މާކަނާ ރާއްޖެއަށް ވީގޮތް ދޫނިރާއްޖެއަށް ވެދާނެއެވެ.

މިލިއުން ފެށިފައިވާނީ މުޅިންވެސް ޚިޔާލެއްގެ މައްޗަށް ބިނާކޮށް ލިއެފައިވާ ވާހަކައަކަށެވެ. އެއްވެސް މުޖުތަމާ އަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުންވެސް އަމާޒުކުރުމަކީ ލިޔުމުގެ މަގްސަދެއްނޫނެވެ. ބަދަލުވަމުންދާ ދުނިޔޭގެ މަސްރަހުން ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭތީ އެކަމާމެދު އަޅުގަނޑުމެން ދިރިއުޅޭ މުޖުތަމާ ހޭލުންތެރި ކުރުވުމުގެެ ބޭނުމުގައެވެ. އަންޒަމާނުއްސުރެން ދޫނިރާއްޖޭގެމީހުން ދެވަނަ ވަޒަނެއްގެ ގޮތުގައި ބަލަމުންއަންނަނީ މާކަނާ ރާއްޖެއެވެ. ފަހަރެއްގައި މި ދެރާއްޖެއަކީވެސް އެއް ޢާއިލާއަކަށް ނިސްބަތްކުރެވޭ ދެ ރާއްޖެއަކަށްވުން އެއީ އޭގެ ސަބަބު ކަމުގައިވެސް ވެދާނެއެވެ. ދޫނިރާއްޖޭގެ މީހުން މަހުގެ ބާވަތްތަކާއި […]

ޢަދުލު އިންސާފުގެ ބާރު

މުޅި ކާއިނާތު އުފެދި ދުނިޔެ އާބާދީ ވީއްސުރެ އެންމެ އިސްކަމެއް ދެވިފައި އޮތީ ޢަދުލު އިންސާފަށެވެ. ހުރިހާ ސަމާވީ ދީންތަކެއްގެ އެންމެ މަތިވެރި އުސޫލަކަށް އޮތީ ޢަދުލު އިންސާފެވެ. އެކިއެކި ނަޒަރިއްޔާތުގެ އަސްލަކަށް ބަލާފައި އޮތީވެސް ޢަދުލު އިންސާފެވެ. މިހެންވާންޖެހުނީ ޢަދުލު އިންސާފުނެތި އެއްވެސް އުއްމަތެއްގެ އަދި އެއްވެސް މުޖުތަމައެއްގެ ކާމިޔާބު ފެނިގެން ނުދާނޭކަން އިންސާނުންނަށް ކަށަވަރުވާތީއެވެ. ބޮޑުއެތި ކުޑައެއްޗަށް ޙަމަލާދީ ވަރުބަލި ކޮށްލައި ކާލާނީއެވެ. ބާރުގަދަ މީހާ ބާރުނެތް މީހާ ޙަމަލާދީ އެތަނަކަށް ވެރިވެގަންނަނީއެވެ. މާތްވެގެންވާ […]

ދިވެހިން ދިވެހިންގެ ގޮތުގައި

މަތީގައިއެވާ ބަސްކޮޅަކީ މި ފަހަކަށްއައިސް ވަރަށްގިނައިން އަޑުއިވޭ ބަސްކޮޅެކެވެ. ގިނަފަހަރަށް އެ ބަސްކޮޅުގެ އަޑުއިވެނީ މަލާމާތުގެ ރާގަކަށެވެ. ދިވެހިން ކުރަންޖެހޭކަމަކަށް ފަރުވާކުޑަ ކުރާކަން ދޭހަވާކަހަލަ ގޮތަކަށެވެ. އެހެންނަމަވެސް ދިވެހިންނަކީ ޝަރަފްވެރި މާޒީއަކާއި އަދި ފަޚްރުވެރި އިއްޔެއެއްވެސް  އޮތްބައެކެވެ. ޢަލިރަސްގެފާނާއި ޙުސޭން އާދަމް ގައުމުގެ ދިފާޢުގައި ޝަޙީދުވެވަޑައިގެންނެވިއެވެ. ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ގައުމު ދިފާޢުކުރައްވައި ކާމިޔާބު ކުރެއްވިއެވެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި މިއަދުވެސް ދިވެހި ގައުމުގެ ކަރާމާތް ދެމެހެއްޓުމަށްޓަކައި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރަންބޭނުންވާ އެތައްބަޔަކު ތިބޭނެއެވެ. ފަހަރެއްގައި އިސްނަގާނެ ބޭފުޅެއްގެ ނުވަތަ ބޭފުޅުންކޮޅެއްގެ […]

ގައުމީދުވަހު ރައީސް ސޯލިޙު ގައުމާއި މުޚާތަބުކުރައްވައިފި.

ރާއްޖޭގެ ފަޚުރުވެރި ގައުމީދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެރި ރައްޔިތުންނަށް ވަރަށް އިޚުލާސްތެރިކަމާއިއެކު ތަޙުނިޔާދަންނަވާ ހެޔޮއެދުންތައް ފޮނުއްވަވައިފިއެވެ. ރާއްޖޭގެ އުފާވެރި ގައުމީދުވަހުގެ ހަނދާންތައް ގުޅިފައިވަނީ ވަރަށްމަތިވެރި ގައުމީ ބަތޮލެއް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި ކުރެއެވި މަތިވެރި ޖިހާދަކުންކަމުގައި ހަދާންކޮށްދެއްވިއެވެ. މިއަދަކީ ޕޯޗްގީސްގެ އަޅިވެތިކަމުން ދިވެހިރާއްޖެ މިނިވަނަކުރުމަށް އުތީމު ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާންތަަައް އަޅުގަނޑުމެން އާކުރާދުވަސް. އެހެންކަމުން އެމަތިވެރި ޖިހާދުގެ ޒިކުރާ އާކުރަމުން އެ ރަދުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތްދެއްވުންއެދި ދުޢާކުރެއްވިއެވެ. ގައުމީ ޙަޔާތުގެ […]

އުންމީދުގެ ގުލްޒާރު

މިއީ 2008 ގައި ސަންދާނުގައި ޝާއިއުކުރެވިފައިވާ ހަނދާނީ ލިޔުމެކެވެ. ހަމަ ހަނދާން އާކޮށްލުމަށް ރިޕީޓް ކޮށްލަމެވެ. އުންމީދުތަކުގެ ފޮލާތައް އަޅުގަޑުމެންގެ ހިތުގައި ކެކެމުން ދަނީއެވެ. އައު ދުވަހެއް ދުށުމުގެ ހުވަފެންތައް ދެކެވެމުން ދަނީއެވެ. ބިރުވެރި ކަމާއި ހާސްކަމުގެ ކަޅު އަދިރި ތާރީޚަށް އަލްވަދާޢު ކިޔުމުގެ ރޫހު އާލާވަމުން ދަނީއެވެ. ދުވަސްވީ މީހުންނާއި ގައުމުގެ ޒުވާނުން އަތުގުޅާލާފައި ތިބީ އަޅުވެތި ކަމުން މިންޖުވުމުގެ މަގުސަދު ހާސިލް ކުރުމަށެެވެ. އަމިއްލަ ވަތަނުގެ މުއްސަދި ކަމާއި ތަނަވަސް ކަމުގެ ރަހަ އެވެރިންގެ […]