ކުށަށް ތައުބާވާވެއްޖެ ކަމަށް ވިދާޅުވެ ނާޒިމް މާފަށް އެދިވަޑައިގެންފި

Loading

Facebook
Twitter
WhatsApp

އެއްޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް އިއުތިރާފްވެފައިވާ ރައީސް ނަޝީދުގެ ކޮށްކޮ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ކުރެވުނު ކުށަށް ތައުބާވެއްޖެ ކަމަށް ވިދާޅުވެ މާފަށް އެދިވަޑައިގަންނަވައިފިއެވެ.

ނާޒިމް މަށްޗަށް ދައުލަތުންއުފުލާފައިވާ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ މައްސަލައިގައި ހުކުމް ކުރަން މިއަދު ހަވީރު 4:30 ހަށް ތާވަލުކޮށްފައިވަނިކޮށް މިއަދު އޭނާ ވަނީ ރައްޔިތުންގެ ކިބައިން މައާފަށް އެދި ބަޔާނެއް ނެރުއްވާފައެވެ.

”އަޅުގަނޑު ކުރި ކުށަށް، އަޅުގަނޑު ތައުބާވެ، ހިތާމަކުރަމެވެ. އަޅުގަނޑު އެދެނީ މިކުށަށް އިއުތިރާފުވެ، ތައުބާވެ، ރައްޔިތުންގެ އަރިހުން މާފެވެ.“ ނާޒިމްގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ނާޒިމް ވިދާޅުވެފައިވަނީ އޭނާ އަކީ ބްލެކްމެއިލްގެ ޝިކާރައަކަށްވެފައިވާ މީހެއްކަމަށާ ކުރެވުނު ކުށާމެދު ހިތާމަކުރައްވާކަމަށެވެ.  

”އަޅުގަނޑު މި ކުށަށް އިއުތިރާފް މިވަނީ އަޅުގަނޑަކީ މިކަމުގައި ކުށްވެރިއަކަށްވުމުގެ އިތުރުން، މިކަމުގައި ބްލެކްމެއިލްކޮށް ފައިސާ އަތުލަން އުޅެ، އެ މައްސަލައިގައި އަޅުގަނޑަކީ ވިކްޓިމްއެއް،“ ނާޒިމްގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި ނާޒިމް ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއިން ފުރައިގެން ނުގޮސް ހުރީ އަންނާނެ އަދަބަކަށް ކުރިމަތިލާން ބޭނުންވާތީ ކަމަށެވެ.

”އަދި އަޅުގަނޑު ރާއްޖޭން ބޭރަށް ފިލައިގެން ނުގޮސް، ރާއްޖޭގައި ހުރެ، އަޅުގަނޑު އިޢުތިރާފުވެ، މި ކުށުގެ އަދަބަށް ކުރިމަތިލާން ބޭނުންވާތީވެއެވެ.“ ބަޔާނުގައިވެއެވެ.

ޝަރީއަތުގެ މަޖިލީހުގައިވެސް ނާޒިމް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ޖިންސީގުޅުން ހިންގުމުގެ ދައުވާއަށް އިއުތިރާފުވާކަމަށް ބުނެފައެވެ.

މިމަހުގެ 11 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ނާޒިމް ބުނެފައިވަނީ، އަލަމްގީރާއިއެކު ގުޅުން ހިންގި ނަމަވެސް، ލިވާތު ނުކުރާ ކަމަށެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާއަށް އިއުތިރާފްވެފައިވާތީ އޭނާގެ މައްޗަށް އެ މައްސަލަ ވަނީ ސާބިތުވެފަ އެވެ.

ކުށް ގަބޫލުކޮށް މާފަށް ނާޒިމް އެދިފައި ވާއިރު އޭނާ އަކީ އޭނާ ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުނ ހިންގާ ވީޑިއޯ ލީކް ވުމުން އެއީ އޭނާ ނޫންކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވެފައިވާ ފަރާތެއްވެސް މެއެވެ.

Loading

One Response

  1. ޒިނޭކުރުމާއި ޝަރީކުކުރުމާ ކުޑަކުދިންނާ ބެހުމާ އަމިއްލަ ދަރިންނާ ބެހުމާ އަނބިންނަށް އަނިޔާކުރުމާ ރޭޕްކުރުމާ މަސްތުވުމާ ރާބުއިމާ ބަރަހަނާވުމާ މަކަރާ ހީލަތް ހަދައިގެން ފައިސާ ފޭރުމާ ވައްކަންކުރުމާ މާރާމާރިއާ މީހުން މެރުމަށްވުރެ އެއްޖިންސުން ގުޅުން ހިންގުން ނުބައެއް ނުވާނެ. ޒިނޭކުރީމަ އޯގަދަ. ޢެއްޖުންސުންގުޅުން ހިންގީމަ ޗީޗީ. މިއީ މުނާފިގުކަން. ކަނޑުގެ ފޮނުގަނޑަށްވުރެ ފާފަ ގިނަވިއަސް އެކަލާންގެ ފުއްސަވާދެއްވާނެ. ތައުބާވެ އެކަލާންގެ މަގަށް ރުޖޫއަވޭ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް