ހިންމަފުށީ ބަނދަރު ފުންކުރުމުގެ މަސައްކަތް ނިންމާލައިފި

Loading

Facebook
Twitter
WhatsApp

 

ކ.ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ ގޮތުން ކުރިއަސް ގެންދިޔަ ބަނދަރުފުންކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ( އެމްޓީސީސީ) ބުނީ ބަނދަރު ފުންކުރުމުގެ މަސައްކަތަކީ އެރަށު ބަނދަރު  ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެއްކަމަށެވެ.

އެމްޓީސީސީން ބުނީ  ހިންމަފުށީގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށެވެ.

24.6 މިލިއަން ރުފިޔާގެ މި މަޝަރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 38 މީޓަރގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 172 މީޓަރ އެއްގަމު ތޮށިލުން ހިމެނެއެވެ.

އަދި ރޭމްޕެއް ހެދުމާއި، 772 އަކަ މީޓަރ ޕޭވްމަންޓް ހެދުމާއި 10 މޫރިންގ ބްލޮކްސް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރަށް 18800 އަކަ މީޓަރ ބަނދަރު ފުންކުރުމާއި، 9,900 އަކަ މީޓަރ ނެރު ފުންކުރުމާއި، 287 މީޓަރ ރިވެޓްމަންޓް ޖެހުމުގެ އިތުރުން ހަތަރު ނެރުބައްތި ޖަހައި  ބަނދަރު ބައްތި ޖެހުންވެސް މި މަޝްރޫއުގައި ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް