އަފްޣާނިސްތާނުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރަން ބޭނުން : ރައީސުލް ޖުމްހޫރިއްޔާ

24

 

އަފްޣާނިސްތާނުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރަން ބޭނުންވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އދ.ގެ އާންމު މަޖިލީހުގެ 76ވަނަ ސެޝަނުގައި ތަގުރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ ދެކުނު އޭޝިއާގެ އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އަފްޣާނިސްތާނުގެ މިއަދުގެ ހާލަތާމެދު ދިވެހިން ކަންބޮޑުވާ ކަމަށާ އެގައުމުގެ ރައްކާތެރިކަން ކަށަވަރުކުރަން ބޭނުންވާ ކަމަށެވެ.

 

“އެ ގައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުން ބޭނުންވޭ. އަންހެނުންނާއި، އަންހެން ކުދިންގެ ހައްގުތަކާއި، ސަލާމަތާއި ހިމާޔަތް، އެ ގައުމުގައި އޮތުމަށް އެދެން.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަފްޣާނިސްތާނުގެ ރައްޔިތުންގެ ރައްކާތެރިކަން ހިފެހެއްޓި ކަށަވަރުވެފައި އޮތުމަށްޓަކައި، ރައްޔިތުން އިންތިހާބު ކުރާ ސަރުކާރެއް، އެ ގައުމުގައި އޮތުން މުހިންމުކަމަށެވެ.

” މި މަގުން ގޮސް އަފްގާނިސްތާނަކީ ދުނިޔޭގެ ގައުމުތަކާ ގުޅުން ބަދަހި، ހުރިހާ މާނައެއްގައި ކުރިއަރައިދާ ސުލްހަވެރި، އަމާން ގައުމަކަށް ވެވިދާނެ” ރައީސުލް ޖމްހޫރިއްޔާ

 

ރައީސުލް ޖުމްހޫރިއްޔާ ތަގުރިރުގައި އަފްޣާނިސްތާނަށް ރައްކާތެރިކަން އެދިލައްވާފައިވާއިރު ތާލިބާން ޖަމާއަތުގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމުން އެ ގައުމުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އެގހައުމުގެ އެތެރޭގައި އެކި ޖަމާއަތްތަކުގެ މެދުގައި ހަމަލާތަށް ދެމުން ދާއިރު އަންހެން ކުދިންނާއި، އަންހެނުން ތައުލީމު ހޯދުމަށް ތާލިބާނުން ދަނީ ފިއްތުންތައް ކުރިމަތިކުރަމުންނެވެ.

 

1 ހިޔާލު

  1. އަމިއްލަ ރައްޔިތުންނާމެދު އިހްމާލުވެފައި، އެހެންޤައުމެއްގެ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައި ދިނުމަށް އެދި ގޮވުމަކީ އަމިއްލަ ޤައުމުގެ އިތުރުން ދުނިޔެވެސް ލައުނަތް ދޭނެ ކަމެއް!

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