލުކަމެއް ދޭ ބައެއް ނޫނެވެ. އާންމުކޮށް މިފަދަ ރިއްސުންތަކަކީ ނަފްސާނީ ބުރަބޮޑުވުމުގެ ސަބަބުން، ނުވަތަ މަސައްކަތުގައި ގިނަވަގުތު ހޭދަކުރުމާއި، ނިދި މަދުވުން ނުވަތަ އުމުރުން ދުވަސްވުމުގެ ސަބަބުން ދިމާވާކަމެއް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލިއަނުން މީހުންނަށް ކުރިމަތިވެފައިވާ އަސްލު މައްސަލައަކީ މިއަށްވުރެ މާ ނުރައްކާތެރި ކަމެއް ކަމަށް ޑޮކްޓަރުން މިހާރު އިންޒާރު ދެއެވެ. އެއީ ހަށިގަނޑުގެ އަމިއްލަ ދިފާއީ ނިޒާމު، ސިއްރުވެރި ގޮތަކަށް […]

އީރާނުން ޓްރަމްޕަށް އަނެއްކާވެސް ވަރުގަދަ އިންޒާރެއް!

މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، އީރާނުގެ އަސްކަރިއްޔާއިން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. އީރާނުން ބުނެފައިވަނީ ދެން ދޭ ކޮންމެ ހަމަލާއަކަށް ރައްދުދޭނީ ”އާ އުކުޅުތަކާއި ވަސީލަތްތައް“ ބޭނުންކޮށްގެން ކަމަށެވެ. މި ނުތަނަވަސްކަމުގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދުގެ މަސްރަހު ގޯސްވެ، ދުނިޔޭގެ އިގްތިސާދަށް އަންނަނީ ބޮޑެތި ލޮޅުންތަކެއް އަރަމުންނެވެ.މި އިންޒާރު އައިސްފައިވަނީ، އީރާނާއެކު ސިއްރު ”ސީރިއަސް މަޝްވަރާތަކެއް“ ކުރިއަށްދާތީ، ރޭވިފައިވާ ހަމަލާތައް ކެންސަލް ކުރިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. […]

އެމެރިކާ، މުސްލިމުންނަށް ބިރުވެރި ތަނަކަށް ވަނީ!

އެމެރިކާގެ ސެން ޑިއޭގޯގައި ހުންނަ އިސްލާމީ މަރުކަޒަކަށް ބަޔަކު ވަދެ ބަޑިން ހަމަލާދީ ތިން މީހަކު މަރާލައިފިއެވެ. ނަފްރަތުގެ ކުށެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާ މި ހާދިސާއާ ގުޅިގެން، އެމެރިކާގެ މުސްލިމް މުޖުތަމައުތަކަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. މި ހަމަލާ ދީފައިވަނީ ހޯމަ ދުވަހު، ސެން ޑިއޭގޯގެ މަޝްހޫރު އިސްލާމީ މަރުކަޒު ކަމަށްވާ ”އިސްލާމިކް ސެންޓަރ އޮފް ސެން ޑިއޭގޯ“ ގައެވެ. މި މަރުކަޒަކީ މިސްކިތަކާއި ސްކޫލެއް ހިމެނޭ ތަނެކެވެ. ކަމާބެހޭ ފަރާތްތަކުން ބުނި […]

ކުުރިއަށް އޮތީ ”ޕެންޑެމިކް“އެއްބާ؟

ޔޫގަންޑާ އާއި ކޮންގޯގައި ފެތުރެމުންދާ އިބޯލާ ބަލިމަޑުކަމަކީ ދުނިޔޭގެ ފެންވަރުގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން އިއުލާނުކުރުމާ ގުޅިގެން، މުޅި ދުނިޔެ އަނެއްކާވެސް މިވަނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. މީގެ އިތުރުން، ދެކުނު އެމެރިކާގެ ކުރޫޒް ޝިޕަކާ ގުޅުންހުރި ހަންޓާވައިރަސް ބަލިމަޑުކަމެއް ކޮންޓްރޯލް ކުރުމަށް ވެސް ގައުމުތަކުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ނުރައްކާތެރި ކުރިއެރުންތަކާއެކު، ކޯވިޑް-19 ގެ ހިތްދަތި ހަނދާންތައް އައުވެ، މުހިންމު ސުވާލެއް ވަނީ އުފެދިފައެވެ: […]

ތައިލެންޑް: މަސްތުގެ ހާލަތުގައި ރޭލު ދުއްވުމުން 8 މަރު!

ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ކާރުބާރު ބޮޑު ސަރަހައްދެއްގައި، މުދާ އުފުލާ ރޭލެއް ބަހެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 8 މީހުން މަރުވެ، ގިނަ ބަޔަކަށް އަނިޔާވުމާ ގުޅިގެން މުޅި އެ ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުފަހު، ބެންކޮކްގެ އެންމެ ކާރުބާރު ބޮޑު އަދި ނުރައްކާތެރި އެއް ސަރަހައްދު ކަމަށްވާ ’އަސޯކް-ޑިން ޑައެންގް‘ ރޭލު މަގު ހުރަސްކުރާ ތަނުގައެވެ. ތައިލެންޑުގެ ފުލުހުން ބުނި ގޮތުގައި، ރޭލު ދުއްވަން […]

އެމެރިކާއިން މަންމައަކަށް ޖެއްސި ހާލު: ތުއްތު ދަރިފުޅު މަރުވެއްޖެ!

އެމެރިކާގެ އިމިގްރޭޝަން ނިޒާމުގެ ތެރެއިން ހިނގައިދިޔަ ހިތާމަވެރި ހާދިސާއަކާ ގުޅިގެން ގިނަ ބައެއްގެ ނުރުހުމާއި ކަންބޮޑުވުން ވަނީ އަމާޒުވެފައެވެ. މި ހާދިސާގައި ހޮންޑިއުރަސްގެ މަންމައަކު އޭނާގެ ދެ އަހަރުގެ ދަރިފުޅާ ވަކިން ޑީޕޯޓްކޮށްލުމަށްފަހު، ފަހުން އެ ކުއްޖާ ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާކަން ވަނީ އެނގިފައެވެ. އޯލިން ޖޯޝުއާ ހެނާންޑޭޒް ރޭއިސް ނަމަކަށް ކިޔާ މި ތުއްތު ކުއްޖާ މަރުވީ މިދިޔަ މާރިޗު މަހު ފްލޮރިޑާގައި އޭނާގެ ބޮޑުބޭބެއާ އެކު އުޅެނިކޮށެވެ. އޮފިޝަލުން ހާމަކުރި ގޮތުގައި، އެ ކުއްޖާއަށް […]

އެބޯލާގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން މުޅި ދުނިޔެ ސަމާލުކަމަށް

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީ.އާރު.ސީ) އާއި އެގައުމުގެ އަވަށްޓެރި ޔުގެންޑާގައި ހަލުވިކަމާއެކު އެބޯލާ ވައިރަސް ފެތުރެމުންދާތީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ. މި ބަލީގައި މިހާތަނަށް ގާތްގަނޑަކަށް 90 މީހުން މަރުވެފައިވާއިރު، އެފްރިކާގެ އެހެން ސަރަހައްދުތަކަށް ބަލި ފެތުރިދާނެކަމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މި ފަހަރުގެ އައުޓްބްރޭކް ފެށިފައިވަނީ ކޮންގޯގެ އިރުމަތީ އިތޫރީ ޕްރޮވިންސުންނެވެ. މި ބަލި ފެތުރެނީ އެބޯލާގެ ނާދިރު ބާވަތެއް ކަމަށްވާ […]

ނިޔާވި ދިފާއީ ބާރުގެ ޑައިވަރަށް ދުނިޔޭގެ ކަންކޮޅުތަކުން، ތައުޒިޔާއާ ތައުރީފާ އިޙްތިރާމް

ވ. އަތޮޅުގައި އޮތް ކޭވްއަކަށް ފީނަންގޮސް ގެއްލުނު ފަތުރުވެރިން ހޯދުމަށް ސިފައިން ކުރި މަސައްކަތުގެ ތެރޭގައި ރެސްކިއު ޑައިވަރު ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ވަކިވެދިޔަ ހިތާމަވެރި ޚަބަރާއެކު ދިވެހިރާއްޖެ ކަރުނައަޅަމުންދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުންވެސް ދަނީ ހިތާމައިގެ މެސެޖުތަކާއި އޭނާގެ ގުރުބާނީއަށް ތައުރީފު އޮއްސަމުންނެވެ. އޭނާގެ މި މަތިވެރި ގުރުބާނީގެ އަސަރު ރާއްޖޭގެ ބޯޑަރުތަކުން ބޭރަށް، ދުރު ހިސާބުތަކަށްވެސް ވަނީ ފޯރާފައެވެ. މަހުދީގެ ފުރާނަ ގެއްލުނީ ވ. އަތޮޅުގައި ކޭވް-ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ […]