ހަމަ ރަނގަޅަށް ވެސް ރައްޔަތުން ފެލައިލީ

ހެޔޮވެރިކަމެއްގެ ތެރެއިން އުފާވެރި ދިރިއުޅުމެއް ހޯދަން ކުރި ދަތުރު ނިމުނީ ޗާޓުން ބޭރުވެ ކައްޕިިތާނުގެ ގަޅިކަމުން އޮޑި ފަރަށް އަރައި ފޫގޮސް ފަޅުވެރިންތައް ކަނޑުވެގެންނެވެ. އެންމެ ދެރަކޮށް ދިމާވި ކަމަކީ ފަޅުވެރިން ދޫކޮށްލައި އަދި އޮޑީގެ ވެރިފަރާތަށް އެންގުމެއްނެތި ކައްޕިތާނު އޮޑިން ފުންމާލައި ފިލައި ރައްކާވީތީއެވެ. އެހެންވުމުން ދެންވާނޭ ގޮތް އަމިއްލައަށް ހިތްޕުޅަށް ގެންނަވާށެވެ. އޮޑިގަނޑު އޮތީ އިންޝުއަރެންސް ނުކޮށެވެ. ގެއްލުމާއި ނިކަމެތިކަމާއި ކުރިމަތިލާންޖެހުނީ އޮޑިވެރީންނާއި އޮޑީގެ ފަޅުވެރީންނަށެވެ. އެއީ ފުރަތަމަ ހުވަފެނީ ދަތުރެވެ. އަނެއް ދިވެހިރާއްޖެއަށް […]

ޑިމޮކްރެސީގެ ނަމުގައި ދިވެހިންނަށް އޮޅުވާލަމުންގެންދާ އިގްތިސާދީ ސިޔާސަތު

ފެނުނު މަންޒަރުތަކާއި އިވެމުންދިޔަ އަޑުތަކުން ދިވެހިންނަށް އެނގިފައިއޮތީ ދިވެހިރާއްޖޭގެ ވެރިކަމާއި އިގްތިސާދުގެ ސިޔާސަތާއި އަދި ވެރިކަމުގައި ދިވެހިންގެ ބައިވެރިވުން އޮންނަން ޖެހޭ މިންވަރު ކަނޑައެޅުމަކީ 2000 ވަނަ އަހަރުގެ ކުރީކޮޅާ ހަމަޔަށް ހަމައެކަނި ވަކި މީހަކަށް ޚާއްސަ ކުރެވިފައިވާ ބާރެއްކަމަށެވެ.  އެހެންނަމަވެސް ދިވެހިންވެސް ދުނިޔެއަށް ލޯހުޅުވި ބޭރުގެ މަދަރުސާތަކުން ބޮޑެތިހާ ފާސްތައް ނަގައިގެން އެމީހުންގެ ވެރިކަމުގެ ނިޒާމާއި އާދަކާދަ ދަސްކޮށްގެން އައިސް ދިވެހިންނަށް ދަސްކޮށްދީފައި މިއޮތީ ރަނގަޅަށް ނޫންކަމާއި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުންނެތި ވެރިކަން އިންތިޒާމް ނުކުރެވޭނެ ކަމާއި ވެރިކަމަކީ […]

ދޮގުމައްޗަށް ދޮގު ހައްތާވެސް ދޮގު 1

މި ލިއުމަކީ ބައިނަލް އަގްވާމީ ތަފާތު މީޑިއާތަކުގައި އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ދުނިޔޭގައި އުފަންކުރުވަމުން ގެންދާ ހަނގުރާމަތަކާއި އެހަނގުރާމަތަކުން އިންސާނިއްޔަތަށް މެދުވެރިވަމުންދާ މުސީބާތާއި ބަލާވެރިކަމާއި ބެހޭގޮތުން ބައެއް މަޝްހޫރު ލިއުންތެރިންނާއި ސިޔާސީ ބޭފުޅުންގެ ދެކިވަޑައި ގަންނަވާ ގޮތުގެ ކުޑަކުޑަ މިންވަރެއް ނަމަވެސް ސަންދާނުގެ ކިއުންތެރިންނާހަމަޔަށް ގެނެސް ދިނުމެވެ. އެއްވެސް ބޭފުޅަކަށް ނުވަތަ އެއްވެސް ގައުމަކަށް އަމާޒުކޮށް އެއްވެސް އެއްޗެއް ލިއުމަކީ އަޅުގަނޑުގެ ވިސްނުމެއް ނޫނެވެ.                   […]

ގައުމުގެ މުސްތަގްބަލާމެދު ރައްޔިތުން ކަންބޮޑުވަނީ ކީއްވެ؟

ލިޔަން މިއުޅެނީ ރިޔާސީ މޫސުމުގެ ވާހަކައެވެ. އަޅުގަނޑުމެންގެ ގައުމަށް އަންނަ އެންމެ މުހިންމު ދުވަސްވަރެވެ. ކުރިއަށް އޮތް ފަސް އަހަރަށް ދައުލަތް ހިންގުމަށްޓަކާ ވެރިޔަކު އިޚްތިޔާރުކުރުމުގެ މޫސުމެވެ. ވެރިޔަކު އިޚްތިޔާރު ކުރުމުގައި ފާއިތުވެ ދިޔަ ތަނުގައި ރައްޔިތުންނަށް ކަންތައް ކުރެވުނު ގޮތުގެ މައްޗަށް ވިސްނައި ފިކުރުކޮށްލަން ޖެހޭ މޫސުމެވެ.  ނިމިގެން މިދާ ވެރިންކަމުގައި ދައުލަތް ހިންގަދޭން އިޚްތިޔާރު ކުރެވުނީ އެންމެ ރަނގަޅު ބޭފުޅާ ތޯ ނުވަތަ ނޫންތޯ ދެނެގަންނަން ވީ މޫސުމުވެ. ރާއްޖޭގެ ފަހުގެ ތާރީޚުގައި ދައުލަތް ހިންގުމާއި ޙަވާލުވި ރައްޔަތުންގެ ޚާދިމުންގެ ފަރާތުން ރައްޔިތުނަށް ވީ ވަޢުދުތައް ކިހާވަރަކަށް ފުއްދިތޯ އާއި ޙަވާލުކުރެވުނު އަމާނާތް […]

ނުއިވޭ އަޑުތައް! އެކަމަކު މިއަޑުތައް ރަނގަޅަށް އިއްވަމާ!

މިއީ ދިވެހިރާއްޖޭގެ ރިޔާސީ މޫސުމެވެ. އިތުރު ފަސްއަހަރަކަށް ގައުމުގެ ރައީސަކު އިންތިޚާބުކުރަން ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން ތައްޔާރުވަމުންދާ މޫސުމެވެ. މި މޫސުމުގައި ކުރިން ނީވޭ އަޑުތައް އެބަ އިވެއެވެ. އަދި އިތުރަށްވެސް އިވޭނެކަން ޔަގީނެވެ. ކުރެވެނީ ރައްޔިތުންގެ ވެރިކަމެއް ކަމަށާއި ރައްޔިތުންގެ ބޭނުންތައް ފުއްދާ ދިނުމުގައި ފަރުވާކުޑަ ނުކުރާނެކަމުގެ ހުވާތައް ކުރަމުން ދެއެވެ. އެކަމަކު ރިޔާސީ އިންތިޚާބު ނިމޭ ހިސާބުން އަނެއްކާވެސް އެއީ ނީވޭ އަޑުތަކަކަށްވެގެން ދާނެކަމާއިމެދު ޝައްކުނުރާ މީހަކާއި ދިމަލެއް ނުވެއެވެ. މިއީ އަންޒަމާނުއްސުރެން ދަހިވެތި […]

ސިއްޙީ ޚިދުމަތުގެ ތެރެއަށް ސަރުކާރުގެ ސިޔާސީ ނަހަލާލު ގުޅުން

ކިއުންތެރިންގެ މަޢުލޫމާތަށްޓަކައި މި ގެނެސްދެނީ އެމެރިކާގައި ސިއްޙީޚިދުމަތާއިއެކު ގާއިމް ކުރެވިފައިވާ ސަރުކާރުގެ ސިޔާސަތުގެ ނަހަލާލު ގުޅުމުގެ ސަބަބުން މެދުވެރިވަމުންދާ ޙާލަތާމެދު އެމެރިކާގެ މަޝްހޫރު ބައެއް ޑޮކްޓަރުން ކަންބޮޑުވުން ފާޅުކޮށް ބައިނަލް އަގްވާމީ މީޑިއާގައި ހިންގަމުންގެންދާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގައި ގެނެސްދޭ މަޢުލޫމާތުން އެތި އެތި ކޮޅެވެ.  އެމެރިކާގައި ހިނގާ ކަމަކާއި އަހަރެމެންނަކާ ކޮން ގުޅުމެއްހޭއޮތީ ފަހަރެއްގައި ބައެއްކިއުންތެރިންގެ ހިތަށް އަރާފާނެއެވެ. އެކަމަކު އެމެރިކާގައި ހިނގާ ކޮންމެ ކަމަކުން މުޅި ދުނިޔެއަށް އޭގެ އަސަރު ފޯރަމުންދާކަން ގަބޫލުކުރަން ޖެހެއެވެ. މައިސޯބު އެނބުރޭ ގޮތަކަށް ނޫނީ ކުދި ސޯބުތަކަކަށް […]

ހެޔޮވެރިކަމެއް ޤާއިމު ކުރެވޭނީ ފާޑުކިޔައިގެން

ހެޔޮވެރިކަމެއް ކުރަން މިލިބުނު ފުރުޞަތުގައި މިއަދުގެ ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅެއް އަޅަންޖެހިފައިވަނީ ނުހަނު ވިސްނައިގެނެވެ. ސަރުކާރެއް ހިންގުމަށް މިލިބުނު މަދު ދުވަސްކޮޅުގެ ތެރޭގައި ރަނގަޅަށް ހިންދެމިލާނެ ފުރުޞަތެއް ނުދިނުމަށް އަޒުމު ކަނޑައަޅައިގެން ތިބި މީހުން ފާރަވެރިކަމާއެކު އެބަތިއްބެވެ. އަދި ކިއެއްތަ، ޕާޓީގެ އެތެރެއިންވެސްމެއެވެ.   މިއަދު ރައީސްކަމުގައި ހުންނެވި އިބްރާހިމް އަށް ދިމާވެފައިވާ ގޮންޖެހުންތައް ނުހަނު ގިނައެވެ. ރައީސް ބޭނުންވެ ލައްވާހާ ގޮތަކަށް ވެރިކަން ކުރުމަށް ފުރުޞަތު ދިނުމަށްވުރެ ބޮޑަށް މިވެރިކަން ވާންޖެހޭނީ ރައްޔިތުން ބޭނުންވާފަދައިން ކުރާ ވެރިކަމެއް ކަމުގައެވެ.ދެރައީ އެހެން ނުވިކަމެވެ. އިންޑިއާގެ ފަރސްޓް ޕޮލިސީ ދިވެހީންނަށް […]

އެމެރިކާގައި ހައްދުންނެއްޓިފައިވާ ގަތުލު ޢާންމު

ސަޢޫދީ އެރޭބިޔާއާއި އީރާންފަދަ މުސްލިމް ގައުމުތަކުގައި ބޮޑެތި ކުށްވެރިންނަށް އިސްލާމީ ޝަރީޢަތުން މަރުގެ ޙުކުމް ކަނޑައެޅުމަކީ އެމެރިކާއަށް ނިދި ނުލިބި ބުރާންތިވެގެން އުޅެންޖެހޭ ކަމެކެވެ.  އެވަރުން ނުފުދިގެން އެ ގައުމުތަކުގެ ރައްޔިތުންގެ މެދުގައި އިސްލާމީ ޝަރީޢަތަކީ ޖާހިލު އަދި ނާތަހްޒީބު ނިޒާމެއްކަމުގައި ބުނެ މީސްތަކުންގެ ވިސްނުން ޚަރާބުކުރަން ކެނޑިނޭޅި އެ ގެންދަނީ މަސައްކަތް ކުރަމުންނެވެ.  ދިވެހިން ބުނެ އުޅޭ ފަދައިން  ތިމާގެ ފޫކޮޅުގައި އޮންނަ ހަޑި ތިމާއަކަށް ނުފެންނާނެއެވެ. ދިވެހިންނަށް މިކަން އެނގޭ އިރު ވެސް ދިވެހިންގެ ތެރޭން […]

މާކަނާ ރާއްޖެއަށް ވީގޮތް ދޫނިރާއްޖެއަށް ވެދާނެއެވެ.

މިލިއުން ފެށިފައިވާނީ މުޅިންވެސް ޚިޔާލެއްގެ މައްޗަށް ބިނާކޮށް ލިއެފައިވާ ވާހަކައަކަށެވެ. އެއްވެސް މުޖުތަމާ އަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުންވެސް އަމާޒުކުރުމަކީ ލިޔުމުގެ މަގްސަދެއްނޫނެވެ. ބަދަލުވަމުންދާ ދުނިޔޭގެ މަސްރަހުން ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭތީ އެކަމާމެދު އަޅުގަނޑުމެން ދިރިއުޅޭ މުޖުތަމާ ހޭލުންތެރި ކުރުވުމުގެެ ބޭނުމުގައެވެ. އަންޒަމާނުއްސުރެން ދޫނިރާއްޖޭގެމީހުން ދެވަނަ ވަޒަނެއްގެ ގޮތުގައި ބަލަމުންއަންނަނީ މާކަނާ ރާއްޖެއެވެ. ފަހަރެއްގައި މި ދެރާއްޖެއަކީވެސް އެއް ޢާއިލާއަކަށް ނިސްބަތްކުރެވޭ ދެ ރާއްޖެއަކަށްވުން އެއީ އޭގެ ސަބަބު ކަމުގައިވެސް ވެދާނެއެވެ. ދޫނިރާއްޖޭގެ މީހުން މަހުގެ ބާވަތްތަކާއި […]

ޢަދުލު އިންސާފުގެ ބާރު

މުޅި ކާއިނާތު އުފެދި ދުނިޔެ އާބާދީ ވީއްސުރެ އެންމެ އިސްކަމެއް ދެވިފައި އޮތީ ޢަދުލު އިންސާފަށެވެ. ހުރިހާ ސަމާވީ ދީންތަކެއްގެ އެންމެ މަތިވެރި އުސޫލަކަށް އޮތީ ޢަދުލު އިންސާފެވެ. އެކިއެކި ނަޒަރިއްޔާތުގެ އަސްލަކަށް ބަލާފައި އޮތީވެސް ޢަދުލު އިންސާފެވެ. މިހެންވާންޖެހުނީ ޢަދުލު އިންސާފުނެތި އެއްވެސް އުއްމަތެއްގެ އަދި އެއްވެސް މުޖުތަމައެއްގެ ކާމިޔާބު ފެނިގެން ނުދާނޭކަން އިންސާނުންނަށް ކަށަވަރުވާތީއެވެ. ބޮޑުއެތި ކުޑައެއްޗަށް ޙަމަލާދީ ވަރުބަލި ކޮށްލައި ކާލާނީއެވެ. ބާރުގަދަ މީހާ ބާރުނެތް މީހާ ޙަމަލާދީ އެތަނަކަށް ވެރިވެގަންނަނީއެވެ. މާތްވެގެންވާ […]