އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން ބުނުމާއި ގުޅިގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp

 

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފިއެވެ.

ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ  މއ. ރެސްޓިންހައުސް، މުހައްމަދު އިނާދެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އޭނާ ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް އޮތްތޯ ބެލުމަށް ކުށުގެ ރެކޯޑާއި މުޖުތަމައުގައި އެމީހާކު އަދާ ކުރާ ދައުރަށް ރިއާޔަތްކުރެއެވެ.

ޕީޖީން ބުނަނީ  ގޮއްވާލާނެ އިންޒާރާ އެއްގޮތަށް އަމަލު ކުރާނެ އެއްވެސް ސަބަބެއް އިނާދު ކިބައިން ފާހަގަވެފައި ނުވާ ކަމަށެވެ.

އޭނާ ބަންދުން ދޫކޮށްލަން ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އޭނާގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހު އެވެ. މި އިންޒާރާ ގުޅިގެން އިންޑިއާ ހައިކޮމިޝަން ހުންނަ ސަރައްދުގެ ސެކިއުރިޓީ ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.

 

ސޯޝަލް މީޑިއާގައި އަދި އެ ނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް އަނިޔާވެރިވުމަށާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމަކީ ޖިނާއީ ކުށެކެވެ.

ފުލުހުން ބުނީ މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް