ޒުވާން މަސްވެރިޔާގެ ޓްވީޓް އާއެކު އިނގިރޭސިވިލާތުގެ މިނިސްޓަރަކު ރާއްޖެއަށް ތައުރީފް

Loading

Facebook
Twitter
WhatsApp

 

ރާއްޖޭގެ މަޝްހޫރު ޒުވާން މަސްވެރިޔާ ހަސަން ސާޖިން ޓްވިޓާގައި ހިއްސާކުރި ވީޑިއޯއަކާއި ގުޅިގެން އިނގިރޭސިވިލާތުގެ މިނިސްޓަރަކު ރާއްޖޭގެ މަސްވެރިކަމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

ދޮށީގެ މަސްވެރިކަން ކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއް ސާޖިން ހިއްސާކުރުމުން ރާއްޖެއަށް ތައުރީފް ކޮށްފައިވަނީއިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު ޑިވެލޮޕްމެންޓް އޮފީހުގެ ޕެސިފިކް އަދި ތިމާވެއްޓާބެހޭ ސަރަހައްދުގެ މިނިސްޓަރ، ޒެކަރިއަސް (ޒެކް) ގޯލްޑްސްމިތު އެވެ.

މިނިސްޓަރ ޒެކް ވިދާޅުވީ މިއީ މުޅި ދުނިޔެއަށް ވެސް މިސާލަކަށް ވާނެ ކަމެއް ކަމަށެވެ.

މިނިސްޓަރުގެ މި ޓްވީޓަށް އެކި ގައުމުތަކަށް ނިސްބަތްވާ މީހުން ވަނީ ދޮށީގެ މަސްވެރިކަމަށް ތާއީދުކޮށް ކޮމެންޓު ކޮށްފައެވެ. އަދި މިފަދަ މަސްވެރިކަން ކަމަށް ދަމަހައްޓަން ޖެހޭކަން އެއްބަޔަކު ފާހަގަކޮށްފައިވާއިރު  މިފަދަ ގޮތަކަށް މަސްވެރިކަންކޮށްގެން ބާނާ މަސް ލިބެން ބޭނުންވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މިނިސްޓަރުގެ ޓްވީޓަށް ކޮމެންޓްކުރި ބައެއް ދިވެހިންވަނީ ރާއްޖޭގެ މަސް ޔޫރަޕަށް އެކްސްޕޯޓް ކުރަން ހުރި ދަތިތަކުގެ ވާހަކަ ހިއްސާކޮށް އެކަމާ ކަންބޮޑުވުން ހުރިކަން ފާޅުކޮށްފައެވެ.
ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހިކޮށް ދޮށީގެ މަސްވެރިކަން ޒަމާނުއްސުރެ ކުރަމުން އަންނަ ގައުމެކެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް