އިންޑިޔާގެ ބިހާރުގައި ހުރި 132ފޫޓު އުސް މޮބައިލް ފޯން ޓަވަރެއް ވަގަށް ނަގައިފި

އިންޑިޔާގެ ބިހާރުގައި ހުރި 132ފޫޓު އުސް މޮބައިލް ފޯން ޓަވަރެއް ވަގަށް ނެގުމާއި ގުޅިގެން ފުލުހުން މައްސަލަ ބަލަމުން ދާކަމަށް ޚަބަރު ލިބެއެވެ. ބިހާރުގެ ބޫޒަރު ޑިސްޓްރިކްޓްގައި ހިނގާފައިވާ މިވައްކަމުގައި 15 ކޭވީއޭ ޖެނަރޭޓަރަކާއި ޓަވަރާގުޅޭ ޓެލެކޮމް އިކްއިޕްމަންޓް ތަކެއްވެސް ވަގަށް ނަގާފައިވާ ކަމަށް ވެއެވެ. އެތައް އަހަރެއް ވަންދެން އެއްތަނެއްގައި ހުރި ޓަވަރު ވަގަށް ނެގިކަންވެސް ނޭގި ގެއްލިފައި ވުމުން އެޑިސްޓްރިކްޓްގެ އާންމުންނާއި އަދި އިދާރާތަކުން ހައިރާންކަން ފާޅުކުރަމުން ދާކަމަށް ވެއެވެ. ޓަވަރު ހުރި ތަނުގައި […]

ވަރޑް ކަޕްއާއި ދިމާކޮށް ނިއުޔޯކް އަށް ”އައިސް“ އެޖެންޓުން ފޮނުވުމަށް ޓްރަމްޕް ކުރި މަސައްކަތް މަމްދާނީ ހުއްޓުވައިފި

ވަރޑް ކަޕްއާއި ދިމާކޮށް ނިއުޔޯކް އަށް ”އައިސް“ އެޖެންޓުން ފޮނުވުމަށް ރައީސް ޓްރަމްޕް ކުރި މަސައްކަތް މޭޔަރ މަމްދާނީ ހުއްޓުވައިފި އެވެ. އައިސް އެޖެންޓުންނަކީ އެމެރިކާގައި އިމިގްރޭޝަން އެންޑް ކަންސްޓަމްސް އެންފޯސްމަންޓް އޭޖެންޓުންގެ ނަމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ގުންޑާ ފައުޖެކެވެ. މިފައުޖުން އާންމު ގޮތެއްގައި ކުރާ މަސައްކަތަކީ އެހެން ގައުމު ތަކުން އެމެރިކާއަށް ބަދަލު ވެފައިވާ މީހުންގެ ދިރިއުޅުން ދަތިކޮށް އެމީހުން ގަދަބާރުން ގައުމުން ފޮނުވާލުމެވެ. މިއީ ރައީސް ޓްރަމްޕް ގެ ޚާއްސަ އެންގުމަކަށް ކުރާ […]

މުސްކުޅި އުމުރުގައި އަލުން މީހަކު ދެކެ ލޯބިވެވުމަކީ ކުށެއް ހެއްޔެވެ؟

އަހަރެންގެ އުމުރުން މިހާރު 63 އަހަރު ވެފައިވާއިރު، އަލުން މީހަކުދެކެ ލޯބިވުމަކީ ކުށެއް ހެއްޔެވެ؟މި އުމުރަށް ދާއިރު އަންހެނެއްގެ ގޮތުގައި ގިނަ ބަޔަކު ނުދެކޭނެއެވެ.މީހުންނަށް ފެންނާނީ ކޮންމެވެސް ކުދިބަޔެއްގެ މާމައެއްގެ ގޮތުގައެވެ.ތަނެއްގައި މަޑުން އިނދެ ސައިތައްޓެއްބޯލާހަދާ، މާމަ ދަރިން ބަލާދޭން ހުންނަ މީހެއްގެ ގޮތުގައެވެ.އަދި މިދުނިޔެ ދޫކޮށް ދިއުމަށް ތައްޔާރު ވަމުންދާ މީހެއްގެ ގޮތުގައެވެ. ތެދަށް ބުނަންޏާ އަހަރެންވެސް ހުރީ އެގޮތް ގަބޫލުކޮށްގެންނެވެ. އަހަރެން ކުރި ކައިވެންޏަށް 40 އަހަރު ވެފައި ވަނިކޮށް ފިރިމީހާ މަރުވީއެވެ.ފިރިމީހާ މަރުވުމަށް […]

ފިލިޕީންސް އަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 32 އަށް އަރައިފި

