ފަރަންސޭސި ވިލާތުން ގެންގުޅޭ ނަސްލީ ތަފާތުކުރުމުގެ މައްސަލައާއި ގުޅިފައިވަނީ ރައްޔިތުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތަކާއި ބާކީކުރުންބާ؟

Loading

Facebook
Twitter
WhatsApp

ބައިމަދު މީހުން ބާކީ ކުރުމަށް ދައުލަތުން ކުރާ މަސައްކަތްތަކުގެ ވާހަކަ ނުދައްކާ، މުސްލިމުން އެކަހެރި ކުރުމަށްދޭ ހަމަލާތަކުގެ ސަބަބުން ފަރަންސޭސިވިލާތުގެ އިޖުތިމާޢީ ފޭޜާންދަނީ ވީދި، ހަމަނުޖެހުންތައް އިތުރު ވަމުންނެވެ. 

ކިޔަވާ ކުދިންތަކަކަށް ރަސޫލް ސައްލައްﷲ ޢަލައިހި ވަސައްލަމްއަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫނު ދެއްކި މެދު މަދުރަސީ ޓީޗަރެއް ކަމަށްވާ ސެމިއުލް ޕަޓީގެ ބޯބުރިކުރި ހާދިސާއަށްފަހު ފަރަންސޭސި ވިލާތްވަނީ ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވެއްޓިފައެވެ. 

“ އެއީ މުޅި ފަރަންސޭސި ވިލާތުގެ ރޫހަށް ދިން ހަމަލާއެއް“ ކަމަށް ސިފަކޮށް ފަރަންސޭސި ވިލާތުގެ ރައީސް އިމަނުއަލް މެކްރޮން އެ ޓީޗަރު ސިފަކުރެއްވީ ”އެއީ ގައުމުގެ މޫނުމަތި“ ކަމުގައިއެވެ. 

އެކަމުގެ ހިތާމައާއި އެއްކޮށްވެސް، އެހަމަލާ ވެގެންދިޔައީ މެކްރޮން އާއި އޭނާގެ ވެރިކަން ދިފާޢުކުރުމަށް ބޭނުންވާ ޑްރާމާ ހަގީގަތަށް ހަދައި، އިސްލާމްދީން “ ރިފޯމް“ ކުރަން ގޮވަން ލިބުނު ބާރަކަށެވެ. 

“ މުސްލިމުންނަށް މަލާމާތްކޮށް ފާޑުކިޔައިގެން 1400 އަހަރަށްވުރެ ކުރިން އައިދީނެއް ބަދަލު ކުރުމުގައި އޭނާއަށް ކާމިޔާބު ލިބިދާނެ؟ ނުވާނެ އެކަމެއް..“ ފަރަންސޭސި ވިލާތުގައި އުޅެ ބޮޑުވި އަލްޖީރިއާގެ ޒުވާނެއް ކަމަށްވާ މުހައްމަދު ލާރުބީ ވިދާޅުވިއެވެ. ”އެކަމަކު އޭނާ ފަހަރެއްގައި އަނެއްކާވެސް އިންތިޚާބު ވެދާނެ“ މުހައްމަދު އިތުރަށް ވިދާޅުވިއެވެ. 

މެކްރޮން މަސައްކަތް ކުރައްވަނީ އިސްލާމްދީނާއި ދެކޮޅު ވާހަކަތައް ފަތުރައި، ފަރަންސޭސި ވިލާތުގެ ކަނާތު ފިޔައިގެ މީހުންގެ ވޯޓު ހޯއްދެވުމަށެވެ. ފަރަންސޭސި ވިލާތުގެ މީހުން ނޫން އެހެންމީހުން މެކްރޮން ދެކެ ހިތްހަމަނުޖެހުނަސް، ފަރަންސޭސި ވިލާތުގެ ގިނަ މީހުން އޭނާއަށް ތާއީދު ކުރެއެވެ. ޚާއްސަކޮށް ކަނާތު ފިޔާގެ މަދު މުސްލިމުންތަކެއްގެ ރުޅި ކޮންޓްރޯލުން ނެއްޓި، ކާފަރުން މަރަންފެށުމުން، މެކްރޮންގެ މަގްބޫލުކަން ފަރަންސޭސި ވިލާތުގައި އިތުރުވެފައި ވެއެވެ. މިކަމުގެ ސަބަބުން ފަރަންސޭސި ވިލާތުގައި ދިރިއުޅޭ އަމާންކަމަށް ލޯބިކުރާ ގިނަމުސްލިމުންނަށް މިބަލިމަޑުކަމުގެ ތެރޭގައި  ދުއްތުރާކުރުމަށް މެކްރޮންއަށް ވަނީ އިތުރަށް ފަސޭހަވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް