މާބްލް ޝީޓްތަކެއްގެ ތެރޭ ތާށިވެގެން މީހަކު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގެ ފޭސް ދޭއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު މާބްލް މުށިތަކެއްގެ ތެރޭގައި ތާށިވެގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ އެ މީހާ މަރުވެފައިވަނީ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓޭނަރަކުން މާބްލް ޝީޓުތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. މި ހާދިސާގައި މަރުވިމީހާގެ އިތުރުން އެހެން މީހަކުވެސް ތާށިވިކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހާދިސާގައި ދެން ތާށިވީވެސް ބިދޭސީ އެއް ކަމަށާ އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަކަމަށެވެ.

މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ 3:30 ގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިހާދިސާގައި ދެ މީހަކު ތާށިވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ވަނީ  އާންމުވެފައެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ތާށިވީ ދެ މީހުން ސަލާމަތް ކުރަން ގިނަ އިރުތަކެއް ހޭދަވިއެވެ. އަދި އެކަކު ތާށިވެފައިވާ ތަނުން ނެގިއިރުވެސް މަރުވެފައިވާ ކަމަށް ބެލެވެއެވެ.

މި ހާދިސާއާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް