ނާޒިމް ހަތިޔާރު ގެންގުޅުނު މައްސަލައިގައި ފްރޭމް ކުރި ކަމަށް ބުނާވާހަކަ އިނދިކޮޅު ކޯލިޝަނުން ދޮގުކޮށްފި

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް އަބްދުއްލާ ޔާމީން އަބްދުލްޔޫމްގެ ވެރިކަމުގައި އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދުނާޒިމް ފްރޭމް ކުރިކަމަށް ވިދާޅުވެ އޭނާ ހެއްދެވީ އިތުރުފުޅެއް ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނާޒިމްގެ ގެއިން ފިސްތޯލައެއް ފެނުނު މައްސަލައިފައި ރައީސް ޔާމީން އަށް ނިސްބަތް ކުރައްވާ ޓީވީ ޕްރޮގްރާމެއްގައި ދައްކަވާފައިވާ ވާހަކަތަކަކީ ދޮގުވާހަކަތަކެއް ކަމަށެވެ.

އަދި ވަކި އުދޫލެއްގެ ދަށުން ހަތިޔާރު ގެއަށް ގެންދެވޭނެ ކަމަށް ވިދާޅުވެ ދައްކަވާފައިވާ ވަހަކަފުޅުތަކަކީވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އުސޫލުތައް ހަމަޖެހިފައި އޮންނަނީ ވަޒީރުންނަށް އަމިއްލަފުޅަށް ސޮއި ކުރައްވައިގެން ހަތިޔާރު ގެއަށް ގެންދެވޭ ގޮތަށް ނޫން ކަމަށެވެ.

 

“ އަދި އުސޫލުތައް ހަމަޖެހިފައި އޮންނަނީ ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް އަމިއްލަ ފުޅަށް ސޮއި ކުރައްވައިގެން ހަތިޔާރު ގެއަށް ގެންދެވޭގޮތަށް ކަމަށް ވިދާޅުވެ ދައްކަވާފައިވާ ވާހަކަތަކަކީ ވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް“ އެ ބަޔާނުގައި ވެއެވެ.

 

ނާޒިމް ދިރިއުޅުއްވި ގެއިން ފިސްތޯލައެއް ފެނުނުކަން ރައީސް ޔާމީނަށް އެނގިވަޑައިގެންފައިވަނީ އެ ގެއިން ހަތިޔާރު ފެނުނު ފަހުންކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ނާޒިމް ދިރިއުޅުއްވި ގ. އެނިފް ގޭގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.  ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް