ރައްޔިތުންގެ މަޖިލިސް ޠާހިރުވުން

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖޭގައި 1978 އިން 2008 އަށް ކުރެވުނު ދިގު ނާމާން ވެރިކަން ބަދަލު ކުރުމަށް ކުރެވުނު ކަންތައްތަކުގައި އެތަކެއް ބަޔަކަށް ގެއްލުންވިއެވެ. ބައެއް މީހުން ޝަހީދު ވިއެވެ. އަނެއް ބައި މީހުންގެ މުޅި ދިރިއުޅުން ސުންނާފަތި ވިއެވެ. އަނެއްބައި މީހުންގެ އަބުރު މުޅި އުމުރަށް ކަތިލެވުނެވެ.

1972 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު (ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ) ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފު ކުރެއްވީ ބޭރުގެ މާހިރުން ދިވެހިރާއްޖޭގައި ފަތުރުވެރިކަން ނުކުރެވޭނެ ކަމަށް ލަފާދީފައިވަނިކޮށެވެ. 

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ދިވެހިރާއްޖޭގެ ވެރިކަން ލިބުނީ ފަތުރުވެރިކަމުގެ ނަފާ ފުރިހަމައަށް ލިބެމުން ދިޔަ ދުވަސްވަރުއެވެ. އެހެނަސް އެ ނަފާ ރައްޔިތުންގެ އެއްވެސް ކަމަކު ނުލިބުނެވެ. ޑުބާއީ ފަދަތަންތަން ހިއްކައިގެން ތަރައްގީވީއިރު ކުރީގެ ރައީސް މައުމޫން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުން ލިބުނު ނަފާއަށް ކުރީ ކޮންކަމެއްތޯއެވެ.

ރާއްޖެތެރޭގައި ސްކޫލްތައް އެޅީ ޖަޕާނު ސަރުކާރުންނެވެ. ފެންތާނގީތައް ހެދީ ވެސް ބޭރުގެ އެހީތަކުންނެވެ. މަޖިލިސް އިމާރާތް ޕާކިސްތާނުންނެވެ. އައިޖީއެމްއެޗް އިންޑިއާއިންނެވެ. ދާރުލްއާސާރު އަދި ލައިބްރަރީ ޗައިނާއިންނެވެ. މިހެން ގޮސް ދަންނަވާންވެއްޖެނަމަ އެ ލިސްޓް ނުހަނު ދިގެވެ. 

1978 އިން 2008 އަށް ބެލީ ރިއަލް އެސްޓޭޓް ބިންގާ އަޅާނެ ގޮތެވެ. ރައްޔިތުން ކޮތަރު ކޮށިތަކުގައި ބަންދު ކުރާނެ ގޮތެވެ. ފަތުރުވެރިކަމުން ލިބުނު ނަފާ ބޭނުން ކޮށްގެން ކައިރި ފަޅުތައް ހިއްކާކަށް ނުވިސްނައެވެ. ހުޅުމާލެއަކީ މާލެ “ފަޅައިގެން ގޮސްދާނެހެން“ ހީވީމާ މަޖުބޫރުވެގެން ހިއްކި ތަނެކެވެ. ގޯތި ދިނުމުގެ ވިސްނުމެއް ނެތެވެ. އެހެނީ އޭރުން ރައްޔިތުން ތަހުޒީބު ވެދާނެތީއެވެ. 

2008 ގައި ވެރިކަން ބަދަލު ކުރީ އެތަކެއް ރައްޔިތުންގެ ގުރުބާނީއަކުންނެވެ. މި ލިޔުން ލިޔާ މީހާ ހަމަ ލޮލުން މި އަނިޔާތައް ދުށީމެވެ. އަހަރުމެން ބޭނުންވީ ދިވެހިރާއްޖެ އަބުރުވެރި ތަނަކަށް ހެދުމަށެވެ. އެހެނަސް 2008 ގައި ދިވެހިރާއްޖެ މިސްރާބު އަނެއް ދިވެހިރާއްޖެއަށް ދިޔުމުން ރައްޔިތުންގެ މަޖިލިސް އަށް ހޮވުނީ ހުޅަނގުގެ ފިކުރިއްޔާތު ފެތުރުމަށް ފެންބޮވައިގެންފައިވާ ބަޔެއްގެ އަތްމައްޗަށެވެ. 

ގަދަ ކީރިތިވަންތަ ރައްބުގެ ހަޟުރަތަށް ޙަމްދު ކުރަމެވެ. 21 އޭޕްރީލް 2024 ގައި ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުން، މަޖިލިސް ތެރޭގައި ދުންމާރި ފުމޭ ގްރޫޕް ބޭރުވެއްޖެއެވެ. ދެން ދުވަހަކުވެސް ގާނޫނުއަސާސީގައި މާތް ގެ ކަލިމަފުޅު ލިޔެފައިވަނިކޮށް އެއަށް މަޖިލިސް ތެރޭގައި ކޮޅުފައިން އަރާނޭ މަންޒަރު ނުފެންނާނޭ ކަމަށްވެސް އުންމީދު ކުރެވެއެވެ. ދިވެހި ގައުމުގެ ކަރާމަތާއި ޝަރަފު އެ މަޖިލިސްއެއްގައި ދައްކަންޖެހޭ މަޖިލިސް ޠާހިރުވެއްޖެ ކަމަށް އުންމީދު ކުރަމެވެ. ގޭރެތޭގެ ފެންޑާގައި އާއިލާއާއި މަޖިލިސްގެ ސެޝަންތައް ބަލާލެވޭ ކަހަލަ މަޖިލިސް އަކަށް 20 ވަނަ މަޖިލިސް ވާނޭ ކަމުގެ އުންމީދު ކުރެވެއެވެ.

އަޅުގަނޑުމެން ދިވެހީންނަކީ އެއްބަޔަކު އަނެއްބަޔަކުދެކެ ވަރަށް އޯގާތެރިކޮށް އުޅުނު އަބުރުވެރި ބަޔެކެވެ. 20 ވަނަ މަޖިލިސްއިން އަލުން ދިވެހީންގެ ޝަރަފު ނަގަހައްޓާނޭކަމަށް ދެކެމެވެ.

މިއީ 20 އަހަރަށް ފަހު ފުންނޭވާއެއް ލެވުނު ދުވަހެކެވެ. މި ގައުމުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ޖާގައެއް ނެތްކަން ސާބިތު ވެއްޖެއެވެ. 19 ވަނަ މަޖިލިސްގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުން އަޅައި ނުލިޔަސް 20 ވަނަ މަޖިލިސްގައި އިސްލާމް ދީނަށް ފުރައްސާރަކުރާ ފަރާތްތަކަށް އަދަބުދެވޭނެ ފަދަ ގޮތްތައް ހައްދަވާނެ ކަމަށް އުންމީދުކުރަމެވެ. މިސްކިތްތައް ހަޑިކުރުމާއި މިސްކިތްތަކަށް ކުޑަކަމު ދިޔުމާއި ބޮޑުކަމުދިޔުން އެއީ ކުށްވެރި ކުރެވޭނެ ވަރުގެ މަޖިލިސް އަކަށް 20ވަނަ މަޖިލިސް ވާނޭކަމުގެ އުންމީދު ވެސް ބޮޑެވެ. 

މާތް ﷲ އަޅުގަނޑުމެންގެ މި ގައުމު ސަލާމަތާއި އަމާންކަން މަތީގައި އަބަދުގެއަބަދަށް ލަހައްޓަވާށިއެވެ! އާމީން!

 (وما توفيقي الا بالله)

Loading

3 Responses

  1. ވަރަށް ރަނގަޅު، މަޖިލިހުގަ އަވަގުރާނަ ގޮވަން ދެވި ހިފާފަ ހުރި މީހެއް ކަންނޭނގެ ދެން މަޖިލިހުގެ ރައީސްގެ މަގާމަށް އަންނާނީ، އޭރުން ހުންނާނީ ތިޔަތަން ތާހިރުވެފަ.

  2. Varah gina ganga starsand masthuvefa tibeymihun hovaifai vanii. ALLAH GE HEYO RAHMAI OTHII MIMIHUN RAEESGE BAS GABOOL KOGGEN RANGALHAH ULHEFIYYA RANGALHU. Ekam adhi beyru kollan vaa bayak anekka vess ebaulhey, redwave salaam, sun shiy, burumaa gasim, Adhurey, mi muskulhin , mihaaru miufedhenee aslu vv zuvaan v fresh majeleeheh. Ebeyfulhun amilla ah isthiufaa dhifa dhaanvii. Zuvaanunnah furusath dhifa

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް