ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ މަޝްވަރާ ތައް ރައީސް ސާލިހުއާއި ރައީސް ނަޝީދު ކުރައްވައިފި

Loading

Facebook
Twitter
WhatsApp

 

ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމް ބަދަލުކޮށް ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވެ ވަޑައިގެން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައީސުލް ޖުމުހޫރިއްޔާ އާއި ބައްދަލުކުރައްވައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ މަޝްވަރާތައް ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ނަޝީދު ރާއްޖޭގެވެރިކަމުގެ ނިޒާމް ބަދަލުކުރުމާގުޅޭ ގޮތުން ރައީސުލްޖުމްހުރިއްޔާއާއި މަޝްވަރާ ކުރައްވާ ޚިޔާލްބަދަލު ކުރައްވާ ހެއްދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ކުރީގައި ބޭއްވެވި އެ ދެ ބޭފުޅުންގެ ބައްދަލު ކުރެއްވުމުގައި ކަމަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ގޮތުން ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގެ ތަފްސީލެއް ރައީސް އޮފީހުން ހާމަނުކުރައްވައެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ވެރިކަން ކުރުމުގެ ނިޒާމް ބަދަލުކުރުމާގުޅޭ މަޝްވަރާގެ އިތުރުން މި ދެބޭފުޅުން ވަނީ ރާއްޖޭގެ އިގްތިސާދީ ދާއިރާގެ ކަންކަމާ ބެހެގޮތުންނާއި އަދި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައި ކަމަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ރާޖޭގެ ވެރިކަން ކުރެއްވުމަށް ރައީސް ނަޝީދު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ވެރިކަން ހިންގުމުގެ ނިޒާމް ބަދަލުކުރުމަށް އެމަކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން ސޮއިކުރަމުން އަންނައިރު އިދިކޮޅު ފަރާތްތަކާ ގުޅުމުގެ ޝައުގުވެރިކަންވެސް އެމަނިކުފާނުވަނީ މީގެ ކުރިން ފާޅުކުރައްވާފައެވެ.

Loading

One Response

  1. ތިޔައީ ގޮޅާބޮގޮވާ މައުމޫނަށް ހިތައްއެރި ހަޔާތެއް ގޮވައިފަ ވެރިކަން ހޯދަންވެގެން މައުމޫނުގެ ރަން 30 އަހަރުގެ ތިޔައޭ ޒައީމޭ….. ލަވަ އެމްޑީޕީ ހަރުގޭގައި ޖެހި ގުރޫޕް ނޫންތޯއެވެ. ވެރިކަން ހޯދުމަށައި ވެރިކަން ބީވެދިޔަ ނުދިނުމަށް ކޮންމެފަދަ ކަމެއްވެސް ތިވެރިން ކޮށްފާނެއެވެ. ދެރައީ ރައްޔަތުންގެ ބަޔަކަށް އަދިވެސް ނުވިސްނޭކަމެވެ. އަބަދު ދޮގާއި މަކަރަކުން ވެރިކަން ދަމައިގަތުމަކަށް ކޯލިޝަނެއް ނުހެދޭނެތާއެވެ. ވީމާ ދެން ވެރިކަމުގައި ތިބެން އެންމެރަނގަޅީ ތިޔަގޮތްކަމަށް ވެދާނެއެވެ. އެހެނަސް ހަދާންކުރަށްވާށެވެ. ކޮންމެ ގަނެ ވިއްކާ އެއްޗެއްގަައި ވެސް ޕްރައިޒް ޓެގެއްވެއެވެ. މަޖިލީހުގައި މިވަގުތު ގިނައީ އެކަން އެގި އަތުން ހިފާފައިވާ މީހުންތަކެކެވެ. ވީމާ ތިބުނާ ނިޒާމަކުންވެސް ވެރިކަމެއް ނުހިފެހެއްޓޭނެ ތާއެވެ؟ ނޫންތޯ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް