އިރުތުގްރުލްގެ ބަތަލު ކަބީބް ނޫރުމެގޮމެޑޯވް އަށް އިހްތިރާމް އަދާކުރުމުގެ ގޮތުން އެދެމީހުން އެކުގައި ކުރިން ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށްފި

Loading

Facebook
Twitter
WhatsApp

ޖަސްޓިން ގައިތުޖީ އާއި އަރާރުމެއް އުފެދި ކުޅިވަރު ކުޅުން ހުއްޓާލި ޔޫ އެފް ސީ ޗެމްޕިއަން ކަބީބް ނޫރުމެގޮމެޑޯވް އަށް ތުރުކީގެ ފިލްމީތަރި ސެލާލް އަލްއަށް އިހްތިރާމް އަދާކޮށްފިއެވެ.  

2018 ވަނަ އަހަރު ރަޝިއާގެ  ޔޫ އެފް ސީ ޗެމްޕިއަން ކަބީބް ”ޑިރިއްލިސް: އިރުތުގްރުލް“ ގެ ސެޓަށް ޒިޔާރަތްކުރިއެވެ. އެ ސެޓުގައި އެންގިން އަލްޓަން އާއި، ސެލާލް އަލްއާއި އެހެން ތަރިންނާއި އެއްކޮށް ނަގާފައިވާ ފޮޓޯތައް ހަރުކޮށްފައި ހުއްޓެވެ. 

https://www.instagram.com/p/CG0MJhgjv_1/

ކަބީބު އަކީ އިރުތުގްރުލް އާއި ތުރުކީގެ ރައީސް އުރުދުޣާންއަށް ވަރަށް ތާއީދުކުރާ މީހެކެވެ. އޭނާއަކީ އުސްމާނީ ޚިލާފަތު އެނބުރި ގެންނަން ވަރަށް މަސައްކަތްކުރާ މީހެކެވެ. އުސްމާނީ ޚިލާފަތަކީ އިރުތުގްރުލްގެ ފިރިހެންދަރިފުޅު އުސްމާން އުފެއްދެވި ޚިލާފަތެކެވެ. 

ކަބީބުވަނީ ”އިރުތުގްރުލް“ ބެލުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލާފައެވެ. އެ ޝޯގެ ސަބަބުން އެޝޯއިން ދައްކަނީ ކޮންއެއްޗެއްކަން މުސްލިމުންނަށް އެނގޭނެއެވެ. 

އަބްދުއްރަހްމާން އަލްޕުގެ ބައި ކުޅުނު ސެލާލް ވަނީ ކަބީބުއާއެއްކޮށް ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމަށް ލާފައެވެ. 

Loading

3 Responses

Leave a Reply to ކަވި Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް