ހަމަ ރަނގަޅަށް ވެސް ރައްޔަތުން ފެލައިލީ

Loading

Facebook
Twitter
WhatsApp

ހެޔޮވެރިކަމެއްގެ ތެރެއިން އުފާވެރި ދިރިއުޅުމެއް ހޯދަން ކުރި ދަތުރު ނިމުނީ ޗާޓުން ބޭރުވެ ކައްޕިިތާނުގެ ގަޅިކަމުން އޮޑި ފަރަށް އަރައި ފޫގޮސް ފަޅުވެރިންތައް ކަނޑުވެގެންނެވެ. އެންމެ ދެރަކޮށް ދިމާވި ކަމަކީ ފަޅުވެރިން ދޫކޮށްލައި އަދި އޮޑީގެ ވެރިފަރާތަށް އެންގުމެއްނެތި ކައްޕިތާނު އޮޑިން ފުންމާލައި ފިލައި ރައްކާވީތީއެވެ.

އެހެންވުމުން ދެންވާނޭ ގޮތް އަމިއްލައަށް ހިތްޕުޅަށް ގެންނަވާށެވެ. އޮޑިގަނޑު އޮތީ އިންޝުއަރެންސް ނުކޮށެވެ. ގެއްލުމާއި ނިކަމެތިކަމާއި ކުރިމަތިލާންޖެހުނީ އޮޑިވެރީންނާއި އޮޑީގެ ފަޅުވެރީންނަށެވެ. އެއީ ފުރަތަމަ ހުވަފެނީ ދަތުރެވެ. އަނެއް ދިވެހިރާއްޖެއަށް ކުރި ދަތުރުނާމާއެވެ!

ދެންވެސް އޮޑީގެ ކައްޕިތާނު އެ ދަތުރުނާމާ އޭނާގެ އަމިއްލަ ދޮގު ވާހަކަތަކަަކަށް ބިނާކޮށް އޮޑިވެރީންނާއި ރައްޔިތުންގެ ބޮލަށް “ޗިޕް“ ޖެއްސެވުމަށް ކުރިމަސައްކަތް ވެސް ވީ ނާކާމިޔާބެވެ.

އެހެނަސް ނަތީޖާއަކަށްވީ އޮޑި ޗާޓުން ބޭރުވެ ފަރަށް އަރައި ލިބުނު ގެއްލުމަށްވުރެ ވެސް ބޮޑުގެއްލުމެއް ޖުމްލަކޮށް ރައްޔިތުންނަށް ލިބުމެވެ. އެ ގެއްލުމަށް ބޮޑު ހުޅުގެ ކާރިސާއޭ ވެސް ކިޔައެވެ! 

ދެން އައީ 2018 ގެ އިންތިޚާބެވެ. ދެބަސްވެވެން ނެތްފަދައިން އޮޑި ފަރަށް އަރުވައިލި ކައްޕިތާނަކީ ދޮގު ވަޢުދުވުމާއި އުޑުގައި ހުންނަ ތަރިތައް ވެސް ރައްޔިތުންނަށްޓަކައި ގައުމަށްޓަކާ ބާލައި ދެއްވޭފަދަ ދޫ ފަރިތަ, ވަޢުދުތައް ވިއްކުމުގެ މާހިރެކެވެ.

އެގޮތުން ދީނީ ކާޑުކުޅުމަށް ދީނީ ޕާޓީއިން އަތްދަށު ކެޔޮޅެއް ލިބިގެންދިޔުމަކީ އަތުގައި ލެއްވި ނަސީބަކަށް ވީއެވެ.

ނިޔަތެއް ނެތުމުން ހަމަ ކޮންމެ ވަޢުދެެއްވެސް ވެލުމަކީ އެ ބޭފުޅުންނަށް އެއްވެސް ކަމެއް ނޫނެވެ. އެގޮތުން ދުނިޔެއަށް އުފަންވާ ކޮންމެ ކުއްޖަކަށް ވިހާތާ 3 ދުވަހުގެ ތެރޭގައި ހަދިޔާ ފޮށްޓެއް ދިނުމާއި ހުރިހާ ސްކޫލެއްގައި ހެދުނުގެ ނާސްތާ ހިލޭ ދިނުމާއި ދެން މިހެންގޮސް ކިޔާނެކަމެއް ނެތެވެ. 2018ގެ އެމްޑީޕީ ދީނީ ކޯލިޝަންގެ މެނިފެސްޓޯ ބަލައިލުމުން އަޅުގަނޑުމެންގެ އަޚު ކޮމީޑިއަން މާސްޓަރ ޔޫސުފް ރަފީޢުއަށް ވުރެ ވެސް ފުރިހަމައެވެ. ނަމަވެސް ރައްޔިތުންނަށް ލިބުނީ ކޮންފަދަ ދޯކާއެއްތޯއެވެ؟

ހަމަ ރަނގަޅަށްވެސް ފެލައިލީއެވެ.

ހަމަ ހުރިހާ ދިމާލަކުންނެވެ. އަދި އެ ޖަރީމާ ހިންގީ ރައްޔިތުންނަށް ދިމާވި އެންމެ ހާސްކަން ލިބުނު ދަތި ނިކަމެތި ދުވަސްވަރުގެ ނާޖާއިޒު ފައިދާ ވެސް އެންމެ ފުރިހަމަ ގޮތުގައި ހިފައިގެންނެވެ. ޢިއްޒަތްތެރި ކާށިދޫ ދާއިރާގެ މެމްބަރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިހެންނެވެ. އާދެ! މިފަހަރު ވައްކަން މިކުރީ އެންމެން ގޭބަންދުގައި ބައިތިއްބައިގެނެވެ. އެހެންކަމުން ހިތަކަށް ތަދެއްނުވާނެތޯ؟ މެމްބަރު އެއްސެވިއެވެ!

ހަމަ ރަނގަޅަށް ވެސް ހުރިހާ ދިމާލަކުން ފެލާލީއެވެ.

ދެންފަހެ ވަގުގައި ވަގުހިފައި، ވައްކަންކުރުމާއި ފަސާދައިން އެމްޑީޕީގެ ބޮޑުންގެ މެދުގައި ކޯޅުންތައް ބޮޑުވެ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދީ ޢިއްފަތްތެރި ޢިއްޒަތްތެރި ވެރިކަމެއް ކޮށްދޭންވި ވަޢުދުތައް ބޮލާލައި ޖައްސަވާފައި ދެން އެވެރީން ބޮޑުހުޅު ޖެހީ އެވެރީންގެ މެދުގައެވެ. ވެރިކަމާއި ހެދި ބަގުޑިލުމަށެވެ.

ނަތީޖާ އަނެއްކާވެސް ހަމަ އެހާމެ ހިއްޗެވެ. ބަލާއާއި މުސީބާތް އަނެއްކާ ވެސް ޖެހުނީ ހަމަ ރައްޔިތުނަށެވެ. ނިކަމެތި ކޮށްލީ ބިކަ ކޮށްލީ ހަމަ ރައްޔިތު މީހާއެވެ. ދައުލަތުގެ ރިޒާވް ހުސްކޮށްލާ 3 ފަހަރަށް ފައިސާވެސް ޗާޕްކުރީއެވެ. ޚިޔާނާތުގެ އެންމެ އުސް ހަރުފަތްވެސް ގިރާކުރީއެވެ!

ހަމަ ރަނގަޅަށްވެސް ފެލާލީއެވެ!

އެގޮތުން ކޮވިޑްގެ ބަލާއާއި މުސީބާތުގެ ވަގުތުގައި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށޭ ބުނެ ޒިންމާދާރުކަމެއް ނެތި ފުރުސަތުގެ ބޭނުން ކޮށް ވައްކަން މެކުހަށް ޖެހީއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމަކީ ބޮޑުވަރިހަމައިގެ މީހެއްކަން އެމްޑީޕީ ކޯލިޝަނަށް އެނގުނު ހިސާބުންނެވެ. ފައިނޭންސް ޚަރަދުބަރަދު ކުރުމުގެ ގާނޫނުވެސް ވަގުތީ ގޮތުން ސަސްޕެންޑް ކޮށްލީއެވެ. ތަނެއްދޮރެއް ނުބަލައި ފައިސާ ވެސް ޗާޕްކުރަން ފެށީއެވެ. އިތުރު ސިޔާސީ މަގާމުތައް އުފެއްދީއެވެ. ވަގު ޑޮލަރު މާކެޓްވެސް ޙައްލުކުރާނެ ގޮތް އެނގިތިބެމެ އެ ވަގު ޑޮލަރު މާރކެޓް ފުޅާކޮށްލީއެވެ.

ހަމަ ރަނގަޅަށްވެސް ރައްޔަތުން ފެލައިލީއެވެ.

ދެންފަހެ ލަހެއްފަހެއް ނެތެވެ! ދީނީ ޕާޓީގެ ޢިލްމްވެރީންގެ ރުހުން ހޯއަދަވައި ވަޙުޝީ ކުޅިގަނޑު ވެސް ފެށީއެވެ. ދައުލަތް 5 އަހަރަށް ހިންގައިދޭން, ހެއްދެވި ފަރާތް ގަންދީ ހުވާކޮށްގެން ތިބި އެންމެންކަހަލަ ގޮތަކަށް ހުރިހާ ކުޅިއެއް ވެސް ކުޅެންފެށީއެވެ. ލަދު ޙަޔާތުގެ ކަންފުޅެއް ވެސް ނެތިއެވެ! މިވަރުންވެސް ވެރިމީހާ ދާހިއްލީމާވެސް ނިކުނީ މާމުއި ކަމުގައި ބުނެެދީ ވެރިމީހާގެ ތޯހިރުކަން ޕްރޮމޯޓް ކުރަމުން ގެންދިޔައެވެ.

ނަތީޖާއަކަށްވީ ޚަރަދު ބަރަދާއި ދަރަނިތަށް ބޮޑުވެ ރައްޔިތުންގެ އަތުން ފެލުނު ގޮތަކަށް ފެލައި ޓެކްސްތައް ބޮޑު ކުރަން ފެށީއެވެ. އެއްވެސް ވަޢުދެއްގެ މަތީން ހަނދާންނެތި ރައްޔިތުންގެ މަޖިލީހަކީ ޕާޓީގެ ހަރުގެއަކަށް ހަދައިލާ އާގުރާނަގޮވުން އިތުރުކޮށްލިތަން ރައްޔަތުމީހާއަށް ފެނިގެން ދިޔައެވެ.

އެވަރުން ނިންމާލީއަކީވ ނޫނެވެ. ޖީ.އެސް.ޓީ ބޮޑުކޮށްލީއެވެ. ޓީ.ޖީ.އެސް.ޓީ ވެސް ބޮޑުކޮށްލީއެވެ. ދަތުރުފަތުގެ ޓިކެޓްތައް ވެސް އަތްނުފޯރާފަށަށް ބޮޑުކޮށްލީއެވެ. ވަގު ބިދޭސީންގެ މައްސަލަ 3 މަސްދުވަހުގެ ތެރޭގައި ޙައްލުކުރުމަށް ވަޢުދުވެ އެ ބިދޭސީންގެ ވިސާއާއި ނަގާ ފީތަށްވެސް ބޮޑުކޮށް ޢާންމުކޮށް ބިދޭސީން ގެންގުޅޭ ވިޔާފާރިތަކުން ވެސް އިތުރު ޗާރޖަސްތައް ތަޢާރަފް ކޮށް ހަމަ ފެލަމުން ގެންދިޔައީއެވެ.

އެގޮތުން ވިޔާފާރި ކުންފުންޏަކުން ކިޔައިދިން ގޮތުގައި ކޯޓާ ލިބިދީފައިވާ ކުންފުނިތަކަށް އެ ކޯޓާގެ ދަށުން މީހަކު އެތެރެ ކުރަން ބޭނުންނަމަ ކޯޓާއޭ ކިޔާ ފީއެއް ތަޢާރަފުކޮށް މީހަކަށް 2000 ނަގަން ފެށީއެވެ. އަދި ވޯކް ވިސާގައި މަސައްކަތް ކުރާ ކޮންމެ މީހެއްގެ މަހުގެ ވިސާ ފީ250 ހުން 350 ރުފިޔާއަށް ބޮޑުކޮށްލީއެވެ.

ހަމަ އެހެންމެ އެމީހަކު ވަޒީފާ ދޫކޮށް ދާންޖެހިގެން ދިއުމުން ވިސާ ކެންސަލު ފީ އެއް ތަޢާރަފުކޮށް އިތުރު 2000 ރުފިޔާ ނަގަން ފެށީއެވެ. މިއީ ކޮންމެ ބިދޭސީ އެއްގެ ސެކިއުރިޓީ ފީ އޭ ކިޔާފައި ނަގާ މީހަކަށް 4000 އާއި 12،000 އާއި ދެމެދުގެ ފީ ނަގާއިރުވެސް މެއެވެ. 

އެމީހަކު އަނބުރާ ދިއުމުން އެ ސެކިއުރެޓީ ވެސް އެތަކެއް މަސްތަކެއް ވެގެންދާއިރު ތައްޔަތުމީހާ އަކަށް ލިބިއެއް ނުދެއެވެ. ދެން ކޮތަޅުފީގެ ވާހަކަ ބާއްވާފައި ކުރުކޮށްލަމާ ހެއްޔެވެ! ވައްކަމާއި ފޭރުމުގެ ވާހަކަ ލިޔެ ކޮޅުންލާކަށެއް ނެތެވެ!

