ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ހަ ޗޮކްލެޓެއްގެ ވެރިފަރާތް ހޯދަނީ

Loading

Facebook
Twitter
WhatsApp

 

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ހަ ޗޮކުލެޓެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންކުރަމު އަންނަކަމަށެވެ.

އެ އެގޮތުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޮޑުފުންގަނޑު މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށުގައި ވާ ކަމަށެވެ.

އޭނާ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ތެރޭގައި ހަ ޕެން ޑްރައިވް އަކާއި ތިން އަތުކުރި ގަޑިީގެ އިތުރުން ހަ ޗޮކްލެޓް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ. އިންސިޑެންޓް ނަންބަރަކަށް ފުލުހުން ދީފައި އިނީ 499700 އެވެ.  އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ފުލުހުން އެދެއެވެ.

މި ތަކެތީގެ އިތުރުންވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ މައުލޫމާތު ފުލުހުން ވަނީ އާންމު ކޮށްފައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ ގޮތުގައި ފުލުހުން އާންމުކޮށްފައިވާ ތަކެއްޗާއި އިންސިޑެންޓް ނަންބަރު:

  • ސެޕްޓެމްބަރ 28 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައިސްކަލެއް. އިންސިޑެންޓް ނަންބަރު 499645
  • ސެޕްޓެމްބަރ29 ވަނަ ދުވަހު ބަންޑާރަ މިސްކިތް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ވަޑާމުގެ ސާމާނުތަކެއް. އިންސިޑެންޓް ނަންބަރު 499732
  • ސެޕްޓެމްބަރ29 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާތަކެއް. އިންސިޑެންޓް ނަންބަރު 499739

ހޮވައިގެން ގެންގޮސް  ފުލުހުންނާ ހަވާލުކުރާ ތަކެއްޗާއި  ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރާ ބައެއް މީހުންގެ އަތުން ފެންނަ ތަކެތި ވެރިފަރާތް ހޯދުމަށް އާންމުކޮށް ފުލުހުން އިއުލާންކުރެއެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް