ޑޮނަލްޑު ޓްރަމްޕުގެ އަރިހުން ވަރިވާން އެމެރިކާގެ މަހާރެހެންދި، މެލާނިއާ އުޅުއްވާކަމަށް މެލާނިއާގެ ވަރަށް އަރިސް ބޭފުޅަކު ވިދާޅުވެްްޖެ

އެމެރިކާގެ މަހާރެހެންދީގެ ޚިދުމަތުގައި ކުރީގައި އުޅުނު ފަރާތަކުން ބުނެފައިވާ ގޮތުގައި ޑޮނަލްޑު ޓްރަމްޕު ވެރިކަމުން ފައިބައި ވަޑައިގެންނެވިހާ އަވަހަކަށް ޑޮނަލްޑު ޓްރަމްޕުގެ އަރިހުން މެލާނިއާ ވަރިވާނެއެވެ.  މެލާނިއާ އެގެންދަވަނީ “ ކޮންމެ މިނުޓެއް ގުނަމުން“ ކަމަށް އެފަރާތަކުން ބުނެފައިވެއެވެ.  މި ގޮތަށްމިޚަބަރު ފެތުރިފައިވާ މިވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބު ޓްރަމްޕަށް ނާކާމިޔާބުވެ، ޑިމޮކްރަޓިކް ޕާޓީގެ ޖޯބައިޑަން ހޮވުނުކަން ޔަގީންވިތާ އެއްދުވަސްފަހުންނެވެ. ވަރީގެ ކަންތައް ކުރިއަށް ގެންދަން މެލާނިއާ އިންތިޒާރުކުރައްވަނީ ޓްރަމްޕު ވައިޓް ހައުސްއިން ނިކުމެ ވަޑައިގަތުމުންނެވެ.  އޮމަރޯސާ […]

މެލޭޝިއާގެ އާބާދީބޮޑު ހުރިހާ ސިޓީތަކެއްގެ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފި

މެލޭޝިއާގެ އާބާދީބޮޑު ހުރިހާ ސިޓީތަކެއްގެ ފުރަބަންދުގެ މުއްދަތު ޑިސެންބަރު މަހުގެ 9 ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމުގައި މެލޭޝިއާ ސަރުކާރުން އިއުލާންކޮށްފިއެވެ. އެހެންނަމަވެސް ފުރަބަންދުގެ މުއްދަތު   މިއަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ދެމިގެންދާނެ ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.  މި ފުރަބަންދުގެ މުއްދަތު ޑިސެންބަރުގެ ފަހުން ދަމަހައްޓާނީކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެއެވެ. އެހެންނަމަވެސް ފުރަބަންދުގެ މުއްދަތު ދިގުދެމިގެން ދިއުމުގެ ސަބަބުން އިގުތިސާދީ ގޮތުންނާއި ނަފްސާނީގޮތުން އަސަރުކޮށްފައިވާ މީހުންގެ ކަންބޮޑުވުންތައްދަނީ އިތުރުވަމުންނެވެ.

ހިތް ނުތަނަވަސް ވެފައިވާ އެމެރިކާގެ އިންތިޚާބު ޑިމޮކްރަޓިކް ޕާޓީގެ ކެންޑިިޑޭޓު ކާމިޔާބު ހޯއްދަވައިފި

އެމެރިކާގައި ރައީސަކު ހޮވުމަށް ބޭއްވި އިންތިޚާބު ރިޔާސީ ކެންޑިޑޭޓު ޖޯ ބައިޑަން ކާމިޔާބު ކުރައްވައިފިއެވެ. އިންތިޚާބުގެ ކުރިންވެސް ޓްރަމްޕް ވިދާޅުވަމުން ގެންދިޔަ ފަދައިން، ޓްރަމްޕް ވަނީ ބައެއް ނަތީޖާތަކަށް ގޮންޖައްސަވައި ގާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށް ވައުދުވެފައެވެ.  ޑިމޮކްރަޓިކް ޕާޓީން ވައުދުވެފައިވަނީ އެމެރިކާގެ ޚާރިޖީ ސިޔާސަތު ބަދަލުކޮށް، ސައޫދީ އަރަބިއްޔާގެ ކަނާތުފިޔާގެ ލީޑަރުންނަށް ތާއީދުކުރުން ހުއްޓާލާނެކަމަށެވެ. އަދި ނޫސްވެރިންނާއި ބައިމަދު މީހުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަ އެހެނިހެން ފަރާތްތަކަށްވެސް ތާއީދު ނުކުރައްވާނެ ކަމަށެވެ. 

އިރުތުގްރުލްގެ ބަތަލު ކަބީބް ނޫރުމެގޮމެޑޯވް އަށް އިހްތިރާމް އަދާކުރުމުގެ ގޮތުން އެދެމީހުން އެކުގައި ކުރިން ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށްފި

ޖަސްޓިން ގައިތުޖީ އާއި އަރާރުމެއް އުފެދި ކުޅިވަރު ކުޅުން ހުއްޓާލި ޔޫ އެފް ސީ ޗެމްޕިއަން ކަބީބް ނޫރުމެގޮމެޑޯވް އަށް ތުރުކީގެ ފިލްމީތަރި ސެލާލް އަލްއަށް އިހްތިރާމް އަދާކޮށްފިއެވެ.   2018 ވަނަ އަހަރު ރަޝިއާގެ  ޔޫ އެފް ސީ ޗެމްޕިއަން ކަބީބް ”ޑިރިއްލިސް: އިރުތުގްރުލް“ ގެ ސެޓަށް ޒިޔާރަތްކުރިއެވެ. އެ ސެޓުގައި އެންގިން އަލްޓަން އާއި، ސެލާލް އަލްއާއި އެހެން ތަރިންނާއި އެއްކޮށް ނަގާފައިވާ ފޮޓޯތައް ހަރުކޮށްފައި ހުއްޓެވެ.  ކަބީބު އަކީ އިރުތުގްރުލް އާއި ތުރުކީގެ ރައީސް […]

ފަރަންސޭސި ވިލާތުން ގެންގުޅޭ ނަސްލީ ތަފާތުކުރުމުގެ މައްސަލައާއި ގުޅިފައިވަނީ ރައްޔިތުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތަކާއި ބާކީކުރުންބާ؟

ބައިމަދު މީހުން ބާކީ ކުރުމަށް ދައުލަތުން ކުރާ މަސައްކަތްތަކުގެ ވާހަކަ ނުދައްކާ، މުސްލިމުން އެކަހެރި ކުރުމަށްދޭ ހަމަލާތަކުގެ ސަބަބުން ފަރަންސޭސިވިލާތުގެ އިޖުތިމާޢީ ފޭޜާންދަނީ ވީދި، ހަމަނުޖެހުންތައް އިތުރު ވަމުންނެވެ.  ކިޔަވާ ކުދިންތަކަކަށް ރަސޫލް ސައްލައްﷲ ޢަލައިހި ވަސައްލަމްއަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫނު ދެއްކި މެދު މަދުރަސީ ޓީޗަރެއް ކަމަށްވާ ސެމިއުލް ޕަޓީގެ ބޯބުރިކުރި ހާދިސާއަށްފަހު ފަރަންސޭސި ވިލާތްވަނީ ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވެއްޓިފައެވެ.  “ އެއީ މުޅި ފަރަންސޭސި ވިލާތުގެ ރޫހަށް ދިން ހަމަލާއެއް“ ކަމަށް ސިފަކޮށް […]

އިންތިޚާބު އަވަސްކުރުމަށް މެލޭޝިއާގެ ބޮޑު ވަޒީރުގެ ކޯލިޝަންގެ އެންމެ މުހިއްމު ބައިވެރިޔާ ގޮވާލައްވައިފި

ކޮރޯނާ ވައިރަސްގެ ބަލިމަޑުކަން ފިލައިގެން ދިޔަހާ އަވަހަކަށް، ހަރުދަނާ ވަރުގަދަ ސަރުކާރެއް އެކުލަވާލުމަށް، އާންމު އިންތިޚާބެއް ބޭއްވުމަށް މެލޭޝިއާގެ ބޮޑު ވަޒީރު މުހުޔިއްދީން ޔާސީންގެ ކޯލިޝަންގެ އެންމެ މުހިއްމު ބައިވެރިޔާ ގޮވާލައްވައިފިއެވެ. މުހުޔިއްދީނުގެ ބަލިކަށިވެފައިވާ ސަރުކާރަށް ކުރިމަތިވާނެ އިތުރު ގޮންޖެހުމެކެވެ. މާޗުމަހު ބޮޑު ވަޒީރުކަމާއި ހަވާލުވިމުހުޔިއްދީންގެ ސަރުކާރަށް އަޣުލަބިއްޔަތު ލިބިފައިވަނީ އެހެން ޕާޓީތަކަށް ވުރެ އެނެމެ ދެ ގޮނޑި އިތުރަށް ލިބިގެންނެވެ. އިނދިކޮޅު ލީޑަރު އަންވަރު އިބްރާހީމްވަނީ އާ ސަރުކާރެއް އެކުލަވާލުމަށް އޭނާގެ ޕާޓީ އަށް މަޖިލީހުގެ […]

ބާރުގަދަ ބިންހެލުމަކުން ތުރުކީގެ އަތިރި މަތީގެ ސަރަހައްދުތަކާއި ގުރީކުގެ ރަށްތައް ގުޑައިފި

އީޖިއަން ކަނޑަށް އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ތުރުކީގެ އިޒްމީރު ސިޓީގައި ހުރި ބިލްޑިންގުތައް ވެއްޓި، ގުރީކުގެ ރަށްތަކަށް ބޮޑު އުދަ އަރައިފިއެވެ. މި ބިންހެލުމުގެ ސަބަބުން މަދުވެގެން 6 މީހުން މަރުވެ، 202 މީހުން ޒަޚަމްވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. ހުކުރު ދުވަހު މެންދުރުފަހު ތުރުކީގެ ގަޑިން 2.51 ގައި 7.0 މެގުނިޓިއުޑުގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން 6 މީހަކު މރުވެފައިވާކަމަށް ތުރުކީގެ ޑިސާސްޓަރ މެނޭޖުމަންޓު އޮތޯރިޓީން ވަނީ ބުނެފައެވެ. މަރުވި މީހުންގެ […]

ޕޮމްޕެއޯގެ އޭޝިއާ ދަތުރުފުޅަކީ ޗައިނާއާއި ދެކޮޅު، އެމެރިކާގެ އެކުވެރިންނަށް ހިތްވަރު ދެއްވުމަށް ކުރައްވާ ދަތުރުފުޅެއް

އެމެރިކާގެ ސެކެއްޓަރީ އޮފް ސްޓޭޓު މައިކް ޕޮމްޕެއޯވަނީ މިއަންނަ ހަފްތާގައި އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައެވެ. މިދަތުރުފުޅުގެ ބޭނުމަކީ، އެމެރިޔާގެ ރިޔާސީ އިންތިޚާބުގެ ކުރިން ބެއިޖިން އާއި ދެކޮޅަށް ވޮޝިންޓަނުން ފެށި ކެމްޕޭން ބާރުގަދަކުރުމުގެ ގޮތުން ، މިލިޓަރީ ރޮނގުން ޗައިނާއާއި ވާދަވެރި ގައުމުތަކާއި އިތުރަށް ސްޓްރަޓީޖިކް ގުޅުން ބަދަހި ކުރުމެވެ.  އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓު އިންޑިއާ ކަނޑުގެ އިތުރު ދެަގައުމުކަމަށްވާ ސްރީލަންކާއަށާއި ދިވެހިރާއްޖެއަށްވެސް ދަތުރު ކުރެއްވުމަށްފަހު، ދަތުރު ނިންމަވާނީ އިންޑޮނޭޝިއާއިންނެވެ. އިންޑޮނޭޝިއާ އަކީވެސް ސަރަހައްދީ […]

އެމެރިކާއިން އެހީތެރިވެދީގެން ގެނައި ބަޣާވާތަށް އެއް އަހަރު ފުރުނު ފަހުން، މޮރޭލްސް ގެ ޕާޓީ އަނބުރާ ވެރިކަމަށް ގެނައުމަށް ބޮލީވިއާގެ ރައްޔިތުން ވޯޓުދީފި.

މިދިޔަ އަހަރު އޮކްޓޯބަރުގައި ރައީސަކު ހޮވުމަށް ބޭއްވި އިންތިޚާބު ކާމިޔާބުކޮށް ރައީސްކަމަށް ހޮވިވަޑައިގަތީ ތިންދައުރުގައި ރައީސްކަން ކުރެއްވި އީވޯ މޮރޭލްސްއެވެ. ހޮވުނުކަން އިއުލާންކުރިތާ ގިނައިރުތަކެއް ނުވަނީސް ފުލުހުންނާއި ސިފައިންގެ ފަރާތުން އައި އިންޒާރުތަކާއެކު ފިއްލަވަން މެކުސިކޯއަށް ވަޑައިގަންނަވަން މޮރޭލްސަށް މަޖުބޫރުވެ ވަޑައިގަތެވެ. ފުރުސަތު ލިބިވަޑައިގަތްނަމަ މީ މޮރޭލްސް ރައީސްކަން ކުރައްވާނެ ހަތަރުވަނަ ދައުރެވެ.  އެމެރިކާ ސަރުކާރުގެ އެހީތެރިކަމާއެކު ރައީސްގެ މަގާމަށް ގެނައީ ބަޣާވާތްކުރި، އިންތިޚާބުނުވާ ކަނާތުފިޔާގެ ޖީނީ އެނޭޒް ކިޔާ މީހެކެވެ. ”އިންތިގާލީ ރައީސް“ ކަމަށް އަމިއްލައަށް […]

ތުރުކީގެ އުފެއްދުންތައް ބޭނުންކުރުން ހުއްޓާލުމަށް ގޮވާލަި، ސައޫދީ އަރަބިއްޔާއިން ތުރުކީގެ އިގުތިސާދަށް ހަމަލާދެނީ

ބުނެވޭގޮތުގައި ސައޫދީ ޢަރަބިއްޔާ އުފެއްދީ އުސްމާނީ ދައުލަތާއި ދެކޮޅަށް ހަނގުރާމަކުރި އިގިރޭސީންނަށް ތާއީދުކުރި ބައެކެވެ. މިއީ ވަރަށް ފަހަކާއި ޖެހެންދެން ގިނަ މުސްލިމުންނަށް ނޭނގޭ ތާރީޚީ ކަމެކެވެ. މިއަދު ތުރުކީއަށް ސަޢޫދީން ކުރާ ނަފްރަތުވަނީ ރޭގަނޑާއި ދުވާލު ވަކިވާ ފަދައިން އެނގި ސާފު ވެފައެވެ.  މުސްލިމު އުއްމަތުގެ ގިނަ މީހުން ޚާއްސަކޮށް އޭޝިއާއާއި އެފްރިކާ ބައްރުގައި ދިރިއުޅޭ މުސްލިމުންނާއި ޢަރަބި ގައުމުތަކުގެ އާދައިގެ ގިނަ މީހުން ދެކެނީ ތުރުކީ އަކީ މުސްލިމް އުއްމަތް ލީޑުކުރާ ގައުމު ކަމުގައެވެ. […]