30 ސެޕްޓެމްބަރަށް ދިވެހީން ސަމާލުވޭ!!!

އާދެ! 09 ސެޕްޓެމްބަރ 2023 ގައި ނެގުނު ރިޔާސީ އިންތިޚާބުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތަ އަށްވުރެ މަތިން ލިބިފައި ނުވާތީ، އެންމެ ގިނައިން ވޯޓު ހޯދި ދެ ކެނޑިޑޭޓުން މެދުގައި 30 ސެޕްޓެމްބަރ 2023ގައި އަލުން ވޯޓުލެވޭނެއެވެ. އެހެންކަމުން ދިވެހީން އަދިވެސް ނިކަން ހުޝިޔާރުވެ ތިބެން އެބަޖެހެއެވެ.  އަހުރެންގެ ނަޒަރުގައި މިފަހަރު ކިންގް މޭކަރ އެއް ނެތެވެ. އެހެނީ ޑރ. މުއިއްޒު އެކަނި ލިބިވަޑައިގަތީ 100723 ވޯޓެވެ. ހަމައެހެންމެ އެމް.ޑީ.ޕީ އަށް ލިބުނު 85126 ވޯޓު އަދި ޑިމޮކްރެޓްސް އަށް […]

ޤައުމު އެއީ ރައްޔަތުންގެ މަންމަ

ދިވެހިރާއްޖެ އަކީ މީގެ އެތަކެއް ހާސް އަހަރުކުރިން މީހުން އާބާދުވެފައިވާ ކުދި ޖަޒީރާ ރައްތަކަކުން އުފެދިފައިވާ ޤައުމެކެވެ. އަހުރެމެންގެ ކާބަފައިން މި ޤައުމު އަހުރެމެނާ ހަމައަށް ގެނެސްދިނީ ވަރަށް މަތިވެރި ޤުރުބާނީ ތަކެއް ވެގެންނެވެ. ވަރަށް ފުދުންތެރިކަމާއެކު ވަރަށް އަބުރުވެރިކަމާއި އެކުއެވެ.  ނަމަވެސް އެދުވަސް މާޒީވެއްޖެއެވެ. އެއީ އިއްޔެއެވެ. މިއަދު މިވަނީ ތަރައްޤީގެ އެކިއެކި ކުލަކުލައިން ޤައުމު ޖަރީވެފައެވެ. އެކަމަކު ރައްޔިތުން އުޅެނީ ހާސްކަންމަތިގައެވެ. ގައުމު މިއޮތީ ބޮޑުތަނުން ދަރުވާލައިފައެވެ. ޒިންމާނަގާނެ ވެރިޔަކު ނެތެވެ. ހުރިހާ ދަރަންޏެއް ރައްޔަތުންގެ ބޮލުގައި އަޅުވާފައެވެ. އަދި ނުވިތާކަށް […]

ސިޔާސީ ގޮތުން ވަކަރަށް ޖެހުން

ޑިމޮކްރެސީ ކިޔާ އެއްޗެއް އޭގެ ނަން ހިފައިގެން މި ރާއްޖެ އަށް ނަޔަސް މި ޤައުމުގައި ޑިމޮކްރެސީ އެންމެ އިހުށްސުރެން އޮވެއެވެ. ދެކުނު އޭޝިއާގެ ތާރީޚަށް ބަލާލާއިރު ދިވެހިރާއްޖެއަކީ މި ޞަރަހައްދުގައި އެންމެ ފުރަތަމަ ދުސްތޫރެއް އެކުލަވާލި ޤައުމެވެ. ފުރަމާލޭގެ ގުޅަކުޅޭ ފަސަގަނޑަކީ ޑިމޮކްރެސީ ގެ ތަންމަތި ކަމުގައި ދެންނެވުމަކީ އެހެން ކަންކަމަށް ބުނެވޭނެ ކުޑައިމީސް ބަހެއް ނޫންކަމުގައި އަޅުގަނޑު ދެކެމެވެ. ރިޔާސީ އިންތިޚާބު 2023 ގެ ކޭމްޕޭން ތެރެއިން ޑރ. މުއިއްޒު ކުރައްވާފައި ހުރި ބައެއް ކަންކަމަށް […]

ނަޝީދަކީވެސް ކަތުރުފަންޏެއްތަ؟

ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަމުގެ ސިއްކަ ޖެހެން ދިމާވި ޙާދިސާއަކީ 2003 ވަނަ އަހަރު މާފުށީ ޖަލުގައި ވަރަށް އަނިޔާވެރިކޮށް މަރާލެވުނު މާފަންނު އޭޝިއާ އިވާން ނަސީމްގެ މަރުގެ ޙާދިސާއެވެ. އީވާންގެ މަރަށްފަހު ގައިދީން ހަޅުތާލު ކުރުމުން ސިފައިން ބަޑިޖަހައި ވެސް ތިން ޒުވާނަކު މަރައިލި އެވެ. އެއީ ޅ. ނައިފަރު، ސިނަމާގޭ، އަލީ އަސްލަމް، 18، އާއި ގއ. ވިލިނގިލީ، ޖަނަވަރީމާގޭ، އަހުމަދު ޝިޔާޒް، 18، އާއި މ. ބިންއުނިމާގޭ، އަބްދުﷲ ”ކްލިންޓަން“ އަމީން، 23، އެވެ. މި ހާދިސާ ހނގީ […]

ޒުވާނުން އަވަދިވުން!

11 ނޮވެމްބަރ 1978 ގައި ދިވެހިރާއްޖޭގައި އުފެދުނު ސަރުކާރު 30 އަހަރަށް ދިގުދެމިގެން ދިޔުމުގެ ސަބަބުން ދިވެހީންގެ އެތަކެއް ކަމެއް އަނބުރާ އިއާދަ ނުވާނޭ މިންވަރަށް ގެއްލިގެން ދިޔައެވެ. ބައެއް އިސްރަށްވެހިން ވިދާޅުވަނީ އެއީ ދިވެހީންގެ ތެރޭގައި އުޅުނު ބައެއް މީހުންގެ ސަބަބުން ދިމާވި ކަމެއްކަމުގައެވެ. ނަމަވެސް މިއީ މުޅިން ޙަޤީޤަތެއް ނޫނެވެ.  19 ވަނަ ޤަރުނު އަދި 20 ވަނަ ޤަރުނުގައި ދިވެހިރާއްޖޭގައި ފައިތިލަ ސާބިތުކޮށްގެން ތިބި ވޯރާ ވިޔަފާރިވެރީން އޭރުގެ ޒުވާނުންނަށް އަދި ގުޑުގުޑާ ހިއްޕަވާ ބޭފުޅުންނަށް މޮޅު […]

ދައުލަތް ފޮތިފޮތިކޮށްލުން!

ދިވެހި ދައުލަތަކީ ދިވެހިރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާރޓީތަކެއްގެ މައްޗަށް ފޮތިފޮތިކޮށް ބަހާލައިގެން ހިންގަންޖެހޭ އެއްޗަކަށް މިއަދު މިއޮތީ ވެފައެވެ. ބަޔަކު ހެޔޮނިޔަތެއްގައި ކުރި ޖިހާދެއް ނަމަވެސް ގެނެވުނު ގޮތްނޭގޭ ޑިމޮކްރެސީ ސަބަބުން ދިމަވި ނިކަމެތި ޙާލަތެކޭ މިހާރު ބުނެވިދާނެއެވެ. ޕާރޓީ ސިސްޓަމް އުފެދިގެން 2008ގެ ފަހުން ބޭއްވުނު އެއްވެސް އިންތިޚާބެއްގައި އެއްޕާރޓީއަކަށް ވެރިކަން ކުރުމުގެ ފުރުޞަތެއް މިހާތަނަށް ނުލިބުމުގެ ސަބަބެވެ. ޖުމްހޫރީ ޕާރޓީގެ ލީޑަރުގެ ޕްރޮފައިލްގައި މިހާރު މަދީ ރާއްޖޭގެ ވެރިކަން ކުރިކަމުގެ ޖުމްލަ އެކަންޏެވެ.  20 ވަނަ ޤަރުނު ނިމުނުއިރު ދުނިޔޭގެ […]

ދީނާއި ޤައުމުތޯ ނޫނީ ޕާރޓީ އާއި ފިކުރުތޯ؟

ދާދި އިހަށް ދުވަހުގެ ވާހަކައެވެ. 2008 ގެ ފެބްރުއަރީ 01 ވަނަ ދުވަހު އޭރުގެ ސްޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ބަޔަކަށް ދިވެހި ޚާއިނުންތަކެއް ވަސްވާސްދީގެން ނެރުނު ޙުކުމެއްގެ މައްސަލައެވެ. އަޅުގަނޑު މިހެން މިދަންނަވަނީ ދިވެހިރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިޔަކު އެދުވަސްވަރު ތިމަންނަމެން ބުނެގެން ހުކުމެއް ނެރުނީމަވެސް އެވެނިހެން މިވެނިހެންވީ ވާހަކަ ދެއްކެވިކަން ސޯޝަލް މީޑިއާގަ އެނބުރުނީމައެވެ. މިވިޔަފާރިވެރީންނަށްވެސް އެމީހުންގެ ވިޔަފާރިއާ ޕާރޓީ، އިސްލާމް ދިނާއި މިޤައުމަށްވުރެ ބޮޑެވެ.  ޤައުމުގެ މަސްލަހަތަކީ އެއްވެސް އެއްޗެއް ނޫންކަމަށް ވީތޯއެވެ؟ ދީނާއި […]

ދުނިޔެ ދުށް އެންމެމޮޅު ޑިޕްލޮމޭޓަކީވެސް ކީރިތި ރަސޫލާ

އިންޑިއާގެ ޚާރިޖީ ވަޒީރު 28 ޖެނުއަރީ 2023 ވީ ހޮނިހިރު ދުވަހު ދުނިޔެދުށް އެންމެ މޮޅު ޑިޕްލޮމޭޓަކީ ނުވަތަ ޑިޕްލޮމެޓުންނަކީ ލޯޑް ހަނޫމާން އަދި ލޯޑް ކްރިޝްނާ ކަމަށް ދައުވާ ކޮށްފިއެވެ. މިވަރުން ދަނީނަމަ އިންޑިއާގަ މިވަގުތު އޮތް ހިންދުތުވާ ސަރުކާރުން އަދި މޯޑީއަކީ ކަލާނގެއެއް ކަމަށް ބުނެފާނެ ކަމަށް ގަބޫލު ކުރެވެއެވެ. 1978ގައި މައިކަލް ހާރޓް ކިޔާ މީހަކު ލިޔުނު ފޮތެއްގައި ދުނިޔެދުށް އެންމެ މޮޅު 100 މީހުންގެ ލިސްޓްގެ އެންމެ ފުރަތަމަވަނަ ދެވިފައިވަނީ ކީރިތި ރަސޫލާ މުޙައްމަދު صلئ الله عليه وسلم އަށެވެ. މިކަމަކީ […]

ދިވެހީންގެ ޤައުމިއްޔަތު ތެރެއިން އިސްލާމް ދީން ބަލިކަށި ކުރަން ބަޔަކު އުޅޭ

އަޅުގަނޑުމެން ދިވެހީން މީގެ އެތަކެއް ސަތޭކަ އަހަރު ކުރިން މާތް ވެގެންވާ އިސްލާމް ދީނުގެ ހިދާޔަތްލިބި އެދީނުގެ މަތީގައި ދިރިއުޅެމުން މިދަނީ ﷲ ތަޢާލާ އަޅުގަނޑުމެނަށް ހެޔޮގޮތް އިރާދަ ކުރެއްވުމުން ކަމުގައި އަޅުގަނޑު ހަމަގައިމުވެސް ޤަބޫލު ކުރަމެވެ.  އެވޭލާގައި އަޅުގަނޑުމެންގެ ކާބަފައިން، ޔައުނީ އިސްލާމް ދީން ޤަބުލު ކުރުމުގެ ކުރިން އުޅުނީ ކޮންފަދަ އަކުންތޯއެވެ؟ ބުދަށް އަޅުކަން ކުރުމާ، އިރަށް އަޅުކަން ކުރުމާ، އިންސާނުންގެ ޖިންސީ ގުނަވަނަށް އަޅުކަން ކުރުމާ މިފަދަ އެތަކެއް ނުބައި ޢަމަލު ތަކެއްގެ ތެރޭގައެވެ.  […]

ހުރަވީ ދުވަސްގެ ބަދަލުގައި ދޮންބަންޑާރައިންގެ ދުވަސް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ޖީލުތަކަށް ދިވެހިރާއްޖޭގެ ތާރީޚް ކިޔަވައިނުދިނުމުގެ އެންމެބޮޑު އަޞްލަކީ ދިވެހިރާއްޖޭގެ ދަރީންގެ ކިބައިގައި ޤައުމިއްޔަތު ފުހެލުމެވެ. އެކަމުގެ އެއްހެއްކަކީ ހުރަވީ ދުވަސްކިޔާ ދުވަހުގެ އަޞްލަކީ ކޮބައިކަން ރަނގަޅަށް ކިޔަވައި ނުދިނުމެވެ. އެހެން ޤައުމުތަކުގައި ސްކޫލް ކުދީންނަށް އެޤައުމުތަކުގެ ތާރީޚް ކިޔަވައިދެއެވެ. އެއީ އެޤައުމުތަކުގެ ޤައުމިއްޔަތާއި ޡަޤާފަތް ދިރުވުމަށްޓަކައެވެ. އަދިވަކީން ނުރައްކާތެރިކަމަކީ ޤައުމުގެ ރައްޔިތުންނަށް ތަޢުލީމުގެ ފުރުޞަތު ނުދިނުމެވެ.  ދިވެހިރާއްޖޭގައި ހުރާގޭ މޮހޮނދުން ފެށިގެން ފަރީދޭ ޙަސަނަކީ (ޙަސަން ފަރީދު) އާހަމައަށް މިކަން ދެމިގެން ދިޔައެވެ. ހުރާގޭ އެހެންމީހުނާ ޚީލާފަށް ފަރީދޭ ޙަސަނަކީ އެޒަމާނުގައި […]