ދިވެހިން ބޭނުންވަނީ ފަލަސްތީނަކީ މިނިވަން ދައުކަތެއްގެ ގޮތުގައި ބަލައިގަތުމަށް: ރައީސް

Loading

Facebook
Twitter
WhatsApp

 

 

ދިވެހިން ބޭނުންވަނީ އދ.އިންނާއި މުޅި ދުނިޔެއިން މިނިވަން ގައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އދ.ގެ އާންމު މަޖިލީހުގެ 76ވަނަ ސެޝަންގައި މިއަދު ތަގުރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވީ ދިވެހި ސަރުކާރާއި ދިވެހި އެންމެހައި ރައްޔިތުން މިތިބީ ފަލަސްތީނު ރައްޔިތުންނާއެކުކަމަށާ އެމީހުންގެ ހައްގުތައް ކަށަވަރުކޮށް ނުދެވޭކަމަށެވެ.

“  އ.ދ.ގެ އެތައް އަހަރެއްގެ މަސައްކަތުންވެސް އެމީހުންގެ ހައްގުތައްވަނީ ކަށަވަރުކޮށްނުދެވި. އިޒްރޭލުން ފަލަސްތނުގެ އަންހެން ފިރިހެން، ކުދިބޮޑު އެތައް ބައެއްގެ ހައްގު ތަކުރާރުކޮށް އެބަ ނިގުޅައިގަނޭ. “

އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އދގެ އާންމު މަޖިލީހާއި ސެކިއުރިޓީ ކައުންސިލުން ފަލަސްތީނގެ ހައްގުގައި ނެރުނު ގަރާރުތަކާއި، ނިންމުނު ނިންމުންތައް ގިނަކަމަށާ ނަމަވެސް އެގައުމުގެ ރައްޔިތުންގެ ހައްގު ނެތްކަމަށެވެ.

“ މަދު އެއްޗަކީ، އަމުދުން ނުވެސް ނެތް އެއްޗަކީ ފަލަސްތީނުގެ ހައްގު. ކުޑަ ދައުލަތެއް ތަމްސީލުކުރާ މީހެއްގެ ހައިސިއްޔަތުން މިއަދު މިތާހުރެ މި ވާހަކަ އަޅުގަނޑަށް ދެއްކޭ ސަބަބެއް އެބަވޭ. އެއީ، ދުނިޔެއިން އަޅުގަނޑުމެން ދިވެހިރާއްޖެ ބަލައިގެންފައިވުން. މިލިއަނުން ޢަދަދު މަތި ފަލަސްޠީނުގެ ރައްޔިތުން ބަލައިގަތުމުން، ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ“ ފަލަސްތީނުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ އެތަށް ގައުމަކުން ގައުމަކުން ފަލަސްތނުގެ ހައްގުގައި ނުކުމެ ބޭއިންސާފާއި ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުން އަންނަކަމަށެވެ. އެގޮތުން ދިވެހިންވެސް ތިބީ ފަލަސްތީނާ އެކުގައި ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

”އެބަޔަކު އަޅުގަނޑު މިތާހުރެ ތަމްސީލުކުރާ ދިވެހިން ބޭނުންވަނީ އ.ދ.އިންނާއި، މުޅި ދުނިޔެއިން މިނިވަން ގައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުން. އެމީހުންނަށް އެމީހުންގެ މިނިވަންކަމާއި، ހައްގުތަކާއި، އިމްތިޔާޒާއި، އިހްތިޔާރުތައް ދޫކޮށްލުން. ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނަން“ ރައީސްގެ ތަގުރީރުގައި ވިދާޅުވިއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް