ދިވެހި ސަރުކާރުން ލަންކާގެ ރައްޔަތުންގެ އުންމީދުތަކުގައި ކޮޅުފައިން ޖަހައިފި 

ރެއަކީ ދިވެހި ތާރީޚުގައި ކަޅުން ފަވާލެވޭނޭ ރެއެކެވެ. ލަންކާ ރައްޔަތުން އެތަކެއް މަސްދުވަސް ވަންދެން ޢަދުލު އިންސާފުހޯދުމަށް ކުރަމުންގެންދިޔަ މުޒާހަރާތަކުގެ އުންމީދީ ފޮނި ނަތީޖާ އާއި ހަމަށް ދެވިފައި ވަނިކޮށް ދިވެހި ރާއްޖެއިން އެގައުމުގެ ދާޚިލީ މިބޮޑު މައްސަލަތަކުގެ ތެރެއަށް ވަދެ ލަންކާ މީހުންގެ ފޮނި އުންމީދު ތަކުގައި ކޮޅުފައިން ޖަހައި އެގައުމުގެ ބޮޑުވަގު ގޯތާބާޔާގައުމުން ފިލުވައިދިން ރޭކަމަށް ވާތީއެވެ. ރައީސް ގޯތާ އަކީ އެގައުމުގެ އެންމެ ގިނަ މީހުންގެ މަގުބޫލު ލިބިގެން ރައީސް ކަމަށް އިސްކުރެވުނެ ރައީސްއެވެ. އަދި މީގެ ކުރިން އެގައުމު ރައްޔަތުންގެ ވަރަށް ލޯބިލިބިފައިވާ ވެރިއެކެވެ.ލަންކާއިން ވަކިވެ ގަންނަން ޖަފުނާ ސަރަަަހައްދުގައި ޓެމިލް އީލާމްގެ ނަމުގައި […]

ސްރީލަންކާ ތިބާގެ އެހީއަށް އެދި ގޮވަނީ

ދިވެހިންގެ އެންމެގާތް އެކުވެރި އަބަދުމެ ދެގޮތެއްނުވެ ގާތް ގުޅުމެއް ބާއްވާ ދިވެހީންގެ ޔާލޫ ސިރީލަންކާ މިއަދުވަނީ ވަރަށް ހިތާމައިގައެވެ. ވަކިދީނެއް ވަކީ ދަރިކޮޅެއްގެ ބައެއްގެ ކޯޅުމުގައި ނުވަތަ ނަސްލީ ހަމަނުޖެހުމަކާއި ހުރެއެއް ނޫނެވެ. ސަބަބަކީ ވެރިކަމަށް ނުހަނު ދަހިވެތި ޢާއިލާއެއްގެ ވެރިކަންމުގައި ގައުމުން ފޭރީގެން ވަގަށް ނަގައި ބޭރުކޮށްފައިވާ ފައިސާ އާއި މުދަލުގެ ސަބަބުންނެވެ. ގައުމު ތަރައްގީ ކުރުމުގެ ނަމުގައި ގައުމަށް ލިބުނުހާ ފައިސާއަކާއި އަދި ޢާމު ރައްޔަތުންގެ ނަމުގައި ބޭރުގައުމުތަކުންނާއި ބޭރުގެ ބޭންކުތަކުން ނެގި ލޯންތަކަށް […]

ރައީސް ނަޝީދަކީ އެންވަޔަރމެންޓްގެ ބައްޕަ އޭނަގެ ވެރިކަމުގައި–އެމަރާލީ ދުއިސައްތަ ދޫނި. ޖާބިރު

“ ރާއްޖޭގައި އެންވަޔަރ މިނިސްޓްރީއެއް ހުންނަކަން އެނގޭ، ރައީސް ނަޝިދަކީ އެންވަޔަރމެންގެ ބައްޕަކަމަށް ހެދިގެން އުޅޭ މީހާކަން އެނގޭ، 200 އެއްހާ ދޫނި މަރާލިއިރު ރައީސް ނަޝީދުގެ ވެރިކަން އޮތްކަން އެބައެނގޭ ދޫނިތައް މަރާލީ ކޮން ގާނޫނެއްގެ ދަށުންކަމާއި ވައިން ފުޅިއެއް ގެންގޮސް ތަޅާލައިފަ އެއަށް ހީސްލައިފަ އެބޯލައިފަ އެއީ ކިއްކުރަން ކުރިކަމެއްކަމާއި އެކަހަލަ ވާހަކަ މިތާދެއްކިދާނެ، ބިޔަރުކޭސް ގެއްލިގެން މިއުޅެނީ ކީއްވެގެން ކަމާއި އޭތި ފުލުސްމީހާ ބުއީތޯ ނުވަތަ އޭތި ހުރިމަގާމަށް ރިޓާންނުކޮށް އެތަށްމިލިއަން ޑޮލަރު […]

ސިޔާސީ ހަރި: ނަޝީދަކީ އެމްޑީޕީ އެއް ނޫން! ނަޝީދު ނެތަސް އެމްޑީޕީ އޮންނާނެ.

ދިވެހި ލޮބުވެތި ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއްގެ ތެރެއިން ހެޔޮވެރިކަމެއް ކުރުމަށް އަނެއްދިވެހި ރާއްޖެއަށް ދިއުމަށް ކުރިދަތުރު ފެށުނުގޮތާއި އެއޮޑި ފަރަށް އަރާއި އޮޑީގެ މާލިމީކަމާ ޙަވަލުކުރުވުނެ މީހާ ޗާޓުން ބޭރުވެ އޮޑިއުރުވާލައި އޮޑިން ފުންމާލި ކާރިސާއަކީ ކޮންމެހެން ދެނެގަނެ އެއިން ޢިބުރަތެއް ޙާސިލުކުރަންޖެހޭ ކާރިސާއެކެވެ. އެހެނީ އެ ރުންކުރު ޒިންމާދާރު ޢަމަލުގެ ސަބަބުން ބޮޑު މުސީބާތެއްގެ ތެރަށް އޮޑީގެ އެންމެހާ ފަޅުވެރީންނާއި އޮޑިވެރީން ލެވިގެން ދިޔަކަމެވެ. އަދި އޮޑިވެރީންގެ އަތުން އޮޑި ބީވެގެން ދިޔަގޮތް އުނގެނެން ޖެހެއެވެ. […]

ތިމާ އަރާ ބޫޓުގެ ސައިޒު އޮޅިއްޖެނަމަ ފައިން ދެމިގެންދާނެ!

މިއީ އަޅުގަނޑުމެންގެ ވިސްނުންތެރިން ވަރަށް ކުރިއްސުރެ ވެސް ދެމުންގެންދާ އިންޒާރެކެވެ. ހެޔޮ ނަސޭޙަތެކެވެ. ތިމާ އަރާ ބޫޓުގެ ސައިޒު އޮޅި ސައިޒު ބޮޑުވެއްޖެނަމަ ފައިން ދެމިގެންދާނެއެވެ. އޭރުން ހުރެވޭނީ ބޫޓު ފައިން އުފުރި ހުސް އިސްޓާކީނު ގައެވެ. ނުވަތަ ހުސްފައިގައެވެ. މިފަދަ މީހުންގެ ބޮޑާކަމާއި މަވަރެއް ނެތްކަމަށް ތިމާއަށްފެނި، އޮޅި، މީހުންނާއި ރުންކުރު ގޮތްގޮތަށް ބަސްމޮށި މުޢާމަލާތު ކުރަމުން ދިއުމަކީ ދުނިޔެވީ އާދައެކެވެ. އެފަދަ މީހުން ދެކޭގޮތުގައި އެމީހުންނަކީ ވަރަށް މަޝްހޫރު ކާމިޔާބު ޝަޚުޞިއްޔަތުންނެވެ. ނަމަވެސް ޙަގީގަތަކީ […]

ރައީސް ބައިޑަން 735 މިލިއަން ޑޮލަރުގެ ހަތިޔާރު ޒައެނިސްޓް އިޒްރޭލަށް ދޭން ޢިއުލާނުކޮށްފި!

ފަނާކުރަނިވި ބަރުހަތިޔާރު ހިމެނޭގޮތަށް ޒައެނިސްޓް އިޒްރޭލަށް 735 މިލިއަށް ޑޮލަރުގެ ހަތިޔާރު ދިނުމަށް އެއްބަސްވެ އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މިމިހުގެ 5 ގައި އެމެރިކާގެ ކޮންގްރެސްއަށް ހުށަހަޅައިފައެވެ. ފަލަސްތީނަށް މިހާރު އިޒްރޭލުން ދެމުން ގެންދާ ޢުދުވާނީ ޙަމަލާތައް ދުނިޔޭގެ ގައުމުތަކުން ކުށްވެރިކޮށް އެކަން ހުށްޓުމަށް ހަރުކަށި ޢިބާރާތުން ގަރާރެއް ފާސްކޮށްލުމަށް ދަނީ ޔޫއެން ގައި މަސައްކަތްތަކެއް ކުރެވެމުންނެވެ. ނަމަވެސް އެމެރިކާގެ ސަރުކާރުން އަބަދުވެސް އެފަދަ ގަރާރަކާ މެދުވެސް ދެކޮޅުހަދައެވެ. މިއަދުވެސް ފެންނަމުންދަނީ އެ ޙަގީގަތެވެ. […]

މިއުޅެނީ ކޮންބައެއްގެ ސަރުކާރެއް ކޮންބަޔަކަށް ނުހިންގެން؟

މަސް މާރުކޭޓައި ސައި ހޮޓަލުތަކުގައި އެންމެގިނައިން މިހާރު އިވޭ އަޑަކީ މިއުޅެނީ ކޮން ބެއްގެ ސަރުކާރެއް ކޮންބަޔަކަށް ނުހިންގިގެންހެއްޔެވެ. އަބަދު އެބައިމީހުން ތިމާމެންގެ ބޮލުގައި ޒިންމާތައް އަޅުވައި ވާހަކަދައްކަނީއެވެ. ޒިންމާނަގާނެ ތިމާމެންގެ ވެރިއެއްނެތެވެ. ހަމަ ބަރާބަރު ސުވާލެކެވެ. އެހެނީ މީޑިއާ ބަލާ އަޑުއަހާއިރު އިވެނީ ވެންޓީލޭޓަރު ތަކުގެ ބޮޑު ވައްކަމުގެ ވާހަކައެވެ. އެވާހަކަ ދައްކަނީ އެމްޑީޕީގެ ރައީސް އެވެ. ވައްކަން ނުބެލި ނުވަތަ ނުބަލަން ގަދަފައިވިއްދައިގެން އުޅެނީ ކާކުހެއްޔެވެ. ގައުމުގެ ރައިސް އަކީ އެމްޑީޕީގެ ކެންޑިޑޭޓް ސޯލިޙު […]

ދިވެހި ސިންގާސަނާއަށް ވެރިވެގަތް ސިޔާސީ ޕާރޓީތަކުގެ ފިކުރު

ދިވެހިރާއްޖެއަކީ ތާރީޚުން އެނގޭ ހިސާބުންފެށިގެންވެސް އަމިއްލަވެރިކަމެއް ކުރަމުން އައި އަމިއްލަ ވަންތަ އަމިއްލަ ގައުމެކެވެ. އެންމެ ފުރިހަމަ މާނާއިގައެވެ. ވެރިކަމުގައި ހުންނަމީހެއްގެ ނުވަތަ ވެރިކަމުގައި ތިބި ބައެއްގެ އަމިއްލަ ވެރިކަމެކެވެ. ރުހުނަސް ނުރުހުނަސް މިކަމާމެދު ރައްޔިތުންނަށް ކުރެވޭނެ އެއްވެސްކަމެއް މާޒީގައި ނެތޭބުނުމަކީ ތާރީޚުން ހެކި ލިބެން އޮތް ހަގީގަތެކެވެ. ދިވެހިރާއްޖޭގައި ކުރެވޭނެ އެންމެބޮޑު ކުށަކީ ސިޔާސަތާ (ވެރިކަމުގެ ބާރު އޮތްބަޔަކު ކަންކުރާގޮތާއި) ބެހުމެވެ. ސިޔާސަތާބެހުމޭ ކިޔާއުޅުނީ ވެރިކަމުގެ ފަރާތުން ކުރާކަންތަކާއި އިދިކޮޅަށް ވާހަކަ ދެއްކުމަށެވެ. ނުވަތަ އިދިކޮޅު […]

ދިވެހިންގެ ބަދަލުވަމުންދާ އާދަކާދަ

ކޮންމެ މުޖުތަމާއެއް ގައިވެސް އެބަޔަކަށް ޚާއްސަކުރެވިފައިވާ އާދަކާދަތަކެއް އޮންނާނެއެވެ. އަދި ޒަމާނަށް އަންނަ ބަދަލުތަކާގުޅިގެން ބައެއް އާދަކާދަތައް ބަދަލުވެގެންވެސް ދާނެއެވެ. އެއީ އެކަން ހިނގާނެމަގުވެސް މެއެވެ. ދިވެހިންނަކީ ދުނިޔޭގެ އެހެންޖަޒީރާ ގައުމުތަކާ ޚިލާފަށް ވަރަށް ތަފާތު އެހެނަސް އަމިއްލަވަންތަ އާދަކާދައެއްގެ އަހުލުވެރި ބައެކެވެ. ރަށްްފުށުގެ ދިރއުޅުމަށް ބަލާލިނަމަވެސް ދިވެހިންނަކީ ވަރަށް އަމާން ވެއްޓެއްގައި ދިރިއުޅެމުން ގެންދާބައެވެ. އެއްބައިވަންތަ އެއްބައެއްވަންތަ އާދަކާދައެއްގެ އަހުލުވެރި ބައެކެވެ. ޒަމާނަށް އަންނަމުންދާ ބަދަލާއެކު ދިވެހިންގެ ރީތި އާދަކާދަ މިއަދު މިއޮތީ ދެން އަނބުރާ […]

ދިވެހިންގެ ފަޚްރުވެރި ބިން

ކޮންމެގައުމެއްގައިވެސް ވެރިކަންކުރާރަށާއި ވިޔަފާރީގެ މައިމަރުކަޒުތައް ހިނގަމުން އަންނަ ރަށްރަށަކީ ނުލާހިކު ކާރޫބާރު ބޮޑެތި ތަންތަނެވެ. މިސަރަޙައްދުންކިޔާނަމަ މުމްބާއިއެއް ކަރާޗީއެއް ދުބާއީއެއް ތަފާތެއްނެތެވެ. ނިސްބަތުންބަލާނަމަ އަޅުގަނޑުމެންގެ މާލެވެސް މިގޮތުން ތަފާތެއް ނޫނެވެ. ރައްޔިތުންގެ މަސައްކަތުންގައުމަށް ގެނެވޭ ކުރިއެރުމުގެ އަރާމާއިއުފާ ލިބިގަންނަފަދައިން ބޭރުން އިމްޕޯރޓް ކުރެވޭ ކުރިއެރުންތަކުންތަކުގެ ސަބަބުން ލިބޭ އުދަގުލާއި ދުއްތުރާތައްވެސް އޮންނަނީ ހިއްސާކުރަން ޖެހިފާކަމަށް ގަބޫލުކުރަންޖެހެއެވެ. އިމްޕޯރޓް ކުރެވޭ ކުރިއެރުންތަކޭ މި ބުނީ ދިވެހިންގެ އާދަކާދައިގައި ނެތް އެހެނަސް ބޭރުމީހުން އެކަންތައް ކުރާގޮތްވީމާ ކުރާކަންތަކަށެވެ. އަޅުގަނޑުގެ އުސްތާޒަކުކައިރީގައި […]