ކުށަށް ތައުބާވާވެއްޖެ ކަމަށް ވިދާޅުވެ ނާޒިމް މާފަށް އެދިވަޑައިގެންފި

އެއްޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް އިއުތިރާފްވެފައިވާ ރައީސް ނަޝީދުގެ ކޮށްކޮ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ކުރެވުނު ކުށަށް ތައުބާވެއްޖެ ކަމަށް ވިދާޅުވެ މާފަށް އެދިވަޑައިގަންނަވައިފިއެވެ. ނާޒިމް މަށްޗަށް ދައުލަތުންއުފުލާފައިވާ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ މައްސަލައިގައި ހުކުމް ކުރަން މިއަދު ހަވީރު 4:30 ހަށް ތާވަލުކޮށްފައިވަނިކޮށް މިއަދު އޭނާ ވަނީ ރައްޔިތުންގެ ކިބައިން މައާފަށް އެދި ބަޔާނެއް ނެރުއްވާފައެވެ. ”އަޅުގަނޑު ކުރި ކުށަށް، އަޅުގަނޑު ތައުބާވެ، ހިތާމަކުރަމެވެ. އަޅުގަނޑު އެދެނީ މިކުށަށް އިއުތިރާފުވެ، ތައުބާވެ، […]
ކޫއްޑޫ އެއާޕޯޓުން އަތުލައިގައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ގއ. ކޫއްޑޫ އެއާޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ނައްތާލައިފިއެވެ. ފުލުހުން ބުނީ ނައްތާލާފައިވަނީ 180 ފުޅި ބަނގުރަލާއި 110 ދަޅު ބިޔަރުކަމަށާ އެ ތަކެތި ނައްތާލައިފައިވަނީ ގއ ވިލިގިލީ ޕޮލިސް ސްޓޭޗަނުގައި އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ފުލުހުން ބުނީ އެ ތަކެއްޗަކީ މި އަހަރުގެ ޖުލައި މަހުގެ 7 އިން އޮގަސްޓް 16 އަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި އެމްއެންޑީއެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި އެކި މައްސަލަތަކުގައި ވިލިނގިލީ […]
ރާނީގެ ޖަނާޒާގައި ބައިވެރިވުމަށް ރައީސް ސާލިހު އިނގިރޭސިވިލާތަށް

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ހަވަހާރަވުމާއި ގުޅިގެން އެކަމަނާގެޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާ ލިހު މާދަމާ އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ. ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރާނީގެ ޖަނާޒާގައި ރައީސް ސާލިހު ބައިވެރިވެވަޑައިގަންނަވަނީ އިނގިރޭސިވިލާތުގެ ދައުވަތަކަށް ކަމަށެވެ. މި ބައްދަލުވުމުގައި މިއުވާން ވަނީ ރައީސްގެ ޔޫކޭ ދަތުރުފުޅަށް 3 މިލިއަން ހަރަދުވާނެ ކަމަށްބުނެ ބައެއް ފަރާތްތަކުން ފަތުރަމުން އަންނަ ވާހަކަވެސް ދޮގު ކުރައްވާފައެވެ. […]
ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލު: ރައީސް

ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި ފަހުގެ ތާރީހެއްގައި ރާއްޖޭގައި އެޅުނު އެންމެ މުހިއްމު ފިޔަވަޅަކީ، ލޯކަލް ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތައް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަހަރުގެ ބައިނަލްއަގްވަމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބާގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައި މިއަދު ދެއްވި ހތާބުގައެވެ ހިތޯބުގައި ރައީސް ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމަށް […]
ބޯހިމެނުމުގެ މަސައްކަތަށް އެއްބާލުން ދިނުމަށް ރައީސް އެދިވަޑަގެންފި

ބޯހިމެނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަދު އެފަށްޓަވަނީ ބުރަ އަދި މުހިންމު މަސައްކަތްތަކެއްކަން ފާހަގަކުރައްވައި، އެ މަސައްކަތަށް ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު ރައްޔިތުންގެ ކިބައިން އެގޮތަށް އެދިވަޑައިގަތީ މިއަދު ހެނދުނު ބޯހިމެނުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ، އެކަމުގައި ހަރަކާތްތެރިވާ ބޭފުޅުން މަސައްކަތް ކުރައްވަން ހަމަޖެހިފައިވާތަންކަމުގައިވާ ދަރުބާރުގެއަށް ވަޑައިގެން، އެކަމުގައި އަމަލީގޮތުން މަސައްކަތްކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވައި ދެއްކެވިވާހަކަފުޅުގައެވެ. ބޯހިމެނުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވާފަރާތްތަކާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން […]
ތިގޭގެ ނަންބޯޑު ކޮބާ؟

