އެޑިއުކޭޝަން މިނިސްޓަރު ގާނޫނާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އިބްރާ ކޯޓަށް

Loading

Facebook
Twitter
WhatsApp

 

 

މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް ކޯޓުން ކުރި ހުކުމުގައިވާ މުއްދަތުގެ ތެރޭގައި ބަދަލު ދީފައި ނުވާތީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ގާނޫނު އަސާސީއާ ހިލާފު ވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި  މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ދައުވާކޮށްފި އެވެ.

އެ މައްސަލަ ސިވިލް ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅީ މިިދިޔަ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހުގައި އިލްތިމާސް ކުރުމުން ފަނޑިޔާރުންގެ މަޖިލީހުން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި މައްސަލަ ބަލައިގެންފަ އެވެ.

އިބްރާ އާއި ހަވާލާދީ ”މިހާރު“ން ބުނެފައިވަނީ މި މައްސަލަ ލުމުގެ މަގުސަދަކީ ސަރުކާރުން ހުކުމްތަކާއި ގާނޫނަށް ކިޔަމަންތެރިވާންޖެހޭނެ ކަން އެންގުންކަމަށެވެ. އަދި ގާނޫނުއަސާސީއާ ހިލާފަށް ކަންތައް ކުރީމަ އޭގެ ނަތީޖާއެއް ވެސް ނުކުންނަން ޖެހޭނެކަމަށް އިބްރާ ވިދާޅުވެފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.
ކުރިން އެމްއީއެސް ހިންގި އިމާރާތް އަދި މިހާރުގެ އިއްޒުންދީން ސްކޫލު އިމާރާތުގައި މަންދު ކޮލެޖު ހިންގަން ހަވާލުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. މާލެ ހައި ޕްރައިވެޓް ލިމިޓެޑާ އެކު ސޮއި ކުރި އެއްބަސްވުން ކުރީގެ ރައީސް އަބްދުއްލާ ޔާމީންގެ ސަރުކާރުން ބާތިލްކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.
ސަރުކާރުން އެ އިމާރާތް ނެގުމާ ގުޅިގެން އެ އިމާރާތުގައި ހިންގަމުންދިޔަ މަންދު ކޮލެޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރިއެވެ.

މަންދު ކޮލެޖުން އެދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް ދައުލަތުން ހުށަހެޅީ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށާއި އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އެ ބަދަލަށް  މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ އެއްބަސްވެފައެވެ. އެ ބަދަލަކީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށްލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ހަރަދު ކަމަށް ދައުލަތުން ބުނެ އެވެ.

މަންދު ކޮލެޖަށް ލިބުނު ގެއްލުމުގެ މައްސަލާގައި އިބްރާ ގެންދަވަނީ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ މައްޗަށް ވެސް ދައުވާ ކުރުމަށް ތައްޔާރުވަމުންނެވެ.

 

 

 

Loading

One Response

  1. ހާދަ ދެރައެވެ. ހަމަ މުޅިންވެސް މިފަދަ މީހުން. ފަހުން ރަނގަޅުވާނެކަމަށް ބަލާބަލާ މަ ޅޮޑުވެއްޖެއެވެ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް