ލަވަކިއުން ތެރިޔާ ޝަހުބާން ފާހާނަ ތެރޭ ނިޔާވެފައި އޮއްވާ ފެނިއްޖެ

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ޝަހުބާން ފާހާނަ ތެރޭ ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 53 އަހަރުގެ ޝަހުބާން ނިޔާވީ ހާޓް އެޓޭކެއްޖެހިގެން ނެވެ. އާއިލާގެ މީހުންނާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝަހުބާން ނިޔާވި ކަން އެނގުނީ ފާހަނާގައި ގިނައިރު ވުމުން، ދޮރުގައި ތަޅާހެދުމުންވެސް ދޮރު ނުހުޅުވުމުން، ފުލުހުންނަށް ގުޅައިގެން ފުލުހުން އައިސް ދޮރު ހުޅުވުމުންނެވެ. އަދި ޝަހުބާން ފެނުނުއިރު އޭނާ އޮތީ ފާހަނާތެރެއަށް ވެއްޓިފައިކަމަށާ ހޮސްޕިޓަލަށް […]
ހުޅުމާލޭގައި އޮޓަމެޓިކް ކާރު ދޮންނަ ތަނަކާއެކު ފިއުލް ޝެޑެއް ގާއިމްކުރުމަށް ހަވާލުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ”އޮޓޮމެޓިކް ކާ ވޮޝް“ ނުވަތަ އަމިއްލައަށް ކާރު ދޮވެވޭގޮތަށް ހުންނަ ތަނަކާއެކު ސެލްފް ސާވިސް ފިއުލް ޝެޑެއް ގާއިމް ކުރުމަށް އެޗްޑީސީން ވިލާ ހަކަތަ ކުންފުންޏާއި ހަވާލުކޮށްފިއެވެ. މި ޝެޑް ގާއިމް ކުރުމަށް އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހެއިލް އެވެ. އަދި ވިލާ ހަކަތައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ […]
”ސަފާރީ އަޑިއަށްދިއުން: ހާލު ދެރަވެގެން މާލެ ގެނައި އެކަކު މަރުވެއްޖެ

ސަފާރީއެއް ދިޔަވެ އަޑިއަށްދިޔަ ހާދިސާ އާއި ގުޅިގެން ހާލުދެރަވެ ހޮސްޕިޓަލަށް ގެންދިޔަ އެކަކު މަރުވެއްޖެއެވެ. “ ހޭންޑީ ކްރޫސާ“ ނަމަކަށް ކިޔާ މި ސަފާރީ އަޑިއަށް ދިއުމާގުޅިގެން މަރުވެފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ. އައިޖީއެމްއެޗުން ބުނީ މިހާދިސާގައި ހާލު ދެރަވެގެން ހަތް މީހަކު އައިޖީއެމްއެޗްގެ އިއާރްއަށް ގެންގޮސް ފަރުވާދިން ކަމަށާ އޭގެތެރެއިން އެކަކު މިހާރު ނިޔާވެފައިވާ ކަމަށެވެ. އެއީ ކޮން ގައުމެއްގެ މީހެއްކަމެއް އަދި ސާފެއް ނުވެއެވެ. މޫސުން ގޯސްވެ ސަފާރީ ދިޔަވަމާއި […]
ޖާބިރަށް ހަމާލާދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދަށް ހަތް ދުވަސް

ކާށިދޫ ދާއިރާގެ މެންބަރު އަބްދުއްލާ ޖާބިރަށް ހަމަލާ ދިންކަމަށް ތުހުމަތުކުރާ ދެމީހުންގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ. ފުލުހުން ބުނީ އެ ދެ މީހުންގެ މުއްދަތު ޖަހައްދިނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ. މިމަހުގެ 20 ވަނަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމުން އެރަށުގައި ހަމަނުޖެހުން ހިންގައި އޭނާއަށް ހަމަލާދިން މައްސަލައި ކޯޓު އަމެއްގެ ދަށުން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މި […]
ސްޕެއިންގެ މީޑިއާ ޓީމެއް ރާއްޖޭގައި

ޔޫރަޕްގެ ގައުމެއްކަމަށްވާ ސްޕެއިންގެ މީޑީއާ ޓީމެއް ރާއްޖެ އިސްތިހާރުކުރުމަށް އައިސްފިއެވެ. އެމްއެމްޕީއާރުސީން ބުނީ ސްޕެއިން މީޑިއާ ޓީމުން ދަތުރުގައި ވެނިޓީ ފެއާ، ނޭޝަނަލް ޖިއޮގްރެފިކް އަދި ހާޕާސް ބާޒާރުގެ އިތުރުން، ސްޕެއިންގެ މަޝްހޫރު ފަތުރުވެރިންނާއި ގުޅޭ ޕަބްލިކޭޝަން ތަކުން ބައިވެރިވެފައިވާ ކަމަށެވެ. މިމަހުގެ 24އިން 29ގެ ނިޔަލަށް މިޓީމް ރާއްޖޭގައި ހަރަކާތްތެރިވާއިރު މިދުވަސް ތަކުގެ ތެރޭގައި ސިކް ސެންސަސް ލާމު، މާފުށިވަރު، އަދި ހުވަންފެން ފުށި ރިސޯޓުގައި އެކި ހިދުމަތްތަށް ތަޖުރިބާ ކުރުމަށް ވަނީ […]
ކޫއްޑޫ އެއާޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ގއ ކޫއްޑޫ އެއާޕޯޓުން އަތުލައިގަތައް ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ. ފުލުހުން ބުނީ ނައްތާލާފައިވަނީ އެއަތޮޅު ވިލިނގިލީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި މަސްތުވާތަކެތިކަމަށާ މި ތަކެއްޗަކީ އެކިފަހަރު މަތިން ގއ.ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 560 ބަނގުރާ ފުޅި އާއި 130 ބިޔަރު ދަޅުކަމަށް ވެސް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ އަންގާރަ ދުވަހު […]
4000 ފްލެޓް އަޅަން އިންޑިއާއިން 3.4 ބިލިއަން ރުފިޔާގެ ލޯނެއް

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި 4،000 ފްލެޓް އަޅަން އިންޑިއަން އެގްޒިމް ބޭންކް އިން 227 މިލިއަން ޑޮލަރު (3.4 ބިލިއަން ރުފިޔާ) ގެ ލޯނެއް ދީފި އެވެ. މިލޯން އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދިޔައީ މިއަދު ވާޗުއަލްކޮށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއުގެ ދަށުން ދެ ލޯނެއްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ. އެއީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ އެންބީސީސީ ލިމިޓެޑްއާއި ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑް އާއި އާއިއެކު […]
ދިވެހިން ބޭނުންވަނީ ފަލަސްތީނަކީ މިނިވަން ދައުކަތެއްގެ ގޮތުގައި ބަލައިގަތުމަށް: ރައީސް

ދިވެހިން ބޭނުންވަނީ އދ.އިންނާއި މުޅި ދުނިޔެއިން މިނިވަން ގައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އދ.ގެ އާންމު މަޖިލީހުގެ 76ވަނަ ސެޝަންގައި މިއަދު ތަގުރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވީ ދިވެހި ސަރުކާރާއި ދިވެހި އެންމެހައި ރައްޔިތުން މިތިބީ ފަލަސްތީނު ރައްޔިތުންނާއެކުކަމަށާ އެމީހުންގެ ހައްގުތައް ކަށަވަރުކޮށް ނުދެވޭކަމަށެވެ. “ އ.ދ.ގެ އެތައް އަހަރެއްގެ މަސައްކަތުންވެސް އެމީހުންގެ ހައްގުތައްވަނީ ކަށަވަރުކޮށްނުދެވި. އިޒްރޭލުން ފަލަސްތނުގެ އަންހެން ފިރިހެން، ކުދިބޮޑު […]
އަފްޣާނިސްތާނުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރަން ބޭނުން : ރައީސުލް ޖުމްހޫރިއްޔާ

އަފްޣާނިސްތާނުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރަން ބޭނުންވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އދ.ގެ އާންމު މަޖިލީހުގެ 76ވަނަ ސެޝަނުގައި ތަގުރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ ދެކުނު އޭޝިއާގެ އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އަފްޣާނިސްތާނުގެ މިއަދުގެ ހާލަތާމެދު ދިވެހިން ކަންބޮޑުވާ ކަމަށާ އެގައުމުގެ ރައްކާތެރިކަން ކަށަވަރުކުރަން ބޭނުންވާ ކަމަށެވެ. ”އެ ގައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުން ބޭނުންވޭ. އަންހެނުންނާއި، އަންހެން ކުދިންގެ ހައްގުތަކާއި، ސަލާމަތާއި ހިމާޔަތް، އެ ގައުމުގައި […]
ބޭންކުގެ ދޮރު ކުރިމަތިން ގިނަ އަދަދެއްގެ އިހުގެ ފައިސާ ފެނިއްޖެ

އިހުގައި ފައިސާގެ ގޮތުގައި ބޭނުންކުރަމުން އައި ބޮލި ރައްކާކޮށްފައިވާ ބޮލި ވަޅެއް ބޭންކް އޮފް މޯލްޑިސްގެ ހޮޅުދޫ ބްރާންޗްގެ ދޮރު ކުރިމަތިން ފެނިއްޖެ އެވެ. އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ ކުދި ބޮލި ވަޅުލާފައިވާ ދުވަސް ވީ މި ބޮލިވަޅު ހުރި ސަރަހައްދަކީ ކުރީ ޒަމާނުގައި އެރަށުގެ ކާޑު ގުދަން ހުރި ސަރަހައްދު ކަމަށް އެ ރަށު ދުވަސްވީ މީހުން ބުނެއެވެ. ބިމުގެ ދެ ފޫޓެއްހައި އަޑިން ފެނުނު މި ބޮލިވަޅު ފެނުނީ ބެންކް ކުރިމަތިން […]