މި ޑިމޮކްރަސީ އަކުން މިންޖެއް ނުވެވުނު

1978 އިން 2008 އަށް ކިނބިގަސްދޮށުގޭ މައުމޫން ރައީސްކަން ކުރެއްވި ދުވަސްވަރު ހުދުމުޚުތާރުކަން ބޮޑުވެގެން އޭރުގެ ބައެއް ހަރުމީހުން، މެދު އުމުރުގެ މީހުން އަދި ޒުވާނުން ރައީސް މައުމޫނުގެ ވެރިކަމާ ދެކޮޅަށް އެކިސިފަސިފައިގައި އިދިކޮޅު ހެދިއެވެ. މީގެ ތެރެއިން ބައެއް މީހުން 2008 ގައި މައުމޫންގެ ވެރިކަން ބަދަލުވިއިރު ދުނިޔެ ދޫކޮށް، އަނެއް ބައި މީހުން ބަލި އެނދުގައި، ބައެއް މީހުންގެ ދިރިއުޅުން މުޅީން ފަނާކޮށްލާ، އަނެއް ބައި މީހުންގެ އަބުރު މުޅިއުމުރަށް ކަތިލައި އަދި ޒުވާން […]

ބޮޑު ޢީދުގެ އާދަކާދަ ތަކުން ހާސަރެއް

ފަސް ދިހަ އަހަރު ދުނިޔޭގައި ހުރުމުގެ ހެޔޮ ތަޢުފީޤު ލިބުނު އިރު ގިނަކަންކަން ފެނި އެނގިއްޖެއެވެ. ބައެއް ކަންކަން އަލުން އުފަންވެ ދިވެހީންގެ އާދަކާދައަށް ވީތަނެވެ. ދިވެހީންގެ އަމިއްލަ ވަންތަ ސަގާފަތްތައް ނެތި ދިޔުމުގެ ކުލަވަރު އަދި ބައެއް ސަގާފީ ކަންކަން ނެތި ހިނގާދިޔަ ތަނެވެ. ޤައުމުގެ ކަންކަން ރާވާ ހިނގަން ތިއްބެވި ބައެއް ބޭފުޅުންގެ އިހުމާލުންނެވެ. ނުވަތަ ގަޞްދުގައި އެކަންކަން އުވިދިޔަ ދިނީއެވެ. އެހެނީ އެއީ ކަޓު ކުޅިވަރިތައް ކަމަށް ވިސްނައި ދިނީއެވެ. މިސާލަކަށް ކިޔެވުމަށް […]

ރައީސް ޑރ.މުޢިއްޒުއަށް ހުޅުވާލެވިފައިވާ ސިޓީއެއް

2008 ވަނަ އަހަރު ދިވެހިރާއްޖޭގައި ތަޞްދީޤު ކުރެވުނު ފެހި ޤާނޫނު އަސާސީގެ ދަށުން 04 ދައުރެއްގައި ދިވެހިރާއްޖޭގައި 04 ބޭފުޅަކު ވެރިކަން ކޮށްފިއެވެ. ދިވެހިރާއްޖޭގެ ދަރަނި 120 ބިލިއަން ރުފިޔާ އަށް އަރައިފިއެވެ. ޖީޑީޕީ ނިސްބަތުން މި ދަރަންޏަކީ ދިވެހިރާއްޖެ ފަދަ ޤުދުރަތީ ރިސޯސްތަކެއް ނެތް ޤައުމަކަށް ވަރަށް ބޮޑު ބުރައެކެވެ. މި ސިޓީގައި މައިގަނޑު ގޮތެއްގައި ދެތިން ކަމެއް ފާހަގަ ކޮށްލަން ބޭނުމެވެ. ޤާނޫނު އަސާސީގެ މައްދާތަކަކީ މުޅި މަޖިލިސްގެ ވަރަށް ބޮޑު އަޣުލަބިއްޔަތެއް ލިބިގެންނޫނީ […]

ރައްޔިތުންގެ މަޖިލިސް ޠާހިރުވުން

ދިވެހިރާއްޖޭގައި 1978 އިން 2008 އަށް ކުރެވުނު ދިގު ނާމާން ވެރިކަން ބަދަލު ކުރުމަށް ކުރެވުނު ކަންތައްތަކުގައި އެތަކެއް ބަޔަކަށް ގެއްލުންވިއެވެ. ބައެއް މީހުން ޝަހީދު ވިއެވެ. އަނެއް ބައި މީހުންގެ މުޅި ދިރިއުޅުން ސުންނާފަތި ވިއެވެ. އަނެއްބައި މީހުންގެ އަބުރު މުޅި އުމުރަށް ކަތިލެވުނެވެ. 1972 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު (ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ) ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފު ކުރެއްވީ ބޭރުގެ މާހިރުން ދިވެހިރާއްޖޭގައި ފަތުރުވެރިކަން ނުކުރެވޭނެ […]

30 ސެޕްޓެމްބަރަށް ދިވެހީން ސަމާލުވޭ!!!

އާދެ! 09 ސެޕްޓެމްބަރ 2023 ގައި ނެގުނު ރިޔާސީ އިންތިޚާބުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތަ އަށްވުރެ މަތިން ލިބިފައި ނުވާތީ، އެންމެ ގިނައިން ވޯޓު ހޯދި ދެ ކެނޑިޑޭޓުން މެދުގައި 30 ސެޕްޓެމްބަރ 2023ގައި އަލުން ވޯޓުލެވޭނެއެވެ. އެހެންކަމުން ދިވެހީން އަދިވެސް ނިކަން ހުޝިޔާރުވެ ތިބެން އެބަޖެހެއެވެ.  އަހުރެންގެ ނަޒަރުގައި މިފަހަރު ކިންގް މޭކަރ އެއް ނެތެވެ. އެހެނީ ޑރ. މުއިއްޒު އެކަނި ލިބިވަޑައިގަތީ 100723 ވޯޓެވެ. ހަމައެހެންމެ އެމް.ޑީ.ޕީ އަށް ލިބުނު 85126 ވޯޓު އަދި ޑިމޮކްރެޓްސް އަށް […]

ޤައުމު އެއީ ރައްޔަތުންގެ މަންމަ

ދިވެހިރާއްޖެ އަކީ މީގެ އެތަކެއް ހާސް އަހަރުކުރިން މީހުން އާބާދުވެފައިވާ ކުދި ޖަޒީރާ ރައްތަކަކުން އުފެދިފައިވާ ޤައުމެކެވެ. އަހުރެމެންގެ ކާބަފައިން މި ޤައުމު އަހުރެމެނާ ހަމައަށް ގެނެސްދިނީ ވަރަށް މަތިވެރި ޤުރުބާނީ ތަކެއް ވެގެންނެވެ. ވަރަށް ފުދުންތެރިކަމާއެކު ވަރަށް އަބުރުވެރިކަމާއި އެކުއެވެ.  ނަމަވެސް އެދުވަސް މާޒީވެއްޖެއެވެ. އެއީ އިއްޔެއެވެ. މިއަދު މިވަނީ ތަރައްޤީގެ އެކިއެކި ކުލަކުލައިން ޤައުމު ޖަރީވެފައެވެ. އެކަމަކު ރައްޔިތުން އުޅެނީ ހާސްކަންމަތިގައެވެ. ގައުމު މިއޮތީ ބޮޑުތަނުން ދަރުވާލައިފައެވެ. ޒިންމާނަގާނެ ވެރިޔަކު ނެތެވެ. ހުރިހާ ދަރަންޏެއް ރައްޔަތުންގެ ބޮލުގައި އަޅުވާފައެވެ. އަދި ނުވިތާކަށް […]

ސިޔާސީ ގޮތުން ވަކަރަށް ޖެހުން

ޑިމޮކްރެސީ ކިޔާ އެއްޗެއް އޭގެ ނަން ހިފައިގެން މި ރާއްޖެ އަށް ނަޔަސް މި ޤައުމުގައި ޑިމޮކްރެސީ އެންމެ އިހުށްސުރެން އޮވެއެވެ. ދެކުނު އޭޝިއާގެ ތާރީޚަށް ބަލާލާއިރު ދިވެހިރާއްޖެއަކީ މި ޞަރަހައްދުގައި އެންމެ ފުރަތަމަ ދުސްތޫރެއް އެކުލަވާލި ޤައުމެވެ. ފުރަމާލޭގެ ގުޅަކުޅޭ ފަސަގަނޑަކީ ޑިމޮކްރެސީ ގެ ތަންމަތި ކަމުގައި ދެންނެވުމަކީ އެހެން ކަންކަމަށް ބުނެވޭނެ ކުޑައިމީސް ބަހެއް ނޫންކަމުގައި އަޅުގަނޑު ދެކެމެވެ. ރިޔާސީ އިންތިޚާބު 2023 ގެ ކޭމްޕޭން ތެރެއިން ޑރ. މުއިއްޒު ކުރައްވާފައި ހުރި ބައެއް ކަންކަމަށް […]

ނަޝީދަކީވެސް ކަތުރުފަންޏެއްތަ؟

ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަމުގެ ސިއްކަ ޖެހެން ދިމާވި ޙާދިސާއަކީ 2003 ވަނަ އަހަރު މާފުށީ ޖަލުގައި ވަރަށް އަނިޔާވެރިކޮށް މަރާލެވުނު މާފަންނު އޭޝިއާ އިވާން ނަސީމްގެ މަރުގެ ޙާދިސާއެވެ. އީވާންގެ މަރަށްފަހު ގައިދީން ހަޅުތާލު ކުރުމުން ސިފައިން ބަޑިޖަހައި ވެސް ތިން ޒުވާނަކު މަރައިލި އެވެ. އެއީ ޅ. ނައިފަރު، ސިނަމާގޭ، އަލީ އަސްލަމް، 18، އާއި ގއ. ވިލިނގިލީ، ޖަނަވަރީމާގޭ، އަހުމަދު ޝިޔާޒް، 18، އާއި މ. ބިންއުނިމާގޭ، އަބްދުﷲ ”ކްލިންޓަން“ އަމީން، 23، އެވެ. މި ހާދިސާ ހނގީ […]

ޒުވާނުން އަވަދިވުން!

11 ނޮވެމްބަރ 1978 ގައި ދިވެހިރާއްޖޭގައި އުފެދުނު ސަރުކާރު 30 އަހަރަށް ދިގުދެމިގެން ދިޔުމުގެ ސަބަބުން ދިވެހީންގެ އެތަކެއް ކަމެއް އަނބުރާ އިއާދަ ނުވާނޭ މިންވަރަށް ގެއްލިގެން ދިޔައެވެ. ބައެއް އިސްރަށްވެހިން ވިދާޅުވަނީ އެއީ ދިވެހީންގެ ތެރޭގައި އުޅުނު ބައެއް މީހުންގެ ސަބަބުން ދިމާވި ކަމެއްކަމުގައެވެ. ނަމަވެސް މިއީ މުޅިން ޙަޤީޤަތެއް ނޫނެވެ.  19 ވަނަ ޤަރުނު އަދި 20 ވަނަ ޤަރުނުގައި ދިވެހިރާއްޖޭގައި ފައިތިލަ ސާބިތުކޮށްގެން ތިބި ވޯރާ ވިޔަފާރިވެރީން އޭރުގެ ޒުވާނުންނަށް އަދި ގުޑުގުޑާ ހިއްޕަވާ ބޭފުޅުންނަށް މޮޅު […]

ދައުލަތް ފޮތިފޮތިކޮށްލުން!

ދިވެހި ދައުލަތަކީ ދިވެހިރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާރޓީތަކެއްގެ މައްޗަށް ފޮތިފޮތިކޮށް ބަހާލައިގެން ހިންގަންޖެހޭ އެއްޗަކަށް މިއަދު މިއޮތީ ވެފައެވެ. ބަޔަކު ހެޔޮނިޔަތެއްގައި ކުރި ޖިހާދެއް ނަމަވެސް ގެނެވުނު ގޮތްނޭގޭ ޑިމޮކްރެސީ ސަބަބުން ދިމަވި ނިކަމެތި ޙާލަތެކޭ މިހާރު ބުނެވިދާނެއެވެ. ޕާރޓީ ސިސްޓަމް އުފެދިގެން 2008ގެ ފަހުން ބޭއްވުނު އެއްވެސް އިންތިޚާބެއްގައި އެއްޕާރޓީއަކަށް ވެރިކަން ކުރުމުގެ ފުރުޞަތެއް މިހާތަނަށް ނުލިބުމުގެ ސަބަބެވެ. ޖުމްހޫރީ ޕާރޓީގެ ލީޑަރުގެ ޕްރޮފައިލްގައި މިހާރު މަދީ ރާއްޖޭގެ ވެރިކަން ކުރިކަމުގެ ޖުމްލަ އެކަންޏެވެ.  20 ވަނަ ޤަރުނު ނިމުނުއިރު ދުނިޔޭގެ […]