ވަޒީފާއިން ލިބޭ ހުރިހާ ފައިސާ ދެކޮޅު ދަތުރަށް

ހުޅުމާލެ ސިޓީގައި ދިރިއުޅޭ ގިނަ ރައްޔިތުން ވަޒީފާ އަދާކުރަނީ މާލޭގައެވެ. ހެނދުނު ވަޒީފާއަށް ދާން ބަހަށް 20 ރުފިޔާ ވަޒީފާ ނިންމާފައި ރަށަށް އައުމަށް 20 ރުފިޔާ، ރޭގަޑު 8.30ގައި ފިންގާ ޖަހަން އޮފީހަށް ދާން 20 ރުފިޔާ ފިންގާ ޖަހާފައި އެނބުރި ގެއަށް އައުމަށް 20 ރުފިޔާ ކޮންމެ ދުވަހަކު ޚަރަދު ކުރަން ޖެހެއެވެ. މިރޭޓުން ދުވާލަކު 80 ރުފިޔާ އަމިއްލަ ވެހިކަލެއް ނެތް މާލޭގައި ވަޒީފާ އަދާ ކުރާ ހުޅުމާލޭގެ ކޮންމެ ރައްޔިތަކު ޚަރަދުކުރަން […]

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ހެއްޔެވެ؟

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ހެއްޔެވެ؟ މިހެން ދަންނަވަން މިޖެހެނީ އުންމަތުގެ ތެރޭގައި އިސްލާމް ދީނުގެ ކުލަޔާއި ވަސް ތަޣައްރުވެފައިވާތީއެވެ. ފޮތެއްގައި ލިޔެފައި އޮތަސް މިގައުމުގެ ގިނަ ރައްޔިތުންގެ ކިބައިން އިސްލާމް ދީނުގެ ސިފަތައް ފެންނާކަށް ނެތެވެ. މުސްލިމުންނަކީ ފިތުނަ އުފެދޭ ބާވަތުގެ ކަންކަން ކުރާ ބައެއް ނޫނެވެ. އެހެނަސް ބައެއް ސިޔާސީ ފަރާތްތަކުން ގައުމު ފިތުނައިގެ ތެރެއަށް ގަންބާލުމަށް ކުރާ މަސައްކަތްތަކުގައި ދިވެހި މުސްލިމުން ބައިވެރި ވަމުން ދަނީ ބިރުގަންނަ ފަދަ ދަރަޖައަކަށެވެ. ފައިސާއަށް […]

ރައްޔިތުންނަށް ފެނިގެން ދާނީ ގޭންގުތައް މައިތިރި ކުރަން ނުކުންނަ ފޯސް މައިތިވާތަން

ހުރިހާ ގޭންގްތައް އުފެދުނީ މާލެއިންނެވެ. ގޭންގް ތަކުން ރައްޔިތުންނާ ބެހިއެއް ނުއުޅެ އެވެ، ގޭންގް ތަކަކީ ސަރުކާރުގެ މަތީ ފަންތީގެ ބޮޑުން އިސްވެ ތިއްބައިވައިގެން ޒުވާނުންނަށް ފައިސާ ދީގެން އެބޭފުޅުން ބޭނުންފުޅުވާ އެކި ޖަރީމާތައް ހިންގުމަށް ޓަކައި އެބޭފުޅުން ގެންގުޅުއްވާ ބައިގަނޑެކެވެ. ގޭންގްތަކަކީ ފައިސާދީގެން ފަނޑިޔާރުންނާއި ސިޔާސީ ފަރާތް ތަކަށް ބިރުދެއްކުން ފަދަ ކަންކަން ކުރުމަށް ބޮޑެތި ބޭފުޅުން އަޑީގައި ތިއްބަވައިގެން ގެންގުޅޭ ބައެކެވެ. ގޭންގުތަކާ ގުޅިފައިވާ ސިފައިންނާއި ފުލުހުން ތިބޭ ކަމުގެ މަޢުލޫމާތު ވެސް ލިބެއެވެ. […]

މާލޭ ޖަލުގައި ބަންދުކޮށްފައި ތިބި މީހުންނަށް ބޭސްފަރުވާ ފަސޭހައިން ދެވޭނެ ގޮތެއް ނެތް

މާލޭ ޖަލުގައި މި ވަގުތު ސަތޭކައަށްވުރެ ގިނަ މީހުން ބަންދުގައި ތިބިއިރު އެފަރާތްތަކަށް ބޭސްފަރުވާގެ ޚިދުމަތް ރަނަގަޅަށް ލިބެމުން ނުދާކަމަށް ޖަލުގައި ތިބި މީހުންގެ ޢާއިލާތަކުން އެބަ ބުނެއެވެ. އަދި މީގެ އިތުރުން ޝަރީޢަތް ނިމެންދެން ބަންދުގައި ތިންހަތަރު އަހަރު ވެފައިވާ އެތައް މީހުން ތިބި އިރު އިންސާނަކަށް ވީތީ ލިބެންޖެހޭ އެތަކެއް އަސާސީ ހައްގުތައް ލިބެމުން ނުދާކަމަށް ޖަލުގައި ތިބި މީހުންނާ ޙަވާލާދީ ބައެއް ޢާއިލާތަކުން މަޢުލޫމާތު ދެއެވެ. އެގޮތުން މިހާރު ވެސް މާލޭ ޖަލުގައި […]

ރާއްޖޭގެ ސިއްހީ ނިޒާމު ވަނީ ވަރަށް ބޮޑަށް ފެއިލު ވެފައި

ރާއްޖޭގެ ވެރިރަށް މާލެ ހިމެނޭ ސަރަޙައްދުގައި ސަރުކާރުން ހިންގާ ހަސްފަތާލުތަކުން އާންމު ބަލިތަކަށް މެނުވީ ގިނަ ފަހަރަށް ފަރުވާ ލިބުން އޮންނަނީ ދަތި ކަމަކަށްވެފައެވެ. މާލެ ސަރަޙައްދުގައި ރާއްޖޭގެ އާބާދީގެ ބޮޑު ބައި ދިރި އުޅެމުން އަންނަ އިރު ތޮއްޖެހިފައި ވާ މިފަދަ ބޮޑު އާބާދީ އާ އެކަށޭނެ މިންވަރަށް ޑޮކްޓަރުން ނެތުމަކީ މިސަރަޙައްދުގެ ސިއްހީ ދުޅަ ހެޔޮކަމަށް ހުރި ގޮންޖެހުމެކެވެ. ރާއްޖޭގެ އެތަން މިތަނުން ޑޮކްޓަރަށް ދައްކަން މާލެ އައިސް ކިޔޫގައި ތިބެން ޖެހުމުން އެރައްޔިތުންނަށް […]

ރާއްޖޭގެ ހަގީގީ އިގުތިސާދީ މާހިރަކީ ގާސިމް އިބްރާހީމް

އޮނަރަބްލް ގާސިމް އިބްރާހީމް ރާއްޖޭގެ ފިނޭންސް މިނިސްޓަރަކަށް ވަޑައި ގެންނެވި އިރު އާމުދަނީގެ ގޮތުގައި ރާއްޖެއަށް ލިބެނީ 7 ބިލިއަން ރުފިޔާއެވެ. މި މިންވަރަކީ ރައްޔިތުންނަށް ކަށަވަރު ކޮށްދޭން ޖެހޭ އަސާސީ ހައްގުތައް ފުއްދައި ދެވޭވަރުގެ އާމުދަނީއެއް ނޫނެވެ. އެހެންކަމާއެކު އެމަނިކުފާނު ފިނޭންސް މިނިސްޓަރު ކަމުގައި އެކިގޮތް ގޮތުން ރާއްޖޭގެ އިގުތިސާދީ ދުވެލި ބާރު ކުރުމުގެ ޢަމަލީމަސައްކަތް ފައްޓަވައި ދެއްވިއެވެ. ޓޫރިޒަމް ދާއިރާއިންނާއި ވައިގެ ދަތުރުފަތުރު ކުރާ ފަރާތްތަކުން ޓެކްސް ނެންގެވުމަށް ނިންމަވައި ގާނޫނުތަކާއި ގަވާއިދުތައްތައް ހެއްދެވިއެވެ. […]

މަގުބޫލު ކަން ހޯދުމަކީ ސިޔާސީ ވެރިންގެ ފަލްސަފާއެއް

ރިޔާސީ އިންތިޚާބު ކައިރި ވީވީހެން ރައްޔިތުންގެ މަގުބޫލު ކަން ހޯދުމަށްޓަކައި ސިޔާސީ ވެރިން އެކި ޕޯޑިއަމް ތަކުގައި ރައްޔިތުން ރުހޭހާ ވާހަކަ ތަކެއް ދައްކަމުން ދާނެއެވެ. ނިމިދިޔަ ދެ ވެރިކަމުގައި ރާއްޖޭގައި ވަނީ ރަޙުމް ކުޑަ ގޮތަކަށް އެތައް ބަޔަކު މަރާލައި އެކަންކަން މަތިއަޅައި އޮމާން ކޮށް ސިއްރު ކޮށްފައެވެ. މި ކަން ކަމުގެ އަޑީގައި ތިބި މީހުންނާއި މިކަން ކުރަން ފައިސާ ޚަރަދު ކުރި ފަރާތްތައް ދެނެގަތުމަށް ރައްޔިތުން ތިބީ ކެތްމަދުވެފައެވެ. އަދި މީގެ އިތުރުންވެސް […]

މިގައުމުގައި މިނިވަންކަމާއެކު އުޅުމުގެ މިނިވަންކަން ހޯއްދަވައި ދެއްވާ!

ސައްތައިން ސައްތަ އިސްލާމް، މިރާއްޖޭގެ ރައްޔިތުންނަކީ ޚުލްޤު ހެޔޮ އޯގާވެރި ބައެކެވެ. އެކަކަށް ކަމެއް ވެއްޖެނަމަ ހުރިހާ އަވަށްޓެރިން އެގެއަކަށް ގޮސް ޙާލު އަހުވާލު ބަލައި ދަތިވާކަންކަން ކޮށްދީ ގާތްކަން ދަމަހައްޓާ ބައެކެވެ. އަވަށްޓެރީން ގެދޮރު ބިނާކުރުމުގައި މަސައްކަތް ކުރަނީވެސް އަވަށްޓެރީން ގުޅިގެންނެވެ. ރޭގަނޑު ޢިޝާނަމާދު ކޮށްގެން ކައިރި ގޭގޭ މީހުން ގާތްތިމާގެ މީހުންނަށާއި ރަޙުމަތް ތެރީންގެ ގޭގެއަށް ޒިޔާރަތް ކޮށް ޙާލު އަހުވާލު ބަލައި އެއްސުފުރާމަތީގައި ކައިބޮއި ގާތްކަމާއި އެކުވެރި ކަން ދަމަހައްޓައެވެ. މީހަކު ބަލިވެއްޖެނަމަ […]

ކޮންމެ ވެރިކަމެއް ނިންމާލަނީ ގައުމު ބަނގުރޫޓް ކޮށްލާފައި

ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރައްޔިތުންގެ މުދަލާއި ފައިސާ އާއި ރައްޔިތުންގެ ތަރިކަ ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ރައްޔިތުންގެ އަސާސީ ހައްގުތައް ތަފާތު ކުރުމެއްނެތި ހަމަހަމަ ކަމާއެކު ދޭނޭފަރާތެއް ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރެއެވެ. މިގޮތުން އިންތިޚާބު ކުރާ ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުން ޙަވާލުކުރާ ވެރިކަން އަމާނާތް ތެރިކަމާއެކު އަދާކުރުން މަތީގައި ދެމިހުރުމަށް ރައްޔިތުންގެ ކުރިމަތީގައި ﷲ ގަންދީ ހުވާ ކުރައްވައެވެ.      މި ރާއްޖޭގެ ވެރިކަމަށް ކުރިމަތި ލެވެނީ ސުންނަތް ޖަމާޢަތުގެ މުސްލިމުންނަށެވެ. އެހެން […]

މާލޭ ޖަލުގައި ޝަރީޢަތް ނިމެންދެން އެތައް ޒުވާނުން ގެންގުޅެނީ ކުކުޅު ގެންގުޅޭހެން

މަސްތުވާ ތަކެތީގެ މައްސަލަތަކާ އަދި މިނޫންވެސް ގިނަ މައްސަލަތަކުގައި ޝާމިލްވާ ގިނަ ބަޔަކު މާލޭ ޖަލުގައި ހައްޔަރު ކޮށް ޝަރީޢަތް ނިމެންދެން ގެންގުޅެނީ އަސާސީ ގިނަ ޚިދުމަތް ތަކުން މަޙުރޫމް ކޮށްގެނެވެ. މުޖުތަމަޢުގެ ސަލާމަތަށް ކަމަށް ބުނެ ޝަރީޢަތް ނިމެންދެން އެތައް ސަތޭކަ ރައްޔިތުން މާލޭޖަލަށް ލާފައި ވާއިރު އަހަރަކު އެއްފަހަރުވެސް ޝަރީޢަތުގެ މަޖިލީހެއް ނުބޭއްވި ދިއުމަކީ އިންސާނަކަށް ދެވޭނެ އެންމެ ބޮޑު އެއް އަނިޔާއެވެ. ހަތަރު މީހުންގެ ގޮޅިއަކަށް 10 މީހުން ލާފައި ތިބޭއިރު ގޮޅީގައި […]