ބޭނުން ނުކޮށްހުރި ރެވެނިޔު ސްޓޭމްޕް ތަކަށް ރީފަންޑްދެނީ

  ރެވެނިއު ސްޓޭމްޕްތައް ޖެހުން ހުއްޓާލުމާއި ގުޅިގެން ބޭނުން ނުކުރެވި ހުރި ރެވެނިޔު ސްޓޭމްޕްތަކަށް ރީފަންޑު ދިނުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ނިންމައިފިއެވެ. ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ގާނޫނުގެ ދަށުން 1970 ވަނަ އަހަރުން ފެށިގެން އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖަހަމުން އައި އައުން ހުއްޓައިލައި އެ ގާނޫނު އުވާލީ ޖުލައި މަހުގައެވެ. އެއާއި ގުޅިގެން މީރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު […]

ނާޒިމް ހަތިޔާރު ގެންގުޅުނު މައްސަލައިގައި ފްރޭމް ކުރި ކަމަށް ބުނާވާހަކަ އިނދިކޮޅު ކޯލިޝަނުން ދޮގުކޮށްފި

ކުރީގެ ރައީސް އަބްދުއްލާ ޔާމީން އަބްދުލްޔޫމްގެ ވެރިކަމުގައި އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދުނާޒިމް ފްރޭމް ކުރިކަމަށް ވިދާޅުވެ އޭނާ ހެއްދެވީ އިތުރުފުޅެއް ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ. އިދިކޮޅު ޕީޕީއެމް ޕީއެންސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނާޒިމްގެ ގެއިން ފިސްތޯލައެއް ފެނުނު މައްސަލައިފައި ރައީސް ޔާމީން އަށް ނިސްބަތް ކުރައްވާ ޓީވީ ޕްރޮގްރާމެއްގައި ދައްކަވާފައިވާ ވާހަކަތަކަކީ ދޮގުވާހަކަތަކެއް ކަމަށެވެ. އަދި ވަކި އުދޫލެއްގެ ދަށުން ހަތިޔާރު ގެއަށް […]

މަރާލާފަ އެއްލާލައިފައިއޮއްވާ ފެނުނު ކުއްޖާގެ މަރުގެ މައްސަލަ ސާބިތުވާވަރަށް ހެކި އެބަހުރި: ޕީޖީ ޝަމީމް

  ރަހީނުކުރުމަށްފަހު މަރާލައި ފޮއްޓަކަށްލައި އެއްލައިލި 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލަ ސާބިތުވާވަރަށް ހެކި ލިބިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ. މި ކުއްޖާގެ މަރުގެ މައްސަލައާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ މި މައްސަލައިގައި ހިމެނޭ މީހުން މިހާރު ހޯދިފައިވާ ކަމަށާ މި މައްސަލަ ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ހުރިހާ ދައުވާއެއް ސާބިތު ނުކުރެވުނު ނަމަވެސް މުހިއްމު […]

ކުނި ވަކި ނުކުރާ ފަރާތްތައް ޖޫރިމަނާ ކުރަނީ

  ކުނި ބައި ބަޔަށް ވަކިކުރުމަށްފަހު ނެރެންޖެހޭގޮތަށް ބަދަލުގެނެސް އެގޮތަށް އެކަން ނުކުރާނަމަ ޖޫރިމަނާ ކުރެވޭ ގޮތަށް ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދަށް އެންވަޔަރަންމެންޓް މިނިސްޓްރީއިން އިސްލާހެއް ގެނެސްފިއެވެ. މި އިސްލާހުގައިވާ ގޮތުން ގޭގެއިންނާއި، އިމާރާތްތަކުންނާއި، އޮފީސްތަކާއި އަދި އެހެނިހެން ރަސްމީ ތަންތަނުން ކުނި ނެރޭއިރު ނެރެން ޖެހޭނީ ވަކި ބައިތަކަށް ކުނި ބައިކުރުމަށްފަހު އެވެ. މި އިސްލާހުގައި ވާގޮތުން ގޭގެއިންނާއި، އިމާރާތްތަކުންނާއި، އޮފީސްތަކާއި އަދި އެހެނިހެން ރަސްމީ ތަންތަނުން ނެރޭ ކުނި ހުންނަން ޖެހޭނީ ވަކިވަކިން […]

މަހުގެ ބާވަތްތަކުގައި ރަތްކުލަ ހިފެހެއްޓުމަށް ކެމިކަލް ބޭނުންކުރާތީ ސަމާލުވާން އެދެފި

  އާންމުންނަށް ވިއްކާ ކަނޑުމަހުގެ ބައެއް ބާވަތްތަކުގައި ރަތް ކުލަ ހިފެހެއްޓުމަށްޓަކައި ކާބަން މޮނޮކްސައިޑް ބޭނުންކުރަމުންދާތީ އެކަމަށް ސަމާލުވުމަށް  މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ) އެދެފިއެވެ. އެމްއެފްޑީން ނެރުނު ބަޔާނެއްގައ ބުނެފައިވަނީ ރާއްޖޭގެ ބާޒާރުގައި ވިއްކާ ކަނޑުމަހުގެ ބައެއް ބާވަތްތަކުގައި ރަތް ކުލަ ހިފެހެއްޓުމަށްޓަކައި ކާބަން މޮނޮކްސައިޑް ޓްރީޓް ކޮށްގެން ލޭބަލްގައި އެ މައުލޫމާތު ނުހިމަނާ ވިއްކަމުންދާ ކަމަށެވެ. އެކަން އެއޮތޯރިޓީން ނެގި ސާމްޕަލް ތަކުން ކަށަވަރު ކުރެވިފައިވާ ކަމަށްވެސް އެމްއެފްޑީން ބުނެއެވެ. ކާބަން […]

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޕޫލެއް ހުޅުމާލޭގައި ހަދަނީ

    ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ޕަބްލިކް ސީ ޕޮއިންޓް ޕޫލެއް ހުޅުމާލޭގައި އަޅަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ. އެޗްޑީސީން ބުނީ މި ޕޫލަކީ ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ކުދިންނަށް ބޭނުން ކުރެވޭ ގޮތަށް ތައްޔާރު ކުރާ ތަނެއް ކަމަށާ މި ޕޫލް ހަދަނީ ތެރަޕީ ބޭނުންވާ ފަރާތްތަކަށް ހާއްސ ހިދުމަތްތައް ލިބޭނެ ގޮތަށް ކަމަށެވެ. އަދި މީގެ އިތުރުން އަލަށް ފަތަން ދަސްކުރާ ކުދިންނަށް ވެސް […]

އިލެކްޝަން ކޮމިޝަނުގެ މެންބަރުކަމަށް ފަސް ނަމެއް ހުށަހަޅައިފި

  އިލެކްޝަންސް ކޮމިޝަން( އީސީ)ގެ މެންބަރު ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް އެ މައްސަލަ ހުށަހަޅުއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އަމީންއާންމު މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ. މަޖިލީހަށް ހުށަހެޅުއްވި ނަންތަކުގެ ތެރޭގައި އީސީ ކޮމިޝަންގައި ކުރިން މަސައްކަތް ކުރެއްވި އާސިފްއާއި، މިހާރުވެސް ކޮމިޝަންގައި މަސައްކަތް ކުރައްވާ ޝަހުލާގެ ނަން […]

ފަތުރުވެރިއެއްގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގި މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފި

  ގއ. ކޫއްޑޫ އެއާޕޯޓަށް ފުރަން ދިޔަ ފަތުރު ވެރިއެއްގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގުމުގެ ތުހުމަތުގައި ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.   ފުލުހުން ބުނީ މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދިވެހި ހަތަރު ފިރިހެނުން ކަމަށާ، އެ މީހުން ހައްޔަރުކުރީ އޮގަސްޓު 15 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ […]

ދާންދޫގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުން ދާ ކަމަށް ބެލެވޭ ބަޔަކު ފުލުހުން ހައްޔަރުކޮށްފި

    ގއ. ދާންދޫގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުން ދާކަމަށް ބެލެވޭ ހަތް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ބުނީ ދާންދޫގައި ހަށި ވިއްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ އެ ރަށު ގެއެއްގެ ތެރޭގައި ހަށިވިއްކުމުގެ އަމަލު ހިންގަމުން ދަނިކޮށް ކަމަށާ، […]

ތިން ރަށެއްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވަނީ

  ތިން ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނު( އީސީ)ން ނިންމައިފިއެވެ. އީސީން ބުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ، ހދ. ނޭކުރެންދޫއާއި، ނ.ކެނދިކުޅުދޫ އަދި ރ.މަޑުއްވަރީގައި ކަމަށެވެ. މީގެ ތެރޭގައި ހިމެނޭ ނޭކުރެންދޫގައި އިންތިހާބު ބާއްވަން ނިންމީ މި ކޮމިޓީއަށް އިންތިހާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން މީހުން ކުރިމަތިލާފައިވާތީއެވެ. އަދި ކެނދިކުޅުދޫއާއި މަޑުއްވަރީގައި އިންތިހާބު ބާއްވަން ނިންމީ ކޮމިޓީގެ މެންބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. މި […]