މި ނިމިދާ ސަރުކާރުގެ ޒިންމާދާރު ކަމެއް ނެތުމާއި ވައްކަން ގުޅިގެން ހަބޭހަށް ޖެއްސުމާއި މިއީ ދައްކާ ކޮޅުންނުލާނެ ވާހަކަތަކެ ކެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު އާއި އޭނާގެ ބައިވެރީންގެ ވައްކަމާއި ފަސާދަައިގެ 5 އަހަރުގެ ވެރިކަމުގެ ވާހަކަޔަކީ ”ޒީރޯ ޓޮލެރެންސް“ ގެ ދަށުން ހިންގި ލަދުވެތި ވާހަކަ އެކެވެ. ތާރީޚު އެކެމަށް ހެކިދޭނެއެވެ.

Loading

4 Responses

  1. ޢެހެންއެވީ ޢަހަރުމެންގެވެސް ބޯލިކަމުން މަޖިލީހައްހޮވާފަތިބި ރައްބިޔެއް ރަސޫލެއްނުދަންނަ ޖާހިލުންތަކެއްގެ ސަބަބުން މީދެބަސްވެވެންނެތް ހަގީގަތެއް

  2. ހުރިހާވެސް މައްސަލަޔަކީ ރައްޔަތުންނެވެ. ރައްޔަތުން ކާކު ކޮންކަމަކަށް އަންނަންތޯ އެ ކުރިމަތިލަނީ ބަލައި ވިސްނާ މީހާގެ ތަޢުލީމާއި ވަނަވަރު އެމީހާ ކުރިމަތިލާ ކަމަކެއް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ކަމަށް ކަމޭހިތުމާއި އެކު ކުރެވިދާނެ މީހެއްތޯ ނުބަލާ ވޯޓް ވިއްކާލާނަމަ މިފަދަ ވެރިން ގައުމަށް ފާވާނެއެވެ. ފާނުވާންވީ ސަބަބެއްވެސް ނެތެވެ. ރައްޔަތުން ތިބީ ވޯޓް ވިއްކާށެވެ. ތަނެއް ލޫޓުވާފަނަމަވެސް ފައިސާ ހޯދައި ވޯޓް ގަނެގެން ވެރިކަމާ ހަމަޔަށް އާދެވުނީމާ ދެން ދައުލަތް ލޫޓްވަން ރައްޔަތުމީހާ އެވަގަކަށް ލައިސްނެ ދިނީ ނޫންހެއްޔެވެ.
    އެހެންވީ މާ މަށައް ގޯހީ ވޯޓް ވިއްކާ ރައްޔަތުންގެ ބައިގަނޑެވެ. ގައުމެއްގައި ގޯސް އަދި ޚިޔާނާތްތެރިން ގިނަވެއްޖެނަމަ ވެރިޔަކަށްވެސް ލިބޭނީ އެފަދަ ނުބައި ޚިޔާނާތްތެރި ވެރީންނެވެ. ފުރަތަމަ ތިމާ އިސްލާޙްވަމާ ހެއްޔެވެ.

  3. އެމްޑީޕީގެ ވެރިކަން ދެފަރުވެސް ގަތީ އެއްގަޑެކެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރަށް ދައުރު ހަމަ ކުރެވުނުނަމަ ދިވެހިރާއްޖެ ފެންނަށްވެސް ނެތީހެވެ. ލިބުނީ ތިން އަހަރެވެ. އެ ތިންއަހަރުންވެސް ޤައުމު ވަނީ 30 ތިރީސް ދިމާއަކުން ފޫ ދުއްވާލާފައެވެ. މުޅި ޤައުމުގައި ހުޅުޖަހައި އަންދައި 30 އަހަރު ފަހަތައް ޖައްސާލައިފައެވެ. އެފަހަރު ދައުރު ހަމަކުރާނެ ފުރުސަތު ނުލިބުނީމާ މިފަރުވަނީ ރަނގަޅަށް ބަދަލު ހިފާލައިފައެވެ. މިއަދު ޤައުމު މިވަނީ 70 އަހަރު ފަހަތައް ޖައްސުވާލައިފައެވެ.

  4. އެމީހަކު ރުހޭ މީހަކީ ފަސްމީރު ކުރި ރުކަކަށް ހަދައި ގެން ލިޔާނީ. ތިޔަނެރޭ ހީރަސް ކިޔާ ނޫހެއްގަ ބުނާ ގޮތުން އިބޫސޯލިހަކީ ތެދުވެރި އަމާނާތްތެރި ހިކްމަތް ތެރި ބުއްދިވެރި ދީންވެރި ގައުމުހިންގަން ދަންނަ އަދި މިހާތަނަށް ރާއްޖޭގެ ވެރިކަމަށް އައި އެންމެ ފުރިހަމަ
    މީހާ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް