ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ވިލިމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް

ސްޓެލްކޯގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ވިލިމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށަން މަސައްކަތްކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ރޭ ތާޖުއްދީން ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ އާ ހައުސިން މަޝްރޫއު އިމާރާތް ކުރާނީ ވިލިމާލޭގައި ކަމަށެވެ. ”އަޅުގަނޑު ވާހަކަ ނިންމާލާނީ އުފާވެރި ޚަބަރެއް ދީފައި. ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިތުރު ހައުސިން ޕްރޮޖެކްޓެއް ކުރިއަށް ގެންދާނަން،“ ސްޓެލްކޯގެ މުވައްޒަފުންނާ ވާހަކަފުޅު ދައްކަވަމުން ޝަރީފް […]
ބާ އިމްތިހާން ލަސްކޮށްނުދެވޭނެ

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ބާ އިމްތިހާނު ބާއްވާ ތާރީހް އިތުރަށް ލަސްކުރެވެން ނެތްކަމަށް ބާ ކައުންސިލުން ބުނެފިއެވެ. ބާ ކައުންސިލުން އިމްތިހާނު ލަސްކުރެވެން ނެތްކަމަށް ބުނީ މި އިމްތިހާނު ލަސްކުރުމަށް އެދި ގިނަ ލޯޔަރުންތަކެއް ގޮވަމުން ދަނިކޮށެވެ. އެ ގޮވާލުންތަކަށް ގޮތެއް ނިންމުމަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ ބައްދަލުވުމެއް ރޭ ބޭއްވުމަށްފަހު ބާ ކައުންސިލުން ނރުނު ބަޔާނުގައި ބުނީ ބާ އިމްތިހާން ޑިވެލޮޕްކުރުމަށް ފާއިތުވި ތިން އަހަރު އެތައް މަސައްކަތެއް […]
ވިނަރެސް ފްލެޓްތައް ބަލާލުމުގެ ފުރުސަތު އިތުރުކޮށްފި

ހުޅުމާލޭގެ ދެވަނަފިޔަވަހީގައި ސަރުކާރުން އިމާރާތްކޮށްފައިވާ ވުނަރެސް ފްލެޓްތައް ބަލާލުމަށް އެޗްޑީސީން ހުޅުވައިލި ފުރުސަތު އިތުރުކޮށްފިއެވެ. އެޗްޑީސީން ބުނީ ވިނަރެސް ފްލެޓްތައް ބަލާލުމުގެ ފުރުސަތު އިތުރުކުރީ ކުރިން އެ ފުރުސަތު ހުޅުވާލުމުން ލިބުނު ތަރުހީބު ބޮޑުވެ އިތުރު ފުރުސަތުތައް އިތުރުކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އެދެމުން އަންނާތީ ވީހާވެސް ގިނަ ފަރާތްތަކަކަށް ފްލެޓްތައް ބަލާލުމުގެ ފުރުސަތު ހޯދައި ދިނުމަށް ކަމަށެވެ. ވިނަރެސް ފްލެޓްތައް ބަލާލުމަށް އާންމުންނަށް އެންމެފުރަތަމަ ހުޅުވާލި ފުރުސަތުގައި 11000މީހުން އެ ފްލެޓްތައް ބަލާލުމަށް ނަން ނޯޓުކޮށްފައިވާ […]
މޯލްޑިވްސް ހެލްތު ސާވިސަސް އުފެއްދެވުމަށް ނިންމައިފި

”މޯލްޑިވްސް ހެލްތު ސާވިސަސް“ އުފެއްދެވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ މޯލްޑިވްސް ހެލްތު ސާވިސް އުފެއްދުމަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި މި ވަނީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގަ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. މޯލްޑިވްސް ހެލްތު ސާވިސަސް އުފައްދަވަނީ ޕްރައިމަރީ ހެލްތުކެއަރ ދިނުމަށާއި ދިވެހިރާއްޖޭގެ ސިއްޚީ ނިޒާމު މިހާރަށްވުރެ […]
އެމްޓީޑީން 3000 މެންބަރުން ހަމަކޮށް ފޯމުތައް ހުށަހަޅައިފި

ސިޔާސީ ޕާޓީތަކުގެ ތެރެއިން 3000 މެންބަރުން ހަމަނުވާ ޕާޓީތައް ވަކިކުރަން ނިންމުމާއި ގުޅިގެން އެ އަދަދު ހަމަނުވާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އިން 3،000 މެންބަރުން ހަމަކޮށް މެންބަޝިޕް ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފި އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވާ ހަތަރު ޕާޓީއެއްގެ ނަން އިއުލާންކޮށް އުވާލާނެކަމުގެ އިންޒާރު ދީ އެޕާޓީތަކަށް އީސީން ވަނީ މިމަހު ފެށުނު އިރު ނޯޓިސް […]
ޕީޖީ ޝަމީމް މަގާމުން ވަކިކުރަން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ނިންމައިފި

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރަން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފިއެވެ. މިއަދު ބޭއްވި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ޕާލިމަންޓްރީ ގްރޫޕަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމެވެ. ޝަމީމް މަގާމުން ވަކިކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ. ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލައިގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ގޮތެއް ނިންމުމަށް މިމަހުގެ އެއްވަނަ ދުވަހު […]
މާލޭ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާފަންނު ގެއެއްގައި މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ އެވެ. ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 57 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. މި މައްސަލަ ރިޕޯޓް ކޮށްފައިވަނީ މިއަދު 11:45 ހާއިރު ކަމަށް ވެސް ފުލުހުން ބުނެއެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން އިތުރަށް ބުނީ މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިން މުބާރާތް ނިމިއްޖެ

ގޭމް ކުޅެން ލޯބިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިން މުބާރާތް ނިމިއްޖެއެވެ. މި މުބާރާތަކީ އެމްއެންޕީގެ ޔޫތު ވިންގުން މޯލްޑިވްސް ޔުނިފައިޑް ގޭމިންއާ ގުޅިގެން ބޭއްވި މުބާރާތެކެވެ. މި މުބާރާތުގައި 200 ޓީމަކުން 400 ބައިވެރިން ވާދަކޮށްފައިވެއެވެ. މި މުބާރާތުގެ އިނާމު ދިނުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު އިނާމުގެ ގޮތުގައި ޖުމްލަ 20،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ. އެއީ މުބާރާތުން އެއްވަނަ އަށް 8،000 ރުފިޔާ، ދެވަނައަށް 5،000 ރުފިޔާ އަދި […]
މާބްލް ޝީޓްތަކެއްގެ ތެރޭ ތާށިވެގެން މީހަކު މަރުވެއްޖެ

ހުޅުމާލޭގެ ފޭސް ދޭއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު މާބްލް މުށިތަކެއްގެ ތެރޭގައި ތާށިވެގެން މަރުވެއްޖެއެވެ. ފުލުހުން ބުނީ އެ މީހާ މަރުވެފައިވަނީ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓޭނަރަކުން މާބްލް ޝީޓުތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. މި ހާދިސާގައި މަރުވިމީހާގެ އިތުރުން އެހެން މީހަކުވެސް ތާށިވިކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މިހާދިސާގައި ދެން ތާށިވީވެސް ބިދޭސީ އެއް ކަމަށާ އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަކަމަށެވެ. މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ 3:30 […]
ސްކޫލްތަކުގެ ގޭޓްތައް ތަޅުލައިފައި ބެހެއްޓުމަށް އަންގައިފި

ސްކޫލުތަކުގައި ކިޔަވައިދެމުންދާ ވަގުތުތަކުގައި ގޭޓްތައް ތަޅުލާފައި ބެހެއްޓުމަށް އެޑިޔުކޭޝަން މިނިސްޓްރީ ސްކޫލްތަކަށް އަންގައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އެންގި އެންގުމުގައި ބުނެފައިވަނީ ސްކޫލުތަކަކީ ދަރިވަރުންނާއި މުވައްޒަފުންނަށް އަބަދުވެސް ރައްކާތެރި ތަނަކަށް ހެދުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ. ސްކޫލްތަކަށް ގޭޓް ތަޅުލާފައި ބެހެއްޓުމަށް އެންގުމުގެ އިތުރުން ވެސް ވަނީ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް އިތުރުކަންކަން ކުރުމަށްވެސް އެޑިއުކޭޝަނުން ވަނީ ސްކޫލްތަކަށް އަންގާފައެވެ. އެގޮތުން ކިޔަވައިދޭ ވަގުތުތަކުގައި ސްކޫލް ގޭޓުގައި ސެކިއުރިޓީ ބެލެހެއްޓުމާއި ސެޝަންތައް ފެށޭ ވަގުތު […]