މިއަދު މިއޮތީ ބޯހިމެނުމުގެ މޫސުމް ފެށިފައެވެ. މި މޫސުމާ ބައްދަލުމިވީ ގިނަ ދުވަސްތަކަށްފަހުއެވެ. ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފަވަނީ 2014 ވަނަ އަހަރުއެވެ. މިކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސް އިން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މިގޮތުން 2022 ވަނަ އަހަރު ބޯހިމެނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަދާއި މާދަން ބޯހިމެނުމުގެ މަސައްކަތަށް ލިސްޓްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރާނެއެވެ. އަދި 17 ވަނަ ދުވަހުން ފެށިގެން ގޭގެއަށްގޮސް […]
މާރުކޭޓް ގޮޅިތައް ތިންވަނަ ފަރާތަކަށް ދޫކޮށްފައިވާނަމަ އެއްބަސްވުން އާނުކުރާނަން: އެޗްޑީސީ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ރަށު މާރުކޭޓު ގޮޅިތައް ގަވާއިދާ ހިލާފަށް ކުއްޔަށް ދީގެން ހިންގަމުންދާ މީހުންގެ އެއްބަސްވުން އާ ނުކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ. އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ރަށު މާރުކޭޓު ގޮޅިތަކުގެ އެއްބަސްވުންތަކުގެ މުއްދަތު ހަމަވާތީ އެއްބަސްވުންތައް އާ ކުރުމުގެ ކުރިން އެ ކޯޕަރޭޝަނުން ބެލި ބެލުމުން އެ ތަންތަން ހިންގަން ހަވާލު ކުރި ބައެއް މީހުން ޔުނިޓުތައް ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން ހިންގަމުންދާކަން […]
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކުރާނަން: ރައީސް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދޭ އިނާޔަތް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ލ. ގަމުގައި ބޭއްވި ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކުރަން އެދެމުން އަންނަކަމަށެވެ. ”ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކުރުމުގެ ވާހަކައަކީ، ހަމަ ދޭތެރެއަކުން އަޅުގަނޑާ އެބޭފުޅުން ބައްދަލުކުރައްވައި ހުށަހަޅުއްވާ ކަމެއް. މިހާރު ދަފްތަރެއް އެކުލަވައިލުމުގެ […]
ކަރެކްޝަން މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދޭނަން: ރައީސް

ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދެއްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުަހއްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ކަރެކްޝަންގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ކަރެކްޝަންގެ މުވައްޒަފުންގެ ޒިންމާއާއި ވާޖިބުތައް އަދާކުރެއްވުމުގައި، ވަރަށް ގިނަ ދަތިތަކަކާއި ކަންބޮޑުވުންތައް އެބަހުރިކަން އެމަނިކުފާނަށް ފާހަގަ ކުރެވޭ ކަމަށާ އޭގެ ތެރެއިން އެއް ކަމަކީ، ޖަލުތަކުގައި ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ އެކޮމަޑޭޝަންގެ ކަންތައް ހަމަޖެއްސުމުގައި ހުރި ދަތިތައްކަމަށެވެ. […]
ދީނީ ހަރުކަށި ގައިދީންނަށް ހާއްސަ ޔުނިޓެއް މާފުށީ ޖަލުގައި ހަދަނީ

ދީނީ ހަރުކަށި ފިކުރުގެ މީހުންނަށް ހާއްސަ ޔުނިޓެއް މާފުށީ ޖަލުގައި ގާއިމު ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަސް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 51 ވަނަ އަހަރީ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ސަރުކާރުން ބޭނުންވެގެން ހޯމް މިނިސްޓްރީގެ އެދުމަކަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ދިރާސާއެއް ކުރިކަމަށާ އެ ދިރާސާއިން ދެއްކި ގޮތުގައި މާފުށީ ޖަލުގައި ހަރުކަށި ފިކުރުގެ ވަރުގަދަ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށެވެ. “ އެ […]