ރާނީގެ ޖަނާޒާގައި ބައިވެރިވުމަށް ރައީސް ސާލިހު އިނގިރޭސިވިލާތަށް

Loading

Facebook
Twitter
WhatsApp

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ހަވަހާރަވުމާއި ގުޅިގެން އެކަމަނާގެޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާ ލިހު މާދަމާ އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރާނީގެ ޖަނާޒާގައި ރައީސް ސާލިހު ބައިވެރިވެވަޑައިގަންނަވަނީ އިނގިރޭސިވިލާތުގެ ދައުވަތަކަށް ކަމަށެވެ.

މި ބައްދަލުވުމުގައި މިއުވާން ވަނީ ރައީސްގެ ޔޫކޭ ދަތުރުފުޅަށް 3 މިލިއަން ހަރަދުވާނެ ކަމަށްބުނެ ބައެއް ފަރާތްތަކުން ފަތުރަމުން އަންނަ ވާހަކަވެސް ދޮގު ކުރައްވާފައެވެ. މިއުވާން ވިދާޅުވި ގޮތުގައި ރައީސްގެ މި ދަތުރުފުޅަށް މިލިއަނެއްވެސް ހަރަދުނުވާނެއެވެ.

މިއުވާން ވިދާޅުވީ އާންމުކޮށް ރައީސް ސޯލިހް ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ބާއްވާ ރަސްމީ ބައްދަލުވުންތައް މިދަތުރުފުޅުގައި ނޯންނާނެތީވެ ކުރާ ހަރަދުތައް ކުޑަވާނެކަމަށެވެ.



އުމުރުފުޅުން 96 އަހަރުފުޅުގެ ރާނީ އަވަހާރަވީ މި މަހު 19 ވަނަ ދުވަހުއެވެ. އެކަމަނާ އަވަހާރަވުމާއި ގުޅިގެން ރާއްޖޭގައި ގައުމީ ހިތާމައިގެ ތިން ދުވަސް ވެސް ފާހަގަކޮށްފައިވެ އެވެ. ރާނީ ފަސްދާނުލުން އޮންނާނީ އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގަ އެވެ.



Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް