ސްޕެއިންގެ މީޑިއާ ޓީމެއް ރާއްޖޭގައި

57

 

 

ޔޫރަޕްގެ ގައުމެއްކަމަށްވާ ސްޕެއިންގެ މީޑީއާ ޓީމެއް ރާއްޖެ އިސްތިހާރުކުރުމަށް އައިސްފިއެވެ.

އެމްއެމްޕީއާރުސީން ބުނީ ސްޕެއިން މީޑިއާ ޓީމުން ދަތުރުގައި ވެނިޓީ ފެއާ، ނޭޝަނަލް ޖިއޮގްރެފިކް އަދި ހާޕާސް ބާޒާރުގެ އިތުރުން، ސްޕެއިންގެ މަޝްހޫރު ފަތުރުވެރިންނާއި ގުޅޭ ޕަބްލިކޭޝަން ތަކުން ބައިވެރިވެފައިވާ ކަމަށެވެ.

މިމަހުގެ 24އިން 29ގެ ނިޔަލަށް މިޓީމް ރާއްޖޭގައި ހަރަކާތްތެރިވާއިރު  މިދުވަސް ތަކުގެ ތެރޭގައި ސިކް ސެންސަސް ލާމު، މާފުށިވަރު، އަދި ހުވަންފެން ފުށި ރިސޯޓުގައި އެކި ހިދުމަތްތަށް ތަޖުރިބާ ކުރުމަށް ވަނީ މަހަޖައްސާފައެވެ.  މީގެ ތެރޭގައި ސްނޯކްލިން އާއި ސްޕާ ތަކާއި، އަދި ފަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގޭ އެކި ވޯޓާ ސްޕޯޓް ކުޅިވަރުތަށް ހިމެނެއެވެ.

އަދި މީގެ އިތުރުން ފަތުރުވެރިކަމުގެ އެކި ޕްރޮޑަކްޓުތަށް ތަޖުރިބާކޮށް ރާއްޖެއަށް ޙާއްސަ ކަންކަން ވެސް މިޓީމުން ތަޖުރިބާ ކުރާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
މީގެ ސަބަބުން ސްޕެއިން މާކެޓުގައި އެތަށް ހާސް ބަޔަކަށް ރާއްޖެއާއި ގުޅޭ މުހިންމު މައުލޫމާތު ފޯރުކޮށްދެވިގެން ދާނެ ކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ.

މިއީ ސްޕެއިންގެ މީޑިއާ ޓީމެއް ރާއްޖެ އިޝްތިހާރުކުރުމަށް މިއަހަރު ރާއްޖެ އައި ދެވަނަ ފަހަރެވެ.

ސްޕެއިން މާކެޓުގައި ރާއްޖެ އިސްތިހާރު ކުރުމަށް މީޑީއާ ޓީމުތަށް ގެނައުމުގެ އިތުރަށް، އެމްއެމްޕީއާރްސީން ދަނީ ތަފާތު އެކި އިވެންޓުތަކުގައި ވެސް ބައިވެރިވަމުންނެވެ.

މިމަހުގެ މެދާ ހަމައަށް އައިއިރު، ރާއްޖެއަށް 817،000އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައިވާއިރު، މީގެ ތެރެއިން 24،000 އށްވުރެ ގިނަ ފަތުރުވެރިންނަކީ މިމާކެޓުން އައިސްފައިވާ ފަތުރުވެރިންނެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