ފިލިޕީންސްގެ ދެކުނުގެ ޖަޒީރާއެއް ކަމުގައިވާ މިންދަނާއޯގެ އައްސޭރިފަށަށް ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައި ބިންހެލުމެއް އައިސް، ބައެއް އިމާރާތްތައް ވެއްޓި، މަރުވި މީހުން ގެ އަދަދު 32 އަށް އަރައިފިއެވެ. މަރުވި މީހުންގެ އިތުރުން ގިނަ ބަޔަކު ޒަޚަމްވެސް ވެފައި ވެއެވެ. އެމެރިކާގެ ޖިޔޮލޮޖިކަލް ސަރވޭއިން ބުނެފައިވާގޮތުގައި ބިންހެލުން އައިސްފައި ވަނީ ފިލިޕީންސް ގަޑިން ހޯމަދުވަހު ހެނދުނު 7:40 އެހާކަންހާއިރު، ބިމުގެ ސަތަހައިން ފެށިގެން 10 ކިލޯމީޓަރު އަޑިއަށް ކަމުގައެވެ. މި ހާދިސާއާ ގުޅިގެން އޭޝިޔާގެ އެކި […]

ކައިވެންޏަށް ފަހު ހަނީމޫންއަށް ދިއުމަށް ދަތުރުކުރި ހެލިކޮޕްޓަރު ވެއްޓި ފިރިހެން ކުއްޖާ މަރުވެއްޖެ

އެމެރިކާގެ ޖޯޖިއާ ސްޓޭޓް ގައި ދިރިއުޅެމުން އައި އިންޑިޔާ ދަރިކޮޅުގެ ޒުވާން ފިރިހެނަކު،ކައިވެނި ކުރުމަށްފަހު ހަނީމޫނަށް ދިއުމަށް ދަތުރުކުރި ހެލިކޮޕްޓަރު ވެއްޓި މަރުވެއްޖެއެވެ.ހެލިކޮޕްޓަރުގައި ދެމަފިރިން ދަތުރު ކުރީ ހަނީމޫނަށް ދިއުމަށް އެއާޕޯޓަށް ދިއުމަށް ކަމަށްވެއެވެ. މިހާދިސާގައި ހެލިކޮޕްޓަރު ދުއްވަން އިން ޕައިލެޓްވެސް ވަނީ މަރުވެފައެވެ. ނަމަވެސް ކައިވެނި ކުރި އަންހެން ކުއްޖާ ޖެސްނީ މަރުނުވެ ސަލާމަތް ވެފައި ވެއެވެ.މަރުވި، އުމުރުން 26 އަހަރުގެ ފިރިހެން ކުއްޖާ ޑޭވް ފިޖީ އަކީ ޑެލްޓާ އެއާލައިންސްގެ ޕައިލެޓެއް ކަމަށް ވެއެވެ.މީޑިޔާ […]

ހައްޖުގެ މަނާސިކްތައް ފުރިހަމަ ކުރަމުންދާ ހައްޖުވެރިން ”ޠަވާފުލް ވަދާއު“ ކުރުމަށް ހަރަމްފުޅަށް ޖަމާވާން ފަށައިފި

ހައްޖުގެ މަނާސިކް ތައް ފުރިހަމަ ކުރަމުންދާ ހައްޖުވެރިން، މަދީނާ އަށް ނުވަތަ އަމިއްލަ ގައުމަށް ދަތުރު ފެށުމުގެ ކުރިން ”ޠަވާފުލް ވަދާއު“ ނުވަތަ ވަދާއުގެ ތަވާފް އަދާކުރުމަށް ގެފުޅު އަރިހަށް ޖަމާވާން ފަށައިފިއެވެ. މިގޮތުން މިނާ އަދި މުޒްދަލިފާގައި އަދާކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު ހުކުރު ދުވަހުވަނީ ހައްޖުވެރިންގެ ގްރޫޕްތައް އެނބުރި މައްކާއަށް ދާންފަށާފައެވެ.މިހުރިހާ ހައްޖުވެރިންވެސް ފެންނަމުންދަނީ ހައްޖުގެ ކަންކަން ފުރިހަމަ ކުރެވުމުގެ އުފަލުގައި ތިބީތީކަމަށް ރިޕޯޓްތައް ބުނެއެވެ.ޠަވާފުލް ވަދާއު އަކީ ހައްޖުގެ މަނާސިކްތަކުގެ ތެރޭން އެންމެ […]

ތެދު ބުނެގެން އަހަރެންގެ މާމަ ދަރިންނާ ވަކިވާން ޖެހިދާނެ ކަމަށް އަހަރެން ދުވަހަކުވެސް ހިތަކަށް ނާރައެވެ.

އަހަރެންގެ ދަރިފުޅުގެ ކައިވެނި ރޫޅުނު މައްސަލައިގައި އޭނަ ކުށްވެރި ކުރަނީ އަހަރެންނެވެ.އަހަރެންގެ ނަމަކީ ޑައޭން އެވެ. އުމުރަކީ 63 އަހަރެވެ. އަހަރެންގެ ފިރިހެން ދަރިފުޅު މައިކަލް އަހަރެންނާ ވާހަކަ ނުދައްކާތާ ދެއަހަރު ވަނީ އެވެ.އޭނަކައިރީ މީހަކު މިކަމާބެހޭގޮތުން ސުވާލިކޮށްފިނަމަ ބުނާނެ ހެންހީވަނީ ވާހަކަ ނުދައްކަނީ އޭނަގެ ދިރިއުޅުން ހަލާކޮށްލީމައެވެ. ނަމަވެސް ހަގީގަތަކީ އޭނާގެ އާއިލާ ރޫޅޫނީ އޭނާ އިހްތިޔާރު ކުރި މަގުގެ ސަބަބުން ކަމެވެ. އަހަރެން އެއްޗެއް ނުބުނެ ހުރިނަމަ އޭގެ މާނަޔަކީ އަހަރެންގެ އަމިއްލަ ނަފްސަށްވެސް […]

އެމެރިކާ ސިފައިން އަނެއްކާވެސް އީރާނަށް ހަމަލާތަކެއް ދީފި

އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ދެކުނުގެ ބައެއްހިސާބުތަކަށް އަނެއްކާވެސް ހަމަލާތަކެއް ދީފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފިއެވެ. އެފަރާތުން ބުނެފައިވާ ގޮތުގައި ދެކުނު އީރާނުގައިވާ މިސައިލް ސައިޓްތަކާއި އަދި ކަނޑުގައި މައިން ހަރުކުރުމަށް މަސައްކަތް ކުރަމުން ދިޔަ ބޯޓުތަކަށް އަމާޒުކޮށް ހަމަލާދިނީ ”އޮޕަރޭޝަން ފްރީޑަމް“ ގެ ދަށުން އަމިއްލަ ދިފާއުގައެވެ. ސެންޓްރަލް ކޮމާންޑްގެ ތަރުޖަމާނަކު ބުނީ މިހާރު އަމަލު ކުރަމުންދާ ”ސީޒްފަޔާ“ ނުވަތަ ހަމަލާތައް މެދު ކަނޑާލުމުގެ އެއްބަސްވުމަށް އަމަލު ކުރަމުން ދިއުމާއި އެކުވެސް އަމިއްލަ ފައުޖް […]

ކޯރުގެ ފެންގަނޑަށް އެޅޭ އިރުގެ ދޯދިތައް ބަލާލަން އިންނަ އިރު ….

ކައިވެންޏަށް 38 އަހަރު ވެފައި ވަނިކޮށް ފިރިމީހާ އަހަރެންނަށް ބޭވަފާތެރި ވިއެވެ.އެއަށް ފަހު އެބޮޑު ދޮގު އަހަރެންނަށް ބަލައެއް ނުގަނެވުނެވެ.އެހެންވެ އަހަރެން އެދުނީ ވަރިވާށެވެ. އަހަރެންނާއި ފިރިމީހާ ރިޗަރޑް ކޮލެޖް ދުވަސް ވަރުން ފެށިގެން އެކަކު އަނެކަކު ދަންނަމެވެ.އަދި ކޮންމެވެސް ހިސާބަކުން ދެމީހުން ލޯބިވެރިންނަށް ވިއެވެ.ކައިވެނި ކުރި އިރު ދެމީހުންގެވެސް އުމުރުން 22 އަހަރެވެ.އަހަރުމެންގެ ކައިވެނި ވަރަށްވެސް އުފާވެރިއެވެ.އަހަރެން ހީކުރީ އެހެން ކަމަށެވެ. ދެދަރިން ލިބިފައި ވެއެވެ.އެލެކްސް އާއި ޖީނާއެވެ. ފަސް މާމަ ދަރިން ލިބިފައި ވެއެވެ. […]

ހައްޖުވެރިންނަށްޓަކައި ވިޔަފާރި ކުރާތަންތައް ތައްޔާރުވެފައި ހުރި މިންވަރު ބަލަން އިންސްޕެކްޝަންތަކެއް

ހައްޖުވުމަށްޓަކައި ސައޫދީއަރަބިއްޔާއަށްދާ ހައްޖުވެރިންނަށްޓަކައި ވިޔަފާރި ކުރާތަންތައް ތައްޔާރުވެފައި ހުރި މިންވަރު ބެލުމަށް ބޮޑެތި ކޮމާޝަލް ވިޔަފާރިތަކާއި ރީޓެއިލް އައުތްލެޓްތައް އިންސްޕެކްޓް ކުރުމުގެ ޚާއްސަ މަސައްކަތް ތަކެއް ކޮށްފައިވާ ކަމަށް އެގައުމުގެ މިނިސްޓްރީ އޮފް ކޮމާސް އިން އިއުލާން ކޮށްފިއެވެ. މިގޮތުން ނިމުނު ޒުލްގައިދާ މަހުގެތެރޭގައި 42،791އިންސްޕެކްޝަން ކޮށްފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ. މިފަދަ އިންސްޕެކްޝަން ތަކުގެ ބޭނުމަކީ މުދަލުގެ ސަޕްލައި ފުދޭވަރަށް ލިބެމުންދާނެކަން ޔަގީން ކުރުމާއި މުދަލުގެ ފެންވަރު ބަލާ ފާސްކުރުމެވެ. މައްކާ އަދި މަދީނާގެ ބޮޑެތި […]