ދެ މަސްކުރިން ސައިކަލަކުން ފޯނެއް ވަގަށްނެގި މީހަކު ހޯދުމަށް މިއަދު ވީޑިއޯ އާންމުކޮށްފި

އޯގަސްޓް މަހު 11 ވަނަދުވަހު މަގުމަތީގައި ޕާކް ކޮށްފައިހުރި ސައިކަލަކުން ފޯނެއް ވަގަށްނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް މިއަދު އެމީހާގެ ވީޑިއޯ ފުލުހުން އާންމު ކޮށްފި އެވެ. ފުލުހުން އާންމުކުރި ވީޑިއޯގައި ފެންނަނީ ނޫކުލައިގެ ޖިންސަކާއި އަތްކުރު ގަމީހެއް ލައިގެން ހުރި ޒުވާން ފިރިހެނަކު މާލޭ މަގުމަތިން ހިނގާފައި ދަނިކޮށެވެ. އެމީހާގެ އަތުގައި ފޯނެއް ކަމަށް ބެލެވޭ އެއްޗެއް އޮތެވެ. އެމީހާގެ މާސްކް އަނގައާއި ނޭފަތުގައި އެޅުމުގެ ބަދަލުގައި އޮތީ ކަރުގައި އެލުވާލާފައެވެ. ފުލުހުން ބުނީ […]

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި  މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

  ކުޑަކުއްޖަކާ ބަދުއަހްލާގީ އަމަލު ހިންގި  ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. ފުލުހުން ހޯދަމުން އަންނަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 36 އަހަރުގެ އިބްރާހިމް މުހައްމަދެވެ. ފުލުހުން ބުނީ އޭނާ ހޯދަމުން އަންނަނީ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަ ކުއްޖަކާ ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އުޅޭ […]

ޒުވާން މަސްވެރިޔާގެ ޓްވީޓް އާއެކު އިނގިރޭސިވިލާތުގެ މިނިސްޓަރަކު ރާއްޖެއަށް ތައުރީފް

  ރާއްޖޭގެ މަޝްހޫރު ޒުވާން މަސްވެރިޔާ ހަސަން ސާޖިން ޓްވިޓާގައި ހިއްސާކުރި ވީޑިއޯއަކާއި ގުޅިގެން އިނގިރޭސިވިލާތުގެ މިނިސްޓަރަކު ރާއްޖޭގެ މަސްވެރިކަމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ. ދޮށީގެ މަސްވެރިކަން ކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއް ސާޖިން ހިއްސާކުރުމުން ރާއްޖެއަށް ތައުރީފް ކޮށްފައިވަނީއިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު ޑިވެލޮޕްމެންޓް އޮފީހުގެ ޕެސިފިކް އަދި ތިމާވެއްޓާބެހޭ ސަރަހައްދުގެ މިނިސްޓަރ، ޒެކަރިއަސް (ޒެކް) ގޯލްޑްސްމިތު އެވެ. މިނިސްޓަރ ޒެކް ވިދާޅުވީ މިއީ މުޅި ދުނިޔެއަށް ވެސް މިސާލަކަށް ވާނެ ކަމެއް ކަމަށެވެ. މިނިސްޓަރުގެ […]

ޒިނޭގެ ކުށް ސާބިތުކުރުމަށް ޑީއެންއޭ ބަލައިގަންނަން ސްޕްރީމް ކޯޓުން ހުކުމްކޮށްފި

  ޒިނޭގެ ކުށް ސާބިތުކުރުމަށް ޑީއެންއޭ ބަލައިގަންނަން ސްޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ. ސްޕްރީމް ކޯޓުން އެ ހުކުމް ކުރީ ޒިނޭ ކުރި ކަމަށް އިއުތިރާފްވި އަންހެނެއްގެ މައްސަލައާ ގުޅިގެން އޭނާ ވިހާފައިވާ ކުއްޖާގެ ޑީއެންއޭ ދިމާވާ ފިރިހެނެއްގެ މަށްޗަށް ދައުލަތުން ދައުލަތުން އުފުލި ދައުވާގެ މައްސަލައިގެ ނިމުމުގައެވެ. ދައުލަތުން ފިރިހެން މީހާގެ މައްޗަށް އުފުލި ޒިނޭކުރުމުގެ ދައުވާ ބިނާކޮށްފައިވަނީ ކުޑަކުއްޖާއަކީ ޒިނޭކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއްކަމަށް، އަންހެން މީހާ ބުނާ ބުނުމުގެ މައްޗަށާއި އެ ކުއްޖާގެ […]

އެޑިއުކޭޝަން މިނިސްޓަރު ގާނޫނާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އިބްރާ ކޯޓަށް

    މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް ކޯޓުން ކުރި ހުކުމުގައިވާ މުއްދަތުގެ ތެރޭގައި ބަދަލު ދީފައި ނުވާތީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ގާނޫނު އަސާސީއާ ހިލާފު ވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި  މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ދައުވާކޮށްފި އެވެ. އެ މައްސަލަ ސިވިލް ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅީ މިިދިޔަ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހުގައި […]

ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ މަޝްވަރާ ތައް ރައީސް ސާލިހުއާއި ރައީސް ނަޝީދު ކުރައްވައިފި

  ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމް ބަދަލުކޮށް ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވެ ވަޑައިގެން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައީސުލް ޖުމުހޫރިއްޔާ އާއި ބައްދަލުކުރައްވައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ މަޝްވަރާތައް ކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނީ ރައީސް ނަޝީދު ރާއްޖޭގެވެރިކަމުގެ ނިޒާމް ބަދަލުކުރުމާގުޅޭ ގޮތުން ރައީސުލްޖުމްހުރިއްޔާއާއި މަޝްވަރާ ކުރައްވާ ޚިޔާލްބަދަލު ކުރައްވާ ހެއްދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ކުރީގައި ބޭއްވެވި އެ ދެ ބޭފުޅުންގެ ބައްދަލު ކުރެއްވުމުގައި ކަމަށެވެ. ރާއްޖޭގެ […]

ފްލެމިންގޯ އެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްސި

  ފިޔަކޮށައި ހައްޔަރުކޮށްފައި ހުރި ފްލެމިންގޯ އެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭން) ހާމަކޮށްފިއެވެ. އީޕީއޭ އިން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ފުލެމިންގޯ ގެންދިޔައީ އެ ދޫނި ސަލާމަތް ކުރުމަށް ކަމަށާ،  ފުލުހުންގެ ބެލުމުގެ ދަށަށް އެ ދޫނި ގެނެސްފައިވަނީ ހއ. ބާރަށުންކަމަށެވެ. މި ފްލެމިންގޯ ފުލުންހުންގެ ބެލުމުގެ ދަށަށް ގެނެސްފައި މި ވަނީ ރާއްޖެއަށް ހިޖުރަ ކުރި ފްލެމިންގޯ ދޫނި ބައިގަނޑެއްގެ ތެރެއިން އެ ދޫނި ހައްޔަރުކޮށް […]

ފުލުހުން ކުޑަކުއްޖަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

    ފުލުހުން ކުޑަކުއްކަޖަށް އަނިޔާކުރި ކަމަށް ބުނެ ސޯޝަލްމީޑީއާގައި ދައުރުވަމުން އަންނަ ވިޑިއޯއާ ގުޅިގެން އެ  މައްސަލަ ބަލަން ފަށައިފިއެވެ. މި ވީޑިއޯއަކީ އައްޑޫ ސިޓީގެ  މަރަދޫ ފޭދޫގައި ފުލުހުން ކުޑަ ކުއްޖަކަށް އަނިޔާކުރި ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯކެވެ. މި ވީޑިއޯއިން ފެންނަނީ ކުޑަކުއްޖަކު ފުލުހުންނާއެކީ މަގުމަތީ ހަމައެކަނި ސޯޓެއް ލައިގެން ހުއްޓައެވެ. އެކުއްޖާ ވީޑިއޯގައި ބުނެފައިވަނީ އޭނާގެ އަތުގައި ބިޑި އަޅުވާފައި އޭނާއަށް އަނިޔާ ކުރި ކަމަށެވެ. އަދި އޭނާގެ […]

އޮޑިޓް އޮފީހަށް 90 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެއް ފާސްކޮށްފި

    އޮޑިޓާ ޖެނެރަލް އޮފީހަށް އަންނަ އަހަރަށް 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ. ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އޮޑިޓް ކުރުމުގެ ޒިންމާ އަދާ ކުރާ އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކުރީ މަޖިލިހުގެ ޖަލްސާގައި  49  މެމްބަރުންގެ އިއްތިފާގުންނެވެ. މިއީ އޮޑިޓް އޮފީހުގެ މިއަހަރުގެ ބަޖެޓަށް ވުރެ 9 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. އޮޑިޓް އޮފީހުގެ ބަޖެޓްގެ ގޮތުގައި މިއަހަރަށް ފާސްކޮށްފައިވަނީ […]

އައްސޭރި ޖަލަކީ ކުޑަކުދިން ބައިތިއްބަން އެކަށިގެންވާ ތަނެއް ނޫން: އެޗްއާރުސީއެމް

  ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ހަދާފައިވާ ކުޑަކުދިންނަށް ހާއްސަ ތަނަކީ އެ ކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއްގައި ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކަނޑައަޅައިފި އެވެ އެޗްއާރުސީއެމް އިން  މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައްސޭރި ޖަލުގައި ގާއިމް ކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ އެ ކުދިންނަށް ރައްކާތެރި އަދި ބަންދުގައި މީހުން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް އެ ކޮމިޝަނުން ތަހުގީގު ކުރަމުން ދިޔަ މައްސަލައެއްގައި ފާހަގަވެފައިވާ ކަމަށެވެ. […]