ވަގަށް ނަގާފައިވާ ގިނަ އަދެއްގެ ފޯނާ އެކު ދެ މީހަކު ހައްޔަރުކޮށްފި

  މާލެ ސިޓީގެ ފިހާރައެއް ފަޅާލައި ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފޯނާ އެކު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެ ދެ މީހުންނަކީ މައްޗަންގޯޅީގައި ހުންނަ ޑްރީމްސް މޯބައިލް ފިހާރައިގެ ފުރާޅު ނަގައިގެން އެ ފިހާރައަށް ވަދެ ގިނަ އަދަދެއްގެ ފޯނު ނަގައިފައިވާ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި ދެ މީހުން ކަމަށެވެ. . ފުލުހުން ބުނީ ހުކުދުވަހުގެ ހެނދުނު  ހުށަހެޅި މައްސަލައާ ގުޅިގެން އެ އިދާރާއިން ހިންގި އޮޕަރޭޝަނުގައި އެރޭގެ ވަގުތެއްގައި […]

ކުޑަކުދިންގެ ބަގީޗާއިން ދޫންޏެއް ވަގަށް ނެގި މީހަކު ހޯދަން ވީޑިއޯއެއް އާންމުކޮށްފި

ކުޑަކުދިންގެ ބަގީޗާއިން ދޫންޏެއް ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ. އެ ވީޑިއޯއިން ފެންނަނީ ކަޅުކުލައިގެ އަތް ދިގު ޓީޝާޓަކާއި ސޯޓެއް ލައިގެން ހުރި ޒުވާނަކު ކުޑަކުދިންގެ ބަގީޗާގެ ދޫނިތައް ހުންނަ ކުޑަ ކޮޓަރި އެއް ކަމަށް ބެލެވޭ ތަނެއްގެ ދޮރު ހުޅުވާފަ އެތާ އެތެރެށް ވަނުމަށްފަހު ފެހިކުލައިގެ ކޮތަޅެއް ހިފައިގެން ނުކުންނަ ތަނެވެ. ބެލެވޭ ގޮތުގައި ދޫނި އަޅާފައި އޮތީ އެ ކޮތަޅު ތެރެއަށެވެ. ބެލެވޭ ގޮތުގައި އޭނާ ވަތް […]

މިސްކިތުގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތުވާ މީހަކު އާންމުން ފުލުހުންނާ ހަވާލުކޮށްފި

    މާލޭގެ ވިޔަފާރިވެރިންގެ މިސްކިތް ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ އަދި އެތަކެތި ފޮރުވައިގެން އުޅުނު ކަމަށް ތުހުމަތުވާ މީހަކު ހިފަހައްޓާ އާންމުންގެ ބަޔަކު އޭނާ ފުލުހުންނާ ހަވާލު ކޮށްފި އެވެ. ފުލުސް މިއަދު ބުނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޕެކެޓްތަކަކާއެކު 24 އަހަރުގެ މީހަކު ރޭގެ ވަގުތެއްގައި މާލޭގެ ވިޔަފާރިވެރިންގެ މިސްކިތް ކައިރިން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. މި މީހާ ހިފަހައްޓާ ނަގާފައިވާ ވީޑިއޯއެއް […]

ކުޑަކުދިންގެހިޔާގއި އުޅޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

    ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި އުޅޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ. އުމުރުން 25 އަހަރުގެ މި މީހާ ކުޑަކުއްޖާއާއި ޖިންސީގޯނާ ކުރަނީ ކުޑަކުދިންގެ ހިޔާއިން އެކުއްޖާ ބޭރަށް ގެންގޮސްގެންނެވެ. އެމީހާ ހައްޔަރުކުރީ ހޮނިހިރު ދުވަހު އެ ކުޑަކުއްޖާ އާއެކު އޭނާ ދިރިއުޅޭ ކޮޓަރީގައި ހުއްޓާ ފުލުހުން އެކޮޓަރިއަށް ވަދެއެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ދީފަ އެވެ. ކްރިމިނަލް ކޯޓުން އޭނާ […]

މަޖިލީހުގެ ރައީސާއި އުއްތަމަ ފަޑިޔާރަށް ރަސްމީގެކޮޅު ހަމަޖެއްސުމަށް ކޮމިޓީން ފާސްކޮށްފި

  ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި  އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކޮށްދިނުމަށް ރަސްމީ ގެކޮޅު ހަމަޖެއްސުމަށް ސަރުކާރުން ހުށައެޅި ބިލު މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ. މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރު ދިއރިއުޅުއްވަން ރަސްމީ ގެކޮޅެއް ކަނޑައެޅުވުމަށް ސަރުކާރުން ވަކިވަކިން ހުށައެޅުއްވި ދެބިލުގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރަށް ހަމަޖައްސަވާ ގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި، އެގެއަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަޖައްސައިދޭންވާނެކަމަށެވެ. އެ ދެ ބޭފުޅުން ދިރިއުޅުއްވަން ހަމަޖައްސަވައި ތަނަކީ ސަލާމަތީގޮތުން […]

އަޒުހަރު ޔުނިވަރސިޓީގެ ސްކޮލާޝިޕަށް އެދުމުގެ ފުރުސަތަށް ހުޅުވާލައިފި

މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީގެ ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ހުޅުވާލައިފި އެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން  ބުނީ އަޒްހަރު ޔުނިވަރސިޓީން ކިޔެވުމަށް ޖުމްލަ 22 ފަރާތަކަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އޭގެ ތެރެއިން  10 ފުރުސަތު ހާއްސަ ކޮށްފައިވަނީ އިސްލާމިކް ޝަރީއާއާ ގުޅޭ ކޯސްތަކަށެވެ. އަދި 12 ފުރުސަތު ހުޅުވާލައިފައި ވަނީ އެހެނިހެން ދާއިރާ ތަކުން ކިޔަވަން ބޭނުން ދަރިވަރުންނަށެވެ. ކޯސްތަކަށް އެދުމުގެ ޝަރުތުތަކަކީ 1 ޝަހާދާ ޘަނަވިއްޔާއިން ފާސްވެފައިވުން. ދިރާސާތުލް އިސްލާމިއްޔާ ކޯހަށް […]

އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކު ފިހިއްޖެ

  މާލެ ސިޓީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކު ފިހިއްޖެ އެވެ. އެމްއެންޑިއެފްން ބުނީ މި އަލިފާނުގެ ހާދިސާ ހިނގީ ގެއެއްގައި ބާބަކިއު ހަދަން އުޅުމުގެ ތެރޭގައި މިއަދު މެންދުރުކަމަށެވެ. އަދި ފިހުނު މީހާ ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާކަމަށް އެމްއެންޑީއެފްން ބުނެއެވެ. އެމީހާ އެނދީ ކިހަވަރަކަށް ކަމެއް ސާފެއް ނުވެއެވެ. އަލިފާނުގެ މި ހާދިސަ ހިގާފައިވަނީ ހ. ފައިންޕާކުގެ ދެ ވަނަ ފަންގިފިލާގައެވެ.  

ޖަލުގައި މިއަދު ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ތިން މީހަކަށް އަނިޔާވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް މިދިޔަ މަހު ހައެއްގައި ދިން ހަމަލާއާ ގުޅިގެން ހަތިޔާރުއެޅި ބޮޑު ފައުޖަކުން ޖަލުތަކުގައި މިއަދު ހިންގި ހާއްސަ އޮފަރޭޝަނުގައި ތިން ގައިދީއަކަށް އަނިޔާ ވެއްޖެ އެވެ. ފުލުހުން ބުނީ މިއަދު ހިންގި އޮޕަރޭޝަނުގައި ނުކިޔަމަންތެރިކަން ދެއްކި ދެ ގައިދީއަކާ ދެކޮޅަށް ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާނެ ކަމަށާ، ޕެޕަރ ސަބަބުން ސިއްހީ ފުރަތަމަ އެހީ އެ ދެ ގައިދީއަކަށް ފޯރުކޮށްދީފައިވާނެކަމަށެވެ. އޭގެ އިތުރުން، މާފުށި ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ނުކިޔަމަންތެރިކަން […]

ހަތިޔާރުއެޅި ބޮޑު ފައުޖަކުން ޖަލުތަކުގައި ހާއްސަ އޮފަރޭޝަނެއް ފަށައިފި  

  ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް މިދިޔަ މަހު ހައެއްގައި ދިން ހަމަލާއާ ގުޅިގެން ހަތިޔާރުއެޅި ބޮޑު ފައުޖަކުން ޖަލުތަކުގައި ހާއްސަ އޮފަރޭޝަނެއް ފަށައިފިއެވެ. ފުލުހުން ބުނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޖަލުތަކުގައި ހިންގާ އޮޕަރޭޝަނުގައި މާފުށީ ޖަލާއި މާލެ ޖަލުގައި ރޭ ފަތިހުން ފެށިގެން ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނަކީ އެ އިދާރާގެ އިތުރުން ސިފައިންނާއި ކަރެކްޝަނަލް ސާވިސް ގުޅިގެން ކުރިއަށްގެންދާ […]

ދަރިމައިވުމަށް ދިގުމުއްދަތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ކައުންސެލިން ސެޝަންތަކެއް

  ދަރިމައިވުމަށް ދިގުމުއްދަތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ހާއްސަކޮށްގެން ގުރޫޕް ކައުންސެލިންގ ސެޝަންތަކެއް ބޭއްވުމަށް އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން ފަށައިފިއެވެ. އެ ޖަމިއްޔާއިން ބުނީ މި ގުރޫޕް ކައުންސެލިންގ ސެޝަންތަކުގެ މަގްސަދަކީ ދަރިމައިވުމަށް ދިގުމުއްދަތަކަށް ފަރުވާ ފަރުވާ ހޯދަމުންއަންނަ ފަރާތްތަކަށް ނަފްސާނީ ގޮތުން ދިމާވާ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދީ، އެންޒައިޓީ އާއި ސްޓްރެސް މެނޭޖްކުރާނެ ގޮތްތައް ދަސްކޮށްދިނުން ކަމަށެވެ. އޮންލައިންކޮށް ކުރިއަށްގެންދާ މި ގުރޫޕް ކައުންސެލިންގ ސެޝަންތަކަކީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް […]