ފިލިޕީންސް އަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 32 އަށް އަރައިފި

Loading

Facebook
Twitter
WhatsApp

ފިލިޕީންސްގެ ދެކުނުގެ ޖަޒީރާއެއް ކަމުގައިވާ މިންދަނާއޯގެ އައްސޭރިފަށަށް ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައި ބިންހެލުމެއް އައިސް، ބައެއް އިމާރާތްތައް ވެއްޓި، މަރުވި މީހުން ގެ އަދަދު 32 އަށް އަރައިފިއެވެ. މަރުވި މީހުންގެ އިތުރުން ގިނަ ބަޔަކު ޒަޚަމްވެސް ވެފައި ވެއެވެ.


އެމެރިކާގެ ޖިޔޮލޮޖިކަލް ސަރވޭއިން ބުނެފައިވާގޮތުގައި ބިންހެލުން އައިސްފައި ވަނީ ފިލިޕީންސް ގަޑިން ހޯމަދުވަހު ހެނދުނު 7:40 އެހާކަންހާއިރު، ބިމުގެ ސަތަހައިން ފެށިގެން 10 ކިލޯމީޓަރު އަޑިއަށް ކަމުގައެވެ. މި ހާދިސާއާ ގުޅިގެން އޭޝިޔާގެ އެކި ޤައުމުތަކަށް ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ.މީގެ ތެރޭގައި އިންޑޮނީޝިޔާ، ޖަޕާން އަދި އޮސްޓްރޭލިޔާ ހިމެނެއެވެ. ނަމަވެސް ފަހުން ވަނީ ސުނާމީގެ އިންޒާރު ވީއްލާފައެވެ.

ފިލިޕީންސްގެއިދާރާތަކުން ބުނެފައިވާ ގޮތުގައި ބިންހެލުމަށްފަހު އައި ލޮޅުންތަކުގެ އަސަރު އެއް ގަޑިއިރަށް ދެމިގެންދިޔަ އެވެ. ބިންހެލުމާ ގުޅިގެން މިންދަނާއޯގެ ޖެނެރަލް ސަންތޯސް ގެ ބައެއްއިމާރާތްތައް ވެއްޓޭ މަންޒަރު ފެންނަ ވީޑިއީ ތައް އާންމުވެފައިވާއިރު، މަގުތަކަށްވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. ބައެއް އިމާރާތްތަކުގެ ފުރާޅުތައް ވެއްޓި، ދޮރުތަކާއި ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާ މަންޒަރު ވީޑިއޯ ތަކުން ފެނެއެވެ. މިހާދިސާގައި ބޮޑު ހަތަރު ޕްރޮވިންސަކުން 134 މީހުންނަށް އެކި އަނިޔާތައް ލިބިފައިވާ ކަން ވަނީ ހާމަވެފައެވެ.
މި ހާދިސާއާ ގުޅިގެން ފިލިޕީންސްގެ ރައީސް ފަރޑިނަންޑް މާކޯސް ޖޫނިއަރ ވަނީ އެ ޤައުމުގެ ކާރިސާތަކާ ބެހޭ ޤައުމީ އިދާރާތައް ހަރަކާތްތެރި ކުރުވައި، އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ވަގުތުން އުސް ބިންތަކަށް ބަދަލުވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި، ބިންހެލުމުގައި ގެއްލުން ލިބުނު ނުވަ ޕްރޮވިންސެއްގެ މަދަރުސާތަކެއް ވަގުތީ ގޮތުން ބަންދުކޮށް، ބަނދަރުތަކުގައި ހުރި އުޅަނދުފަހަރު ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުރުމަށް ވަނީ އަންގަވާފައެވެ. މާކޯސް ވަނީ އެހީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ހުރިހާ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރިޔަށް ގެންދާކަމަށް ވިދާޅުވެފައެވެ.
ބިންހެލުމުގައި ސަރަންގަނީ ޕްރޮވިންސުން ކަރަންޓާއި މުވާޞަލާތީ ޚިދުމަތްތައް މެދުކެނޑި،ބައެއް ބުރިޖުތަކަށް ވެސް ވަނީ ގެއްލުންވެފައެވެ.
ބިންހެލުމާއި ގުޅިގެން ފިލިޕީންސްގެ އައްސޭރިފަށަށް ތިން މީޓަރުގެ އުސް ރާޅު އެރުން އެކަށީގެންވާކަމަށް ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރުން ލަފާ ކުރިއެވެ. އަދި އިންޑޮނީޝިޔާ، މެލޭޝިޔާ، ޖަޕާން، ތައިވާން އަދި މައިކްރޮނޭޝިޔާ ހިމެނޭ ގޮތުން ސަރަޙައްދީ އެހެން ޤައުމުތަކަށް ވެސް ސުނާމީގެ އަސަރު ކުރާނެ ކަމަށް ލަފާކޮށް، އެ ޤައުމުތަކުން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ.
ހޯމަ ދުވަހަކީ ފިލިޕީންސްގައި އައު އެކަޑަމިކް އަހަރުގެ ފުރަތަމަ ދުވަހެވެ. ނަމަވެސް ބިންހެލުން އައި ސަރަހައްދުތަކުގެ ސްކޫލްތައް ވަނީ ބަންދު ކުރަން އަންގާފައެވެ.
މިންދަނާއޯ އަކީ ސައިޒްގެ ގޮތުންނާއި އާބާދީގެ ގޮތުން ފިލިޕީންސްގެ ދެވަނަޔަށް އެންމެ ބޮޑު ޖަޒީރާ ކަމަށްވާއިރު، އެތަނުގައި 26 މިލިއަން މީހުންގެ އާބާދީ އެއް އޮވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް