ސްރީލަންކާ ތިބާގެ އެހީއަށް އެދި ގޮވަނީ

Loading

Facebook
Twitter
WhatsApp

ދިވެހިންގެ އެންމެގާތް އެކުވެރި އަބަދުމެ ދެގޮތެއްނުވެ ގާތް ގުޅުމެއް ބާއްވާ ދިވެހީންގެ ޔާލޫ ސިރީލަންކާ މިއަދުވަނީ ވަރަށް ހިތާމައިގައެވެ. ވަކިދީނެއް ވަކީ ދަރިކޮޅެއްގެ ބައެއްގެ ކޯޅުމުގައި ނުވަތަ ނަސްލީ ހަމަނުޖެހުމަކާއި ހުރެއެއް ނޫނެވެ. ސަބަބަކީ ވެރިކަމަށް ނުހަނު ދަހިވެތި ޢާއިލާއެއްގެ ވެރިކަންމުގައި ގައުމުން ފޭރީގެން ވަގަށް ނަގައި ބޭރުކޮށްފައިވާ ފައިސާ އާއި މުދަލުގެ ސަބަބުންނެވެ.

ގައުމު ތަރައްގީ ކުރުމުގެ ނަމުގައި ގައުމަށް ލިބުނުހާ ފައިސާއަކާއި އަދި ޢާމު ރައްޔަތުންގެ ނަމުގައި ބޭރުގައުމުތަކުންނާއި ބޭރުގެ ބޭންކުތަކުން ނެގި ލޯންތަކަށް ގަނޑުކޮށް ޚިޔާނާތްތެރިވެ މިއަދު އެވަނީ ސްރީލަންކާ ބޭންކްރަޕްސީ ޑިކްލިއަރ ކުރުވާފައެވެ. ގައުމު ބަނގުރޫޓް ކޮށްލާފައެވެ. ކައްކާނެ ގޭހެއް، ބޮކި ދިއްލާލާނެ ކަރަންޓްކޮޅެއް، ސައިކަލް ނުވަތަ ކުރޮޅިއަށް އަޅާލާނެ ތެޔޮކޮޅެއް ނުލިބޭހިސާބަށް ގައުގޮސް ފަނާވީއެވެ. ސްރީލަންކާއަކީ މީހުން ހެޔޮ، ގިނަ ބަޔަކު ކިޔަވައިގެން ތިބި އަދި މަސައްކަތްތެރީން ވެސް ގިނަ ބިން މުއްސަދި ގައުމެކެވެ. ނަމަވެސް ޖައްބާރު ނުލަފާ ވެރިކަމަށް ދަހިވެތި ޢާއިލާއެއްގެ ވެރިކަމުގެ ސަބަބުން ގައުމު ބަނޑަށް ޖެހި ގައުމުފަނާވެގެން ދިޔައީއެވެ.

މިވަގުތަކީ ދިވެހިންގެ ގާތް ރަޙުމަތްތެރި ލަންކާއަށް (ސިލޯންއަށް) އެނހީތެރިކަމުގެ އަތްފޯރުކޮށްލަން ޖެހޭ ވަގުތެވެ. އެގޮތުން އެނހީ ފޯރުކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ތަކުން ތިރީގައި މިދަންނަވާ ބޭފުޅުންނާއި ގުޅުއްވުންވައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދެއެވެ. ޕުރަބަތް: 795 891 ރަވީ 7782233 އަދި 9930006 ދިލަންކާ.

Loading

One Response

  1. ރާއްޖެ ވެސް އޮތީ ތިދަރަޖަގައި!ވެރިކަމާއިގެން ބޫތުހިފާފައި ފައިސާ ޖަހައިގެން ވެސް ޢާއިލާގެ މީހުންނައް ވަޒީފާތައްބަހަނީ! އެއްތިޖޫރީގެފޫ ދުއްވާލީމާ އެހެންތިޖޫރިއެއް ހަވާލުކުރުން!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް