އިންތިޚާބު އަވަސްކުރުމަށް މެލޭޝިއާގެ ބޮޑު ވަޒީރުގެ ކޯލިޝަންގެ އެންމެ މުހިއްމު ބައިވެރިޔާ ގޮވާލައްވައިފި

Loading

Facebook
Twitter
WhatsApp
PUTRAJAYA, 23 Sept -- Perdana Menteri Tan Sri Muhyiddin Yassin ketika pengumuman khas Kerangka Inisiatif Tambahan Khas: Kita Prihatin yang disiarkan secara langsung hari ini. Sejumlah 98 peratus permohonan moratorium lanjutan dan bantuan bank secara bersasar telah diluluskan. --fotoBERNAMA (2020) HAK CIPTA TERPELIHARA PUTRAJAYA, Sept 23 -- Prime Minister Tan Sri Muhyiddin Yassin when delivering the “Kita Prihatin” special address today. Ninety-eight per cent of applications for moratorium extension and targeted bank assistance have been approved. --fotoBERNAMA (2020) COPYRIGHTS RESERVED

ކޮރޯނާ ވައިރަސްގެ ބަލިމަޑުކަން ފިލައިގެން ދިޔަހާ އަވަހަކަށް، ހަރުދަނާ ވަރުގަދަ ސަރުކާރެއް އެކުލަވާލުމަށް، އާންމު އިންތިޚާބެއް ބޭއްވުމަށް މެލޭޝިއާގެ ބޮޑު ވަޒީރު މުހުޔިއްދީން ޔާސީންގެ ކޯލިޝަންގެ އެންމެ މުހިއްމު ބައިވެރިޔާ ގޮވާލައްވައިފިއެވެ. މުހުޔިއްދީނުގެ ބަލިކަށިވެފައިވާ ސަރުކާރަށް ކުރިމަތިވާނެ އިތުރު ގޮންޖެހުމެކެވެ. މާޗުމަހު ބޮޑު ވަޒީރުކަމާއި ހަވާލުވިމުހުޔިއްދީންގެ ސަރުކާރަށް އަޣުލަބިއްޔަތު ލިބިފައިވަނީ އެހެން ޕާޓީތަކަށް ވުރެ އެނެމެ ދެ ގޮނޑި އިތުރަށް ލިބިގެންނެވެ. އިނދިކޮޅު ލީޑަރު އަންވަރު އިބްރާހީމްވަނީ އާ ސަރުކާރެއް އެކުލަވާލުމަށް އޭނާގެ ޕާޓީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ކަމަށް ވިދާޅުވެ މުހުޔިއްދީނަށް ގޮންޖައްސަވާފައެވެ. 

އިންތިޚާބަކާނުލައި ސަރުކާރާއި ހަވާލުވެވަޑައިގެންނެވި މުހުޔިއްދީންގެ ސަރުކާރުގެ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީއަކީ ދި ޔުނައިޓެޑު މެލޭސް ނެޝެނަލް އޯގަނައިޒޭޝަން (އުމްނޯ)އެވެ. ކޮރޯނާ ވައިރަސްގެ ބަލިމަޑުކަން އިތުރުވަމުންދާ ދަނޑިވަޅުގައި މިޕާޓީންވަނީ މިހާރުގެ ސަރުކާރާއިއެކު ތިބިކަން ހާނމަކޮށްފައެވެ. އެހެންނަމަވެސް ކޮރޯނާ ވައިރަސްގެ ބަލިމަޑުކަން ފިލުމުން އިންތިޚާބު ބާއްވަން މި ޕާޓީންވަނީ ގޮވާލާފައެވެ. 

“ ކޮރޯނާ ވައިރަސް މީހުން ފައްސިވާވަރު މަދުވެ ކޮވިޑު-19ގެ ބަލުމަޑުކަން ކޮންޓުލޯުކުރުެވުމުން، ރައްޔިތުން އިންތިޚާބުކުރާ ސަރުކާރެއް ގާއިމުކުރުމަށްޓަކައި ޢާންމު އިންތިޚާބެއް ބާއްވަން ޖެހޭނެ“ ކަމަށް  އުމްނޯގެ އެންމެއިސްފަރާތްތަކުން ބޭއްވި ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. އުމްނޯއިން މިހާރުގެ ސަރުކާރަށް ތާއީދުކުރުމުން 2021 ވަނައަހަރުގެ ބަޖެޓު މަޖިލީހުން ފާސްކުރަން މިހާރުގެ ސަރުކާރަށް ފަސޭހަވެގެންދާނެއެވެ. އެހެންނަމަވެސް އުމްނޯއިން އަވަސް އިންތިޚާބަކަށް ގޮވާލުމުން ދޭހަވަނީ މުހުޔިއްދީނުގެ ލީޑަރޝިޕުގެ ނިމުން ގާތްވެދާނެ ކަމެވެ. 2023ގެ ކުރިން އިންތިޚާބު ބާއްވަން ނުޖެހޭނެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް