ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ހަ ޗޮކްލެޓެއްގެ ވެރިފަރާތް ހޯދަނީ

  ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ހަ ޗޮކުލެޓެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ. ފުލުހުން ބުނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންކުރަމު އަންނަކަމަށެވެ. އެ އެގޮތުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޮޑުފުންގަނޑު މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށުގައި ވާ ކަމަށެވެ. އޭނާ […]

އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން ބުނުމާއި ގުޅިގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

  ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފިއެވެ. ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ  މއ. ރެސްޓިންހައުސް، މުހައްމަދު އިނާދެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އޭނާ ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް އޮތްތޯ ބެލުމަށް ކުށުގެ ރެކޯޑާއި މުޖުތަމައުގައި އެމީހާކު އަދާ […]

ޓެރަރިޒަމް ހުއްޓުވުމަށް ތައުލީމީ ނިޒާމަށް ބަދަލުގެންނަންޖެހޭ: ހަޔާ އެޑިއުކޭޝަން މިނިސްޓަރު

  ޓެރަރިޒަމާއި ހަރުކަށިފިކުރު ހުއްޓުވުމަށް ތައުލީމީ ނިޒާމަށް ބަދަލު ގެނެސް ތައުލީމީ ނިޒާމުގެ  ތެރެއިން މަސައްކަތް ކުރަންޖެހޭކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ. ޓެރަރިޒަމް ހުއްޓުވުމަށް ތައުލީމީ ނިޒާމް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވީ ”ދަ އިންޓަރނޭޝަނަލް ޕްރޮގްރާމް ފޯ ކޮމްބެޓިން އެކްސްޓްރީމިޒަމް އެންޑް ޓެރަރިޒަމް“ގެ ނަމުގައި ފެށި މަސައްކަތު ބައްދުލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މަސައްކަތު ބައްދަލުވުން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހަޔާ އެޑިޔުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ހަސަން ވިދާޅުވީ، […]

ހިންމަފުށީ ބަނދަރު ފުންކުރުމުގެ މަސައްކަތް ނިންމާލައިފި

  ކ.ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ ގޮތުން ކުރިއަސް ގެންދިޔަ ބަނދަރުފުންކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ( އެމްޓީސީސީ) ބުނީ ބަނދަރު ފުންކުރުމުގެ މަސައްކަތަކީ އެރަށު ބަނދަރު  ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެއްކަމަށެވެ. އެމްޓީސީސީން ބުނީ  ހިންމަފުށީގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށެވެ. 24.6 މިލިއަން ރުފިޔާގެ މި […]

ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ހައްޔަރުކޮށް ހަރުކަށި ފިޔަވަޅު އެޅުމަށް ކާށިދޫ ކައުންސިލުން ގޮވާލައިފި

    ރާއްޖޭގައި ދިނީ މިނިވަންކަން ދިނުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުއްލާ ޖާބިރު މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާ ހައްޔަރުކޮށް ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަށް ކާށިދޫ ކައުންސިލުން ގޮވާލައިފިއެވެ. ބުދަ ދުވަހު މަޖިލީހުގައި ކުރިއަށް ގެންދިޔަ ހެއްކާ ބެހޭ ބިލުގެ ބަހުސްގައި  ވާހަކަފުޅު ދައްކަވަމުން ޖާބިރު ވަނީ ރާއްޖޭގައި އެހެން ދީންތަކުގެ މީހުންނަށްވެސް އަޅުކަންކޮށް އުޅެވޭނެ މާހައުލެއް އުފެއްދުމަށް ގޮވާލައްވާފައެވެ. އެ ވާހަކަތަކާ ގުޅިގެން ކާށިދޫ […]

ހެދުމުގައި ދެ ކީލޯއަށް ވުރެ ގިނަ ރަން ފޮރޮވައިގެން ރާއްޖެއިން އިންޑިއާ އަށް ދިޔަ މީހަކު އަތުލައިގެންފި

  ހެދުމުގެ ތެރޭގައި ދެ ކިލޯއަށް ވުރެ ގިނަ ރަން ފޮރުވައިގެން ރާއްޖެއިން އިންޑިއާގެ ބެންގަލޫރަށް އަށް ދަތުރުކުރި މީހަކު އެގައުމުން ހައްޔަރުކޮށްފިއެވެ. އިންޑީއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ހެދުމުގެ ތެރޭގައި ރަން ފޮރުވައިގެން ރާއްޖެއިން އިންޑިއާ އަށް ދިޔައީ އެގައުމުގެ ކެރެލާއަށް ނިސްބަތްވާ  އުމުރުން 23 އަހަރުގެ ފިރިހެނެކެވެ. އޭނާ ދަތުރުކުރީ ގޯ ފަސްޓް ފްލައިޓްން އަންގާރަދުވަހުއެވެ. އެމީހާ އިންޑިއާ އަށް ގަވާއިދާ ހިލާފަށް ރަން އެތެރެކުރަން އުޅުނީ ރަން  ޕޭސްޓް ފޯމަށް ބަދަލުކޮށް، އޭނާ ލައިގެން […]

ޔާމިންގެ ދައުރުގައި ދެ ފަހަރަށް ތަޅާލައި ހަދާފައިވާ ގަނޑިބުރު އަނެއްކާވެސް ހެދުމަށް ސިޓީކައުންސިލުން ނިންމައިފި

  ރައީސް އަބްދުއްލާ ޔާމީންގެ ވެރިކަމުގައި ދެ ފަހަރެއްގެ މަތިން ތަޅާލައި ހެދި މާފަންނު ގަޑިބުރު އަނެއްކާވެސް  ހެދުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މާފަންނު ގަޑިބުރަކީ ނަވާރަސަތޭކައިގެ ތެރޭގައި ލަންކާއިން ރާއްޖެއަށް ހަދިޔާކުރި ގަޑި ބެހެއްޓި ތަނެވެ. އެހެންނަމަވެސް އެތަނުގައި މިހާރު އެގަޑިއެއް ނެތެވެ. ގަނޑިބުރުގެ ނަން މިހާރުވެސް އެތަނަށް ކިޔާ މާފަންނު ގަނޑިބުރު 2016ވަނަ އަހަރުގެ ފަހުކޮޅު ތަޅާލައި މަރާމާތު ކުރިއެވެ. އޭގެ ފަހުން ޖެހިގެން އައި އަހަރުގެ ޖުލައިގައި އެތަން ތަޅާލާ އަލުން […]

74 ރަށުކައުންސިލް އިދާރާ އެއްގެ އިތުރުން އަތޮޅު ކައުންސިލް އިދާރާ އަކަށް އެސްޖީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

  74 ރަށެއްގެ ރަށުކައުންސިލް އިދާރާ އެއްގެ އިތުރުން ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާގޮތުން ލޯކަލް ކައުންސިލުތައް އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާއަކީ ސެކްރެޓަރީ ޖެނެރަލްއެވެ. ސެކެޓްރީ ޖެނެރަލުންގެ މަގާމަށް މުވައްޒަފުން އައްޔަން ކުރަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މިއީ މި މަގާމަށް ހުޅުވައިލި ދެ ވަނަ ފަހަރެވެ. ސިވިލް ސާވިސް ކޮމިޝަނުން ބުނީ ކައުންސިލް އިދާރާތަކަށް ސެކްރެޓަރީ […]

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ޖާބިރު ގޮވާލައްވައިފި

  ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވައިލައްވައިފިއެވެ. މިއަދު މަޖިލީހުގައި ކުރިއަށް ގެންދިޔަ ހެއްކާ ބެހޭ ބިލުގެ ބަހުސްގައި  ވާހަކަފުޅު ދައްކަވަމުން ޖާބިރު ވަނީ ރާއްޖޭގައި އެހެން ދީންތަކުގެ މީހުންނަށްވެސް އަޅުކަންކޮށް އުޅެވޭނެ މާހައުލެއް އުފެއްދުމަށް ގޮވާލައްވާފައެވެ.   ޖާބިރު ވިދާޅުވީ  މާތްﷲ ވޮޑިގެންވާކަން އޭނާ ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ދީނީ މިނިވަންކަން ރާއްޖޭގައި ދޭން ޖެހޭ ކަމަށެވެ. އަދި އެއީ އިސްލާމް ދީނާ ހިލާފު ކަމެއް ނޫން […]

މުއްދަތު ހަމަވެފައިވާ  ކާކުކަން އަންގައިދޭ ލިޔުންތައް އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރެވޭނެ

  އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ ކާކުކަން އަންގައިދޭ ލިޔުންތައް ބޭނުން ކުރެވޭނެ ގޮތް ހަދައިފިއެވެ. ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުންދާ އޭވިއޭޝަން ސެކިއުރިޓީން ބުނީ މުއްދަތު ހަމަވެފައިވާ ކާކުކަން އަންގައިދޭ ލިޔުންތައް ބޭނުންކުރެވޭގޮތް ހެދީ ކޮވިޑްގެ ހާލަތާއި ގުޅިގެން އެފަދަ ލލިޔެކިޔުން ހޯދުމުގައި އާންމުންނަށް ދަތިތަކެއް މެދުވެރިވާތީ ކަމަށެވެ. އެތެރޭގެ އުދުހުންތަކުގައި މުއްދަތުހަމަވެފައިވާ ކާކުކަން އަންގައިދޭ ލިޔުންތަކުގެ ގޮތުގައި ބޭނުންކުރެވޭނެ ލިޔުންތައް: ޕާސްޕޯޓް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ވާކް ވިސާ ކާޑް ލައިސަންސް ކާޑް […]