އެމެރިކާގައި ހައްދުންނެއްޓިފައިވާ ގަތުލު ޢާންމު

Loading

Facebook
Twitter
WhatsApp

ސަޢޫދީ އެރޭބިޔާއާއި އީރާންފަދަ މުސްލިމް ގައުމުތަކުގައި ބޮޑެތި ކުށްވެރިންނަށް އިސްލާމީ ޝަރީޢަތުން މަރުގެ ޙުކުމް ކަނޑައެޅުމަކީ އެމެރިކާއަށް ނިދި ނުލިބި ބުރާންތިވެގެން އުޅެންޖެހޭ ކަމެކެވެ. 

އެވަރުން ނުފުދިގެން އެ ގައުމުތަކުގެ ރައްޔިތުންގެ މެދުގައި އިސްލާމީ ޝަރީޢަތަކީ ޖާހިލު އަދި ނާތަހްޒީބު ނިޒާމެއްކަމުގައި ބުނެ މީސްތަކުންގެ ވިސްނުން ޚަރާބުކުރަން ކެނޑިނޭޅި އެ ގެންދަނީ މަސައްކަތް ކުރަމުންނެވެ. 

ދިވެހިން ބުނެ އުޅޭ ފަދައިން  ތިމާގެ ފޫކޮޅުގައި އޮންނަ ހަޑި ތިމާއަކަށް ނުފެންނާނެއެވެ. ދިވެހިންނަށް މިކަން އެނގޭ އިރު ވެސް ދިވެހިންގެ ތެރޭން ބަޔަކުވެސް އެމެރިކާގެ ބެރަށް ނަށަށް ދަސްކޮށްގެން ނަށާއުޅޭތަން އެބަ ފެނެއެވެ.                

އެމެރިކާގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މައުސޫމް އެތައް އިންސާނަކު އެއްވެސް ޙައްގަކާ ނުލައި ގަތުލު ކުރެވެމުންދާއިރު އެއީ އެމެރިކާއަށްވެސް އަދި އެހެންގައުމުތަކަށްވެސް ޖާހިލު އަދި ނާތަހްޒީބު ކަމަކަށް ނުވެއެވެ. އެއީ ދުނިޔޭން މަދުކުރަންޖެހިފައިވާ ބައެއް ކަހަލައެވެ. 

ސަޢޫދީ އެރޭބިޔާއިން ޝަރުޢީ ހުރިހާ މަރުޙަލާއެއް ނިމިގެން އަހަރުދުވަހުގެ ތެރޭގައި މަރުގެ ޙުކުމް ތަންފީޒު ކުރެވޭ އަދަދަށްވުރެން ހަފްތާއެއްގެ ތެރޭގައި އެމެރިކާގައި މަރާލެވޭ މައުސޫމް އިންސާނުންގެ އަދަދު މާގިނަވާނެއޭ ބުނުމަކީ އިންފަހަނަޅާ ދިއުން ކަމުގައި ނުވާނެއެވެ. 

އީރާނުގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވުމުން މުޅިއީރާނު ގަޑުބަޑު ކޮށްލިއިރު އެމެރިކާގެ ފުލުހުންގެ ބެލުމުގެދަށުގައި ހުއްޓާ މަރުވާމީހުންނަށް އިންސާފު ހޯދާދީ މިނިވަންކަމަށް އަޑު އުފުލަން މަގުތަކަށް ރައްޔިތުން ނުނެރެނީ މަރާލެވުނުމީހުންނަކީ އީދުދުވަހަށް ކަތިލާން ތައްޔާރު ކޮށްފައިތިބި ބަޔަކަށް ވީމާހެއްޔެވެ؟ 

މިދިޔަ ހަފްތާގައި އިވިގެންދިޔައީ ދެމީހަކުވެގެން ޒުވާން މަންމައަކާއި އޭނާގެ ތުއްތު ބޭބީއަކާއެކު ހަ މީހަކު މަރާލި ވާހަކައެވެ. ތުލާރީ ކައުންޓިގެ ޝެރިފް މައިކް ބުޑްރޯގެ އޮފީހުން ބުނެފައިވާ ގޮތުގައި އެ ދެމީހުން ނިސްބަތް ކުރެވެނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ޖަމާޢަތަކަށެވެ. އަހަރެމެންނަށް އެމީހުންގެ ހުރިހާ ޙަރަކާތެއް ރަނގަޅަށް އެނގެއެވެ. 

އަހަރެމެން ދިޔައީ އެމީހުންނަށް ފާރަލަމުންނެވެ. އަދި އާންމު ރައްޔިތަކަށް ނުރައްކަލެއް މެދުވެރި ނުވާނެހާ ގޮތްގޮތަށް ޙާލަތު ބަލައި ކަށަވަރު ކުރަމުންގެން ދިޔައީމެވެ. 6 މީހަކު ބަޑިޖަހާ ނިރުބަވެރި ޙަމަލާއެއްދީ މަރާލުމުންވެސް އެމެރިކާގެ ފުލުހުން މިކަހަލަ އެއްޗެއް ބުނީމާ ދެން ބުނަންޖެހެނީ ޗައިނާގެ މީޑިއާއިން މިދޭތެރެއަކުން ބުނި ކަހަލަ އެއްޗެކެވެ. އެމެރިކާ ސިފައިނަނަށް ފުއްޕާހަމަކުންވެސް ރެކޭކަށް ނޭންގުނެވެ.

މި ޚަބަރު ލިޔަމުން ދަނިކޮށް އަނެއްކާ މީޑިއާގެ ފަލަޝުރުޚީތަކުން ޚަބަރު ދެމުން އެގެންދަނީ ވަރޖީނިއާގެ ރިޗްމަންޑުގެ ސްކޫލެއްގައި 6 އަހަރުގެ ކުއްޖަކު އޭނާގެ ޓިޗަރުގަޔަށް ބަޑިޖަހާ މަރާލައިފި ކަމުގެ ޚަބަރެވެ.  އަދި އޭގެ ފަހުން އޭނާގެ ބެލްޓުން އެހެން ޓިޗަރެއްގެ ކަރުގައި ބައްދައިގެން އޭނާ މަރާލަން މަސައްކަތްކުރިއެވެ. 

އޭގެ ދެދުވަސްކުރިން ހަމަ އެކުއްޖާ އެ ޓީޗަރުގެ މޯބައިލް ފޯނު އަތުލުމަށް ފަހު ބިންމަތީގައި ޖަހާ ފުނޑުފުނޑު ކޮށްލިއެވެ. މިއީ ހުއްޓުވަންޖެހޭ ނާތަހްޒީބު ނިރުބަވެރި ޢަމަލުތަކަކަށް ނުވަންޏާ މަހާތުމާ ގާންދީ އިޝާރާތް ކުރެއްވިފަދައިން ދެލޯ މަރާލައިގެން ދެ ކަންފަތަށް އުނގުރި ޖަހައިގެން އަނގައިގާ އަތް އަޅައިގެން ތިބެންވީނޫންހެއްޔެވެ!

މުނާފިގުކަން މިވަރުވީމާ ދެންތިބީނަށްވެސް އެ ފުޅަ ވަސްތައް ދުވާނެއެވެ.                                                          

Loading

2 Responses

  1. ހިންދީ ބަހުން ކިޔާނީ މިފަދަ މީހުނަށް ޙަރާމީ ލޯގް. ތީ ހީރޯޝިމާއަށް ނިއުކުލިއަރ ބޮންވެސް އެޅި ނިރުބަވެރީން ނޫންހެއްޔެވެ. އެހެނަސް އިންސާނުން ވަރަށް އަވަހަށް ހަނދާން ނެތޭނެއެވެ. ނުވަތަ އަސްލު އެނގޭކަށް ބޭނުމެއް ނުވާނެއެވެ.

  2. އެމެރިކާގެ އެއަމަލުތަކަށް ސައޫދީން ވެސް ފާޅުގައި ޙައްޤު ބަހެއް ބުނަން ވަރަށް ބޮޑަށް ފަސްޖެހެވޭ، އަދި އެއީ ދިވެހިންގެ ތެރެއިން ބައެއް ބޭފުޅުންގެ ހާލަތު ހުރިގޮތް، އެމެރިކާވިއްޔާ ފާޅުގައި އަހަރެމެން ބަސް ބުނެފިނަމަ އެ ވާނީ ހަރުކަށި،އަދި އެމީހުންގެ ޒާތީ ކަމެއްގެ މައްޗަށް ބުނާއެއްޗެއްކަމުގައި. އެއީ އެންމެންގެ އ.ދގެ އަދި ދުނިޔޭގެ ބާރުގަދަ ވެރިން، އެއީ ކަންކަން އިސްލާހުކުރާ އެމެރިކާއެވެ. ސަންދާނު ކަހަލަގެ ވަރަށް ވެސް މަދު ނޫހެއްގައި މިގޮތަށް ކަންބޮޑުވުން ފާޅުކުރަން ކެރެނީވެސް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް