ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިން މުބާރާތް ނިމިއްޖެ

Facebook
Twitter
WhatsApp
287101628_172045431932116_2056129873818780551_n

ގޭމް ކުޅެން ލޯބިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިން މުބާރާތް ނިމިއްޖެއެވެ.

މި މުބާރާތަކީ  އެމްއެންޕީގެ ޔޫތު ވިންގުން މޯލްޑިވްސް ޔުނިފައިޑް ގޭމިންއާ ގުޅިގެން ބޭއްވި މުބާރާތެކެވެ.

މި މުބާރާތުގައި 200 ޓީމަކުން 400 ބައިވެރިން ވާދަކޮށްފައިވެއެވެ.  މި މުބާރާތުގެ އިނާމު ދިނުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު  އިނާމުގެ ގޮތުގައި ޖުމްލަ 20،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ. އެއީ މުބާރާތުން އެއްވަނަ އަށް 8،000 ރުފިޔާ، ދެވަނައަށް 5،000 ރުފިޔާ އަދި ތިންވަނަ 3،000 ރުފިޔާއެވެ. ހަވަރުވަނަ އަށް 1،000 ރުފިޔާ އެވެ.

މީގެ އިތުރުން އެންމެ ގިނަ ލަނޑުޖަހާ ޓީމަކަށް 1000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ފަސްވަނަ އިން 8 ވަނަ އަށް ކޮންމެ ޓީމަކަށް 500 ރުފިޔާގެ އިނާމެއް ވެސް ދިނުމަށް ވަނީ ނިންމާފައެވެ.

އެމްއެންޕީން ބުނީ މިފަދަ ގޭމްކުޅެން ލޯބިކުރާ ފަރާތްތަކަށް މިފަދަ އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް ކުރިޔަށް އޮތްތާގަވެސް ގޭމިން މުބާރާތްތައް ބާއްވަމުން ގެންދާނެކަމަށެވެ.

One Response

  1. Islaam feennahthalah gobaabayakaaekee gulubadahikurumakee nurahkaatrikameh. Ekamaku mdp adikoolisan thaaeedu kuraakamakan vaneevefa

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް