އެމެރިކާގައި ރައީސަކު ހޮވުމަށް ބޭއްވި އިންތިޚާބު ރިޔާސީ ކެންޑިޑޭޓު ޖޯ ބައިޑަން ކާމިޔާބު ކުރައްވައިފިއެވެ. އިންތިޚާބުގެ ކުރިންވެސް ޓްރަމްޕް ވިދާޅުވަމުން ގެންދިޔަ ފަދައިން، ޓްރަމްޕް ވަނީ ބައެއް ނަތީޖާތަކަށް ގޮންޖައްސަވައި ގާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށް ވައުދުވެފައެވެ.
ޑިމޮކްރަޓިކް ޕާޓީން ވައުދުވެފައިވަނީ އެމެރިކާގެ ޚާރިޖީ ސިޔާސަތު ބަދަލުކޮށް، ސައޫދީ އަރަބިއްޔާގެ ކަނާތުފިޔާގެ ލީޑަރުންނަށް ތާއީދުކުރުން ހުއްޓާލާނެކަމަށެވެ. އަދި ނޫސްވެރިންނާއި ބައިމަދު މީހުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަ އެހެނިހެން ފަރާތްތަކަށްވެސް ތާއީދު ނުކުރައްވާނެ ކަމަށެވެ.