އޮޑިޓް އޮފީހަށް 90 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެއް ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

 

 

އޮޑިޓާ ޖެނެރަލް އޮފީހަށް އަންނަ އަހަރަށް 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ.

ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އޮޑިޓް ކުރުމުގެ ޒިންމާ އަދާ ކުރާ އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކުރީ މަޖިލިހުގެ ޖަލްސާގައި  49  މެމްބަރުންގެ އިއްތިފާގުންނެވެ.

މިއީ އޮޑިޓް އޮފީހުގެ މިއަހަރުގެ ބަޖެޓަށް ވުރެ 9 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. އޮޑިޓް އޮފީހުގެ ބަޖެޓްގެ ގޮތުގައި މިއަހަރަށް ފާސްކޮށްފައިވަނީ 81.7 މިލިއަން ރުފިޔާއެވެ.

90.3 މިލިއަން ރުފިޔާގެ ބަޖެޓެއް އޮޑިޓް އޮފީހަށް ދިނުމަށް ފާސްކުރި ނަމަވެސް އޮޑިޓް އޮފީހުން މަޖިލީހަށް ފޮނުވާފައިވަނީ 118.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސމާލިއްޔަތު ކޮމިޓިން އެ ބަޖެޓް ދިރާސާކުރުމަށްފަހު ބަޖެޓް ކަނޑައެޅީ އެދިފައިވާ އަދަދުން  28 މިލިއަން ރުފިޔާ އުނިކޮށްފައެވެ.

އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން މައިގަނޑު ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ ހުޅުމާލޭގައި ހަދާ އެ އޮފީހުގެ އާ އިމާރާތް މަސައްކަތަތަށެވެ. އެގޮތުން އެ އިމާރާތަށް 55 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމާފައެވެ.

އޮޑިޓް އޮފީހުން ދެ ވަނައަށް އެންމެ ބޮޑު ހޭދައެއް ކުރަނީ މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކަށެވެ. އެގޮތުން މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކަށް 41 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރާނެ އެވެ.

 

 

 

 

Loading

One Response

  1. ކީއްކުރާ އޮޑިޓްއޮފީހެއް ރައްޔަތުންގެ ޓެކްސް ފައިސާއިން ހިންގާކަށް. އެތަނުން ނެރޭ އެއްވެސް ރިޕޯޓެއް އުންސް ހަމަނުވާތީ ނުބެލޭ. ބޮޑެތި ޚިޔާނާތްތަށް ލިޔެފާ އެތައް ސަތޭކަ ގަނޑުގެ ރިޕޯޓްހަދާ. ވާކަމެއް ޙަރާމް. އެއްވެސް ވަގަކަށް އަދަބެއް ނުދެވޭ. ކާލި ފައިސާއިން ބައެއްވެސް ނުހޯދޭ. ހަމަ ރީތި ނަންނަމުގައި އޮފީސް ތައް ހަދައިގެން އެއަރކޮން ޖަހައިގެން އެންމެ ޒަމާނީ ސޮފްޓްވެއަރ ބޭނުންކޮށްގެން ހަމަ ވާކަމެއް ޙަރާމޭ އެންމެން އެކިޔަނީނޫންތޯއެވެ. ވީއިރު އަދިވެސް ރައްޔަތުމީހާ ފެލައިގެން ބޮޑު ބަޖެޓެއްދީގެން އެތަނުން ނެރޭ ރިޕޯޓް މުރާޖާކުރަން އަނެއް އޮފީސް ހުޅުވައި މިދެން ކޮންފަދަ މުސީބާތެއްތޯއެވެ. މާތްﷲ ގަންދީ ހުވައިކޮށްގެން މިވަރު ޙީލަތްތެރިކޮށް ވެރިކަން ކުރަން ހެޔޮވެސް ނުވާނެނޫންތޯއެވެ. ހާދައޭ މަކަރާއި ޚީލަތީ. އަސްތާ ސަހަރޯ ހީވެއްޖެއެވެ! ސޯލިޙު ރައީސްއެއް އައުމަކުން ސޯލިޙުވި އެއްވެސް ކަމެއްނުުފެނުނެވެ. ނަމުން ސޯލީހޫ ކަމުން ޗރު؟؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް