ޖަސްޓިން ގައިތުޖީ އާއި އަރާރުމެއް އުފެދި ކުޅިވަރު ކުޅުން ހުއްޓާލި ޔޫ އެފް ސީ ޗެމްޕިއަން ކަބީބް ނޫރުމެގޮމެޑޯވް އަށް ތުރުކީގެ ފިލްމީތަރި ސެލާލް އަލްއަށް އިހްތިރާމް އަދާކޮށްފިއެވެ.
2018 ވަނަ އަހަރު ރަޝިއާގެ ޔޫ އެފް ސީ ޗެމްޕިއަން ކަބީބް ”ޑިރިއްލިސް: އިރުތުގްރުލް“ ގެ ސެޓަށް ޒިޔާރަތްކުރިއެވެ. އެ ސެޓުގައި އެންގިން އަލްޓަން އާއި، ސެލާލް އަލްއާއި އެހެން ތަރިންނާއި އެއްކޮށް ނަގާފައިވާ ފޮޓޯތައް ހަރުކޮށްފައި ހުއްޓެވެ.
https://www.instagram.com/p/CG0MJhgjv_1/
ކަބީބު އަކީ އިރުތުގްރުލް އާއި ތުރުކީގެ ރައީސް އުރުދުޣާންއަށް ވަރަށް ތާއީދުކުރާ މީހެކެވެ. އޭނާއަކީ އުސްމާނީ ޚިލާފަތު އެނބުރި ގެންނަން ވަރަށް މަސައްކަތްކުރާ މީހެކެވެ. އުސްމާނީ ޚިލާފަތަކީ އިރުތުގްރުލްގެ ފިރިހެންދަރިފުޅު އުސްމާން އުފެއްދެވި ޚިލާފަތެކެވެ.
ކަބީބުވަނީ ”އިރުތުގްރުލް“ ބެލުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލާފައެވެ. އެ ޝޯގެ ސަބަބުން އެޝޯއިން ދައްކަނީ ކޮންއެއްޗެއްކަން މުސްލިމުންނަށް އެނގޭނެއެވެ.
އަބްދުއްރަހްމާން އަލްޕުގެ ބައި ކުޅުނު ސެލާލް ވަނީ ކަބީބުއާއެއްކޮށް ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމަށް ލާފައެވެ.
3 Responses
އަރާރުމެއް އުފެދިގެނެއް ނޫން. މައުލޫމާތު ރަނގަޅަށް ހޯދާފަ ލިޔެބަލަ.
ނޫސްވެރިކަން ވާނުވާގަ
Gamaaaru noosverin.
Eynage mamma beynumeh nuvey, bappa aa nula octagon ah aran.
Eynage bappa covid jehigen maruvee