­ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލު: ރައީސް

Loading

Facebook
Twitter
WhatsApp

 ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި ފަހުގެ ތާރީހެއްގައި ރާއްޖޭގައި އެޅުނު އެންމެ މުހިއްމު ފިޔަވަޅަކީ، ލޯކަލް ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތައް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަހަރުގެ ބައިނަލްއަގްވަމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބާގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައި މިއަދު ދެއްވި ހތާބުގައެވެ



ހިތޯބުގައި ރައީސް ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން އެ ނިޒާމު އިތުރަށް ހަރުދަނާވެ ރައްޔިތުންގެ އެތައް ހައްގުތަކެއް އިތުރަށް ކަށަވަރުކުރެވިފައިވާ ކަމަށެވެ.

ޑިމޮކްރެސީ ހަރުދަނާ ކުރުމުގައި މިފަހުގެ ތާރީހުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ، ލޯކަލް ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގްސަދުގައި، ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް. އެ ބަދަލުތަކުގެ ސަބަބުން، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އެތައް ހައްގުތަކެއް އިތުރަށް ކަށަވަރުވެއްޖެއެވެ. ހަމައެފަދައިން ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގައި، ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުސަތު ކުރިއަށް ވުރެ މާބޮޑަށް ތަނަވަސްވެއްޖެ“ ރައީސް ވިދާޅުވިއެވެ.


ރައީސް ވިދާޅުވީ ރައްޔިތުން ބާރުވެރިކުރުވައި ރައްޔިތުންނަށް ބާރުތައް ދިނުމުގައި މިންތީގެ ތަފާތުތައް އެއްފަރާތްކޮށް، ހަމަހަމަ ފުރުސަތު ހޯދައިދިނުމަށާއި އަންހެނުން ބާރުވެރިކުރުމަށް ގާނޫނުތަކަށް މިހާރުވެސް ގިނަ ބަދަލުތަކެއް ގެންނަވާފައިވާނެ ކަމަށެވެ.

ރައީސްގެ ހިތޯބުގައި އެހެން ގައުމުތަކެކޭ އެއްފަދައިން ތިމާވެށީގެ މައްސަލަތަކާއި ޓެރަރިޒަމް ފަދަ މައްސަލަތަކަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ވެސް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއް ކަމުގައި ވިދާޅުވި އެވެ. މިފަދަ ކޮންމެ ކަމަކުން ރާއްޖެ ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ މުޅި ދައުލަތް ހިމެނޭހެން އަދި ފަރުދީ، ޖަމާއީ ފެންވަރުގައި ބައިވެރިވެގެން އަދާކުރަންޖެހޭ ޒިންމާއެއް ކަމުގައި ވިދާޅުވި އެވެ.

ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ކޮންމެ އަހަރަކު ވެސް ފާހަގަކުރަނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ.

ސަރުކާރުން އަންނަނީ ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނެސް މީގެ ކުރިން ކައުންސިލް ތަކަށް ދީފައިނުވާ ގިނަ ބާރުތަކެއް ދެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް