ސިޔާސީ ގޮތުން ވަކަރަށް ޖެހުން

Loading

Facebook
Twitter
WhatsApp


ޑިމޮކްރެސީ ކިޔާ އެއްޗެއް އޭގެ ނަން ހިފައިގެން މި ރާއްޖެ އަށް ނަޔަސް މި ޤައުމުގައި ޑިމޮކްރެސީ އެންމެ އިހުށްސުރެން އޮވެއެވެ. ދެކުނު އޭޝިއާގެ ތާރީޚަށް ބަލާލާއިރު ދިވެހިރާއްޖެއަކީ މި ޞަރަހައްދުގައި އެންމެ ފުރަތަމަ ދުސްތޫރެއް އެކުލަވާލި ޤައުމެވެ. ފުރަމާލޭގެ ގުޅަކުޅޭ ފަސަގަނޑަކީ ޑިމޮކްރެސީ ގެ ތަންމަތި ކަމުގައި ދެންނެވުމަކީ އެހެން ކަންކަމަށް ބުނެވޭނެ ކުޑައިމީސް ބަހެއް ނޫންކަމުގައި އަޅުގަނޑު ދެކެމެވެ.

ރިޔާސީ އިންތިޚާބު 2023 ގެ ކޭމްޕޭން ތެރެއިން ޑރ. މުއިއްޒު ކުރައްވާފައި ހުރި ބައެއް ކަންކަމަށް އޮށްގާ އުކަނީ ރޮޒޭނާ ބުނާ ފަދައިން މޭވާ އަޅާގަހަކަށް ޑރ. މުއިއްޒުގެ ރިޔާސީ ވާދަކުރުން ހިމެނޭތީއެވެ. ސިނަމާލޭގެ ބްރިޖުގެ ފައިސާއާއި ބެހޭ އެއްވެސް ކަމެއް ޑރ. މުއިއްޒު ނުކުރެއެވެ. ޑރ. މުއިއްޒުއަށް މަތިވީ ސިނަމާލޭ ބުރިޖްގެ ފަންނީ މަސައްކަތް ހިނގާ ނުހިނގާ ބެލުމެވެ. 

މާލޭގެ ދެކުނު ފަރާތުގެ ފުއްޓަރުން ޑރ. މުއިއްޒު ނެރެއް ކެނޑުއްވީމާ، 01 ސެޕްޓެމްބަރ 2023 ގައި އެމް.ޑީ.ޕީ އިން ބޭއްވި ޖަލްސާއަށް ދައުވަތު ދީގެން ގެނައި މީހުންނަށް މާލެ ފައިބަން ޖެހުނީ އެބުނާ ނެރުންނެވެ. ވީމާ އެނެރުގެ ވާހަކަ ދެއްކޭކަށް ނެތެވެ. އަނެއް ވާހަކަ އެވެ. ވެމްކޯ ކުނި މެނޭޖް ކުރުމަށްޓަކައި އެޅި ދެ އިމާރާތް ވެސް އެޅީ ޑރ. މުއިއްޒު ހިއްކި އިންޑަސްޓްރިއަލް ވިލެޖް ޞަރަޙައްދު ގައެވެ. 

މިއަކީ ނަފީ ކުރެވޭނޭ ކަންކަމެއް ނޫނެވެ. އަދި އަގުމަގު ކުރުމެއްނެތި އެޗްޑީސީ އަށް ބޮޑު ލޯނުނަގައި އޭގެން ބަޔަކަށް އަވަސް މަންފާއެއް ހޯދުމަށް ޑރ. މުއިއްޒު އުފަންކުރެއްވި ދަ ގްރޭޓަރ މާލޭ އޭރިއަރ ރެޖިސްޓްރީ ކޮށްދިނީނޫންތޯއެވެ. ތިމާމެނަށް ކުރެވުނީ ކޮންކަމެއްތޯ ރައްޔަތުން އެބަ އަހައެވެ!

ނުވިތާކަށް މިހާރު ހިނގަމުންދާ އައިއޯއައިޖީ ކުޅިވަރުތަކުގައި ކާމިޔާބު ލިބެނީވެސް ރައިސް ޞާލިޙުގެ މަސައްކަތުން ކަމަށް 01 ސެޕްޓެމްބަރ 2023 ގައި އެމް.ޑީ.ޕީ އަދި ގުޅިފައިވާ ޕާރޓީތަކުން ބޭއްވި ޖަލްސާގައި ދައުވާ ކުރިއެވެ. 

އަދާލަތު ޕާރޓީގެ ރައީސް އިމްރާން ބުނީ ރައީސް ޔާމީންގެ ދައުރުގައި ކޮންމެ ދުވަހަކު ސިޔާސީ ގޮތުން ފަސްދޮޅަސް މީހުން ޖަލުގައި ތިބޭކަމަށެވެ. އަދި ބައެއް ދުވަސްދުވަހު އެ ޢަދަދު ތިންސަތޭކައަށް އަރާކަމަސްވެސް ބުންޏެވެ. ކޮންފަދަ ބޮޑު ދޮގުވެރިއެއްތޯއެވެ. 

ދެން އޮތީ ޤާސިމް ގެ ވާހަކަ އެވެ. ޤާސިމް ބުނަނީ އެތަކެއް ކަންކަމެއް ހިލޭ ކޮށްދީ އަދި މިހާރު ހުރި ބައެއް ލޯނުތައް މަޢާފު ކުރާނޭ ވާހަކަ އެވެ. 2026 ގައި ދިވެހިރާއްޖެ އިން އެއް ބިލިއަން ޑޮލަރުގެ ދަރަނި ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހެއެވެ. މިކިޔަނީ ބޭންކް ރޭޓުން 15 ބިލިއަން ރުފިޔާ ބްލެކް މާކެޓުންނަމަ 18 ބިލިއަން ރުފިޔާގެ ވާހަކަ އެވެ. މިހާ ބޮޑު ދަރަންޏެއް ޤައުމުގެ ބޮލުގައި އޮއްވާ، ކެނޑިޑޭޓުން ހިލޭ ކަންކަން ކޮށްދެއްވަން އެވިދާޅުވަނީ އަމިއްލަ ފައިސާއިން ތޯ؟ ދިވެހީން އެބަ ވިސްނާން ޖެހެއެއްނޫންތޯ!؟ ޤާސިމް ގެ ކެމްޕެއިންގަ މިހާރުގެ ސަރުކާރުގެ ގޯސް ވާހަކަ ދައްކާއިރުގައި ޓްރާންސްޕޯރޓް މިނިސްޓަރ ހޯރަފުށި ނަހުލާވެސް އިސްތިއުފާ ނުދީ އެހުރީ ކީއްވެތޯ؟ ނަހުލާއަކީ ޖުމްހޫރީ ޕާރޓީގެ ނާއިބު ލީޑަރުވެސް މެއެވެ. އަދި ރައީސް އިބުގެ މަރުމޯލުކަމުގެ ވާހަކަ ބާރަށް ދައްކަވައި އެންޓީކެމްޕޭން ޖޭޕީ ޓީމްގެ ނައިބުވެސް މެއެވެ.

ދެން އޮތީ ޑިމޮކްރެޓްސް ކިޔާ ބައެކެވެ. އެބައިމީހުންގެ ރަނިންގ މޭޓް އަމްރު، އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ހުރެ ވަކިވިއިރު ބަރުބަރީ މިސްކިތް ދާދި ކުރިމަތިންހެން އެތަކެއް ބުރީގެ ގެއެއް އެބައަޅައެވެ. އެކަމަކު ޑރ. މުއިއްޒު ވީމާ އަމިއްލައަށް ކަންކަން ކޮށްގެން ގެއެއް ނުހެދެއެވެ. މީއަޅެ ސަމާސާއެއް ތޯއެވެ؟

އިންޑިއާގެ ހިންދުތުވާ ފާދިރީއަކު މި ޤައުމަށް އައިސް ހިންދީ ދީނުގެ ކަންކަން ފަތުރަން މަސައްކަތްކޮށް ފަޅާ އެރުމުން އެމީހާވަނީ ފުލުހުންގެ ހިމާޔަތުގައި ފުރުވާލާފައެވެ. މިއީ މި ޤައުމުގައި ހެދިފައިވާ ޤާނޫނތަކާއި ޚިލާފަށް ސަރުކާރުން ކުރިކަމަކަށް ނުވާނެގޮތެއް ނެތެވެ. ވާނީ އެހެން ނޫންތޯއެވެ.ފުލުހުންނަށްވެސް ވަޒީފާގައި ތިބެވޭނީ މަތީން އަންނަ އޯޑަރުތަކަށް ތަބާވަންޏާ ތާއެވެ!

ނިންމާލުން ވާހަކައެކެވެ. އިބުރޭ އެދައްކަނީ ރަނގަޅުވާހަކައެއްކަން ކޮންމެވެސް ވަރަކަށް ތިލަވެއްޖެއެވެ. އެއީ އޭނާ ބުނީ މިހާރުވެސް ކުދި ޕާރޓީ ތަކާ ވާހަކަ ދައްކަމުންދާ ކަމަށެވެ. އޭގެ ނަތީޖާވެސް އެބަ ފެންނަކަމުގައެވެ. ތުންތުން މަތިން އިވެނީ އާރުސީސީ ނާޒިމް މިހާރު ކެމްޕެއިން ކުރުން ހުއްޓާލާ އިބުރޭ ދެވަނަ ދައުރަކުން ސަރުކާރުގެ ޕަރސެންޓެއް ހޯދަން އުޅޭ ވާހަކަ އެވެ.

ޑރ. މުޢިއްޒުގެ ފެންވަރާއި ހުނަރު އަދި ތަޢުލީމާއި ޙިކުމަތަކީ އަދާލަތު ޕާޓީގެ އިމްރާނާއި އޭނާގެ ”ފިއްދުންޔާ“ ގުރޫޕްވެސް ވަރަށް ދަނެއެވެ. އެހެނަސް ދޮގާއީ ވަހުމްތައް އުފައްދާ ގައުމުގައި ދޮގުވާހަކަ ވިއްސައި ހަމަނުޖެހުމާއި ފަސާދަ ހިންގުމުގައި އިމްރާނުގެ މޭޑޭގެ ޗައްކަރު އެކަނި ބަލާލުމުންވެސް ފުދެއެވެ.ދައްކަވަން ހުރިތަނެއް ފެންނާނެއެވެ!

Loading

One Response

  1. މުއިއްޒު ގެ ވާހަކަ ދެއްކީމަ ތި ނޫހައް ހާދަ ވަރެއް ވެއްޖެއޭ ދޯ. ނޫސް ވެރިކަމަކީ ހަމަހަމަ ކަމާ އެކު ހަބަރު ފެތުރުން ވަކި އަތަކައް ގޮސް ހުސް ވުމެއް ނޫން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